ޑެސްޓިނޭޝަން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވައިލުން؛ "މިއީ ދެބަންދިހާރު ބަޔަކަށް ވެރިކަން ލިބުމުގެ ނަތީޖާ"

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން މިދިޔަ އޯގަސްޓު މަހު ގާނޫނަށް ގެނައި ބަދަލުތައް އުވައިލަން މިއަދު މަޖިލީހަށް ހުށަހެޅުމަކީ ދެބަންދިހާރު ބަޔަކު ވެރިކަން ކުރަން ތިބުމުގެ ނަތީޖާ ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ޕީއެންސީން ގެނައި ބަދަލު އުވައިލަން މިއަދު މަޖިލީހަށް ހުށަހެޅުމަކީ ލަދުވެތިކަމެއް ކަމަށެވެ.

"މި ކަހަލަ ދެއުޅި އެއްނުވާ ދެބަންދިހާރު ބަޔަކަށް ގައުމު ހިންގަން ލިބުނީމާ ދެން ވާނެހައި އެތި މި ގައުމަށް ވަމުން މިދަނީ އިއްޒަތްތެރި ރައީސް، ހަމައެއް އިންސާފެއް ލަމައެއް ނެތި ހިތަށް އެރި އެއްޗެއް ހިތަށް އެރި ވަގުތެއްގައި ކުރަމުން މިދަނީ އިއްޒަތްތެރި ރައީސް. މިއީ ވެސް ދިދައެއް ނަގައިގެން ރައްޔިތުން ދިރިއުޅޭ ގައުމެކޭ އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ މި ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ބޭރު މީހުންގެ ކުރިމަތީގައި ދިވެހީންގެ އެއްވެސް އަގެއް މިހާރު ނެތް ކަމަށެވެ. ބޭރު މީހުންގެ ކުރިމަތީގައި ވެސް މި ސަރުކާރުން ދަނީ މި ގައުމުގެ ހުރިހާ ކަމެއް ވެއްޔާ މޮޑެމުން ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ދިވެހިރައްޔިތުން އުޅެމުން ދަނީ ވަރަށް އުނދަގުލާއި ދުއްތުރާގައި ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ސަރުކާރަށް ފުއްދައިނުދެވޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ. މީގެ ކުރިން ދުވަހަކު ވެސް ނުދާ މިންވަރަށް ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވިވަރުގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްދިނީމާ ވެސް ރައްޔިތަކަށްވީ އެއްވެސް ކަމެއް ނެތް ކަމަށާއި ރަށެއްގައި ހިނގާ ޕްރޮޖެކްޓެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައްކަން ކުރުން ނޫންކަމެއް މި މީހުންނެއް ނުކުރޭ އިއްޒަތްތެރި ރައީސް، މަރުވާނެކަމުގެ ކަންފުޅެއް ވެސް ނެތް ނުލަފާ ބޮޑު ބައިގަނޑެއް ރައްޔިތުން އަތުން މުދަލާއި ފައިސާ ފޭރެމުން މިދަނީ އިއްޒަތްތެރި ރައީސް، މިހެނެއް ނުކުރެވޭނެ މިކަމެއް އިއްޒަތްތެރި ރައީސް، އިންސާފު އަރާ ހަމަކުރާނެ، ރައްޔިތުން ރައްޔިތުންގެ ބަސް ބުނާނެ އިއްޒަތްތެރި ރައީސް، މި ވެރިކަން ނިމުމަކަށް ގެންނާނެ ދިވެހި ރައްޔިތުން ނިކުމެ، އެކަން ކުރަން އެބަ ޖެހޭ،" ޣަފޫރު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ އިތުރުން ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox