މުސާރައިގެ ބޮޑުބައި ރައްޔިތުންނަށް ހޭދަކުރަންޖެހޭތީ ގިނަ މަޖިލިސް މެންބަރުން އުޅުއްވަނީ ވަރަށް ހާލުގައި ކަމަށް އަޒާން ވިދާޅުވެއްޖެ

 ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންގެ އަސާސީ ހަރަދުތަކާއި ދާއިރާގެ ރައްޔިތުންގެ ހަރަދުތައް ހަމަޖެއްސުމަށްފަހު، ގިނަ މަޖިލިސް މެންބަރުން އުޅުއްވަނީ މަސް ނިމޭއިރު ދެކޮޅު ނުޖެހިގެން ކަމަށެވެ. ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންގެ އަސާސީ ހަރަދުތަކާއި ދާއިރާގެ ރައްޔިތުންގެ ހަރަދުތައް ހަމަޖެއްސުމަށްފަހު، ގިނަ މަޖިލިސް މެންބަރުން އުޅުއްވަނީ މަސް ނިމޭއިރު ދެކޮޅު ނުޖެހިގެން ކަމަށެވެ. ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައިގެ ބޮޑުބައި ހަރަދުކުރަން ޖެހެނީ ދާއިރާގެ ރައްޔިތުންނަށް ކަމަށާއި މަޖިލީހުގެ ގިނަ މެންބަރުން އުޅެނީ ވަރަށް ހާލުގައި ކަމަށް ހިތަދޫ މެދު ދާއިރާގެ މަަޖިލިސް މެންބަރު، އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަޒާން އެހެން ވިދާޅުވީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އާންމު މަސައްކަތްތެރިންނަށް ލިބޭ އުޖޫރަ އާއި މަޖިލިސް މެންބަރުންނަށް ލިބޭ އިނާޔަތްތަކުގެ ފަރަގު އަޅާކިޔައި މީހަކު ކުރި ޕޯސްޓަކަށް ކުރި ކޮމެންޓެއްގަ އެވެ. އެ ޕޯސްޓުގައި އަޅާ ކިޔާފައި ވަނީ ރާއްޖެ އާއި ސިންގަޕޫރާއި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާ އެވެ.

އަޒާން ވިދާޅުވީ އެ ޕޯސްޓުގައި އަޅާ ކިޔާފައިވާ ގައުމުތަކުގައި މަޖިލިސް މެންބަރުންނަށް ލިބޭ އާމްދަނީ އާއި ރާއްޖޭގައި މަޖިލިސް މެންބަރުންނަށް ލިބޭ އާމްދަނީ އަޅައިނުކިޔޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ ގައުމުތަކުގެ މަޖިލިސް މެންބަރުންނަށް އޮފީސް ހިންގުމަށާއި ދަތުރުފަތުރު ކުރުމަށާއި މުވައްޒަފުން ގެންގުޅުން ފަދަ ހަރަދުތައް ކުރަން އިތުރު ފައިސާ ލިބޭ ކަމަށެވެ.

Advertisement

"ރާއްޖޭގައި ބެލެވިފައި އޮންނަނީ މަޖިލިސް މެންބަރުންގެ ދާއިރާތަކަށް އެމީހުން ހަރަދުކުރަންޖެހޭ ކަމަށް. އާންމުކޮށް ވަރަށް ގިނަ މީހުން މާލީ އެހީތެރިކަމަށް އެދި ގުޅާ، އަޅުގަނޑުމެންނަކީ ކުދި ރަށްތަކަށް ނިސްބަތްވާ ބަޔަކަށް ވާތީ އެހީއަށް އެދޭ މީހުންނަކީ ގިނަ ފަހަރަށް އާއިލީގޮތުން ނުވަތަ އެހެން ގޮތަކުން ގާތް މީހަކަށް ވާތީ އެފަދަ ކަންކަމަށް ނޫނެކޭ ބުނުމަކީ ދަތިކަމެއް،" އަޒާން ލިޔުއްވައިފައިވެ އެވެ.

ނަމަވެސް، އެހެން ގައުމުތަކުގައި ކަން ހިނގަނީ އެހެން ނޫން ކަމަށް އަޒާން ލިޔުއްވައިފައިވެ އެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރެއްވި އިނގިރޭސިވިލާތުގެ މަޖިލިސް މެންބަރަކަށް އެ ކަން އެގޮތަށް ހިނގާކަން އެނގިވަޑައިގަތުމުން ހައިރާންވެވަޑައިގެންނެވިކަމަށް އަޒާން ލިޔުއްވައިފައިވެ އެވެ.

"އޭގެ އިތުރުން، އަހަރުގެ އެކި ދުވަސްވަރު ބާއްވާ ތަފާތު އެކި ހަރަކާތްތައް ސްޕޮންސާކޮށްދިނުމަކީ މެންބަރުންގެ ޒިންމާއެއް ކަމަށް [މީހުން] ދެކޭ. ސްކޫލް ޕްރައިޒްޑޭ، އީދު ހަރަކާތްތައް، އައު އަހަރު ފާހަގަކުރުމާއި ރޯދަ މަހުގެ ހަރަކާތްކާއި ސްކޫލްތަކުގެ ކުޅުވަރު މުބާރާތްތަކާއި ރަށު ފެންވަރުގައި އާއި އަތޮޅު ފެންވަރުގައި ބާއްވާ ފުޓުބޯޅަ މުބާރާތްތައް،" އަޒާން ލިޔުއްވައިފައިވެ އެވެ.

"މިކަހަލަ ކޮންމެ ހަރަކާތަކަށް ވެސް މަޖިލިސް މެންބަރަކު ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެ، މިއީ އަޅުގަނޑުމެންގެ ރަސްމީ ވަޒީފާގައި ނުވަތަ އަޅުގަނޑުމެން އުފުލަންޖެހޭ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ނޫން."

އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ އަޅައިކިޔާއިރު، ރައްޔިތުންގެ މިޒާޖާއި މެންބަރުންގެ ކިބައިން ރައްޔިތުން އުއްމީދުކުރާ ކަންކަމަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަށް އަޒާން ލިޔުއްވައިފައިވެ އެވެ.

މަޖިލިސް މެންބަރެއްގެ ގޮތުގައި ހޭދަކުރެއްވި ދެ އަހަރުދުވަހުގެ ތަޖުރިބާއަށް ބަލާއިރު، އެކި ކަންކަމުގައި އޭނާއާ ހަމައަށްދިޔަ ރައްޔިތުންގެ ތެރެއިން 90 ޕަސެންޓު މީހުންނަކީ ފައިސާގެ އެހީއަކަށް އެދި ނުވަތަ އާންމު އުސޫލުގެ ބޭރުން ކަމެއް ހާސިލު ކުރުމަށް ނުވަތަ އެ މީހެއްގެ ޝަރުތު ހަމަނުވާ ވަޒީފާއެއް ހޯދުން ފަދަ ކަންކަމަށް އެދިގެންދިޔަ މީހުން ކަމަށް އަޒާން ލިޔުއްވައިފައިވެ އެވެ.

"ހަގީގަތަކީ އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ނުކުރައްވާ މަޖިލިސް މެންބަރުންނަށް މަސް ނިމޭއިރު އުޅުއްވަނީ ދެކޮޅުނުޖެހިގެންކަން، ދިރިއުޅުމުގެ އަސާސީ ހަރަދުތައް ހަމަޖެއްސުމަށްފަހު، ދާއިރާގެ ރައްޔިތުންނަށް ހަރަދުކޮށްފައި މެންބަރުންގެ އަތުގައި ބާކީ ވަނީ ވަރަށް ކުޑަ މިންވަރެއް،" އަޒާން ލިޔުއްވައިފައިވެ އެވެ.

މަޖިލީހުގެ ބައެއް މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ދަތުރުކުރުމުގެ ހަރަދު ވެސް މަޖިލިސް މެންބަރުންނަށް އަމިއްލައަށް ކުރެވޭ ވަރަށް ވުރެ ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ގައުމުތަކުަގައި އެފަދަ ހަރަދުތައް ކުރުމަށް މަޖިލީހުން ވަކި ހާއްސަ އެލަވެންސްތައް ހަމަޖައްސައިދީފައި ހުންނަކަން އޭނާގެ ކޮމެންޓުގައި ފާހަގަކުރައްވައިފައިވެ އެވެ.

އަޒާންއަކީ މަޖިލީހަށް އިންތިހާބުވުމުގެ ކުރިން މަޖިލިސް މެންބަރުންގެ މަސައްކަތްތަކާއި މަޖިލިސް މެންބަރުންގެ މުސާރައާ ގުޅޭގޮތުން ވަރަށް ފުޅާކޮށް ވާހަކަދެއްކެވި ބޭފުޅެކެވެ. 

އެގޮތުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ ސަރުކާރުން އަންގާހައި ކަމެއް ކުރަން ތިބޭ ބައެއް ނޫންކަމާއި މަޖިލީހުގެ މެންބަރުންގެ މުސާރާ އަމިއްލައަށް ކަނޑައެޅުމުގެ ބާރު އެ މީހުންގެ އަތްމަތީގައި އޮތުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫންކަމަށް އަޒާން ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އަޒާންގެ އެ ވައުދުތައް ފުއްދަވައިފައި ނުވާކަމަށް ވިދާޅުވެ ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox