ކައުންސިލަރުންގެ މުސާރަ އަލުން ކުޑަކުރަން ހުށަހަޅާނެ
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމަށް މަގުފަހިކުރުމަށް ކުރި ކަމެއް ކަމަށާއި، މާލީ ހާލަތަށް ބަލައި ވަރަށް އަވަހަށް އެ މުސާރަ އަލުން ކުޑަކުރާނެ ކަމަށް މެންބަރު ޣަފޫރު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ ހިލޭ އެހީ އިތުރުނުކޮށް މުސާރަ ބޮޑުކުރުމުން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.