ކަސްޓަމްސްއަށް ލިބެން ޖެހޭ ފައިސާ ނުހޯދޭ މައްސަލަ ބޮޑު ވެއްޖެ

މާލޭ ކޮމާޝަލް ހާބަރުގައި މުދާ ހުސްކުރަން ކޮންޓެއިނަރުތައް އަތުރާފައި: ބައެއް ޕްރޮޖެކްޓުތަކަށާއި ބޮންޑުކުރާ މުދާ ނޫން ހުރިހާ މުދަލެއް އެތެރެކުރެވެނީ ޑިއުޓީ އެއްކޮށް ދެއްކުމުން --- ފޮޓޯ: އަދަދު

މާލޭ ކޮމާޝަލް ހާބަރުގައި މުދާ ހުސްކުރަން ކޮންޓެއިނަރުތައް އަތުރާފައި: ބައެއް ޕްރޮޖެކްޓުތަކަށާއި ބޮންޑުކުރާ މުދާ ނޫން ހުރިހާ މުދަލެއް އެތެރެކުރެވެނީ ޑިއުޓީ އެއްކޮށް ދެއްކުމުން --- ފޮޓޯ: އަދަދު

އިގުތިސޯދީ މަސައްކަތްތަކަށާއި ޕްރޮޖެކްޓްތަކަށް ވަގުތީ ގޮތުން އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީ ހިމެނޭހެން، ކަސްޓަމްސްއަށް ނުލިބި ހުރި ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެ އިދާރާގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ 461 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. މީގެ ތެރެއިން 95 ޕަސެންޓަކީ އިމްޕޯޓް ޑިއުޓީ އެވެ. ދެން ހިމެނެނީ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފަސް ޕަސެންޓާއި އެހެނިހެން ފީތަކެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ނުލިބި ހުރި އިމްޕޯޓް ޑިއުޓީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުން ވަގުތީ ގޮތުން އެތެރެކުރި މުދަލުން ލިބެންޖެހޭ ފައިސާ އެވެ. މީގެ ތެރޭގައި އެކި ޕްރޮޖެކްޓްތަކަށް ޑިއުޓީ މައާފުކޮށްދީގެން ގެނެސްފައިވާ ތަކެތި ހިމެނެ އެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކަސްޓަމްސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެ އިދާރާއިން އޮޑިޓަށް މައުލޫމާތު ދިނެވެ.

އެ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކަށް 30 ދުވަހުގެ ނޯޓިސް ފޮނުވަ އެވެ. އެ މުއްދަތު ހަމަވުމުގެ ފަސް ދުވަސް ކުރިން، ފައިސާ ދެއްކުމަށް ހަނދާންކޮށްދީ އިތުރު ލިޔުމެއް ދެ އެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އެ ފަރާތްތަކަށް ދޭ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަ އެވެ. އަދި އޭގެ ފަހުން އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅަ އެވެ.

ނަމަވެސް މި ފިޔަވަޅުތަކާއެކު ވެސް ފައިސާ ހޯދުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރީއަތުގެ މަރުހަލާ ނިމި ހުކުމް އިއްވާފައިވީ ނަމަވެސް، އެ ހުކުމްތައް ތަންފީޒު ނުކުރެވި ގިނަ ދުވަސްވުމެވެ. ކޯޓު ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި އެކަނިވެސް 160.5 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

މީގެ އިތުރުން އިގްތިސާދީ މަސައްކަތްތަކަށް ގެންނަ މުދަލުގެ ޑިއުޓީ މައާފުކުރުމަށް ފަހު، އަނބުރާ ޑިއުޓީ ނަގަން ޖެހޭ ހާލަތްތައް ދެނެގަތުމުގައި ހުރަސްތަކެއް އެބަހުއްޓެވެ. ކަމާބެހޭ ވުޒާރާތަކުން އެ މައުލޫމާތު ކަސްޓަމްސްއާ އެކަށީގެންވާ އަވަސްމިނެއްގައި ހިއްސާ ނުކުރެ އެވެ. އަދި އަނބުރާ ޑިއުޓީ ހޯދޭނެ ހަރުދަނާ ގާނޫނީ ނިޒާމެއް ނެތުމަކީ ވެސް ފައިސާ ހޯދަން އޮތް ބޮޑު ގޮންޖެހުމެކެވެ.

މި މައްސަލަތައް ހައްލުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ފައިސާ ނުދައްކާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށް ލަފާދީފަ އެވެ. އަދި، ޑިއުޓީ އަލުން ނަގަންޖެހޭ ހާލަތްތަކުގައި އެ މައުލޫމާތު އަވަހަށް ހިއްސާކުރެވޭނެ އިންތިޒާމެއް ވުޒާރާތަކާއެކު ހަމަޖެއްސުމަށް ވެސް އެދުނެވެ.

ހަމައެއާއެކު ކޯޓު ހުކުމް ތަންފީޒުކުރުމުގައި ހުރި ދަތިތައް ހައްލުކޮށް، ގާނޫނީ އިމުގެ ތެރެއިން ލުއިތަކެއް ދީގެން ވިޔަސް ފައިސާ ހޯދަން މަސައްކަތްކުރުމަށް ކަސްޓަމްސްއަށް ވަނީ އަންގާފަ އެވެ. އަދި އިގުތިސޯދީ ބޭނުންތަކަށް އެތެރެކުރާ މުދަލުން އަނބުރާ ޑިއުޓީ ނެގޭނެ ފުރިހަމަ ރިކަވަރީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް އަވަހަށް ގެނައުމަށް ވެސް އޮޑިޓަ ޖެނެރަލް ލަފާދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox