އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

Oct 25, 2026, 1:11 PM
އެތުލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ފޯވާޑް، ޖޫލިއަން އަލްވަރޭޒް

އެތުލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ފޯވާޑް، ޖޫލިއަން އަލްވަރޭޒް

މެޑްރިޑް (އޮކްޓޫބަރު 25) - މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމުގެ ގޮތުން ކަންތައްތައް ކުރެވުނު ގޮތާ މެދު އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ކިބައިން އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ އެވެ. 

މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި، އަލްވަރޭޒް ބުނެފައިވަނީ، އެންމެ ރަނގަޅު ގޮތަކަށްވާނީ އޭނާ އެދޭ ގޮތަށް ޓްރާންސްފާގެ ކަންކަން ކުރިއަށްގެންދަން ފުރުސަތު ދިނުމަށް ކަމަށް ބުނެފަ އެވެ. އަލްވަރޭޒް، މިހެން ބުނެފައިވަނީ، ބާސެލޯނާ އިން އޭނާގެ ސޮއި ހޯދަން ޝައުގުވެރިކަން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގަ އެެވެ.

އުމުރުން 26 އަހަރުގެ އަލްވަރޭޒް ހޯދަން ބާސެލޯނާ އިން އެކި ގޮތްގޮތުން މަސައްކަތްކުރި އެވެ. އެކަމަކު، ތަކުރާރުކޮށް އެތުލެޓިކޯ އިން އައީ މި ސީޒަނުގައި އަލްވަރޭޒް ފެންނާނީ އެ ކްލަބުން ކަމަށް ބުނަމުންނެވެ. އަދި، އެންމެ ފަހުން ބާސެލޯނާ އިން އަލްވަރޭޒް ހޯދުމުގެ މަސައްކަތް ހުއްޓާލީ އެވެ. އެތުލެޓިކޯ މެޗުތަކުގައި އަލްވަރޭޒް ކުޅޭއިރު، އެ ކްލަބްގެ ސަޕޯޓަރުންގެ ނުރުހުމުގެ ޝުއޫރުތައް އަންނަނީ ފާޅުކުރަމުންނެވެ. އެކަންކަމާ ގުޅޭގޮތުން، އަލްވަރޭޒް ވަނީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކައި އިންޓަވިއުއެއް ދީފަ އެވެ. 

"ވޯލްޑް ކަޕް ތެރޭގައި އަހަންނަށް ވާހަކަ ދެކެވުނު ގޮތާއި އެ ވަގުތާއި ހާލަތު މި ހުރިހާ ކަމަކީ ގޯސްކޮށް ދިޔަ ކަންކަން. އެކަމާ އަހަރެން މައާފަށް އެދެން. އަހަންނަށް މައާފު ކުރޭ. އަހަންނަށް އެނގޭ ސަޕޯޓަރުން އެ ތިބީ ވަރަށް ރުޅި އައިސްފައި. އަހަންނަކީ ސަޕޯޓަރެއް ނަމަ އަހަރެން ވެސް ރުޅި އަންނާނެ،" މޮވިސްޓާ އަށް ދިން އިންޓަވިއުއެއްގައި އަލްވަރޭޒް ބުންޏެވެ. 

ދިމާވި ކަންތައްތަކުގެ ތެރެއިން އަރައިގަނެ، އަލުން ޓީމާ އެކު ކުރިއަށްދިއުމަށްޓަކައ އެތުލެޓިކޯ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ދިން އެއްބާރުލުމަށްޓަކައި އަލްވަރޭޒް ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ އިން 1-0 އިން ޑިޕޯޓިވޯ ލަ ކަރޫނިއާ ބަލިކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ އަލްވަރޭޒް އެވެ. މިއީ، މި ސީޒަނުގައި ކުުޅުނު ނުވަ މެޗުން އަލްވަރޭޒް ޖެހި ދެ ވަނަ ލަނޑެވެ. 

ރިވަ ޕްލޭޓް ދޫކޮށް، 2022 ވަނަ އަހަރު ޖެނުއަރީ މަހު، މެންޗެސްޓާ ސިޓީ އަށް އަލްވަރޭޒް ބަދަލުވީ 20 މިލިއަން ޑޮލަރަށެވެ. މީގެ ދެ އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް އަގު އަރާ ޓްރާންސްފާ ޕެކޭޖެއްގައި އެތުލެޓިކޯ އަށް ބަދަލުވި އަލްވަރޭޒް އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިހާތަނަށް އެތުލެޓިކޯ އަށް ކުޅެދިން، 115 މެޗުން އަލްވަރޭޒް ވަނީ 51 ލަނޑު ޖަހައި 19 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

ރެއާލާއި ބާސެލޯނާ އަޅާކިޔުން އިންސާފުވެރިނުވާނެ: މޮރީނިއޯ

މިވަގުތުގެ ހާލަތަށް ބަލާއިރު ރެއާލް މެޑްރިޑާއި ބާސެލޯނާ އަޅާކިޔުން އިންސާފުވެރިނުވާނެ ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ބާސެލޯނާ އަކީ ފައްކާވެފައި އޮތް ޓީމެއް ނަމަވެސް، ރެއާލް އަދި އޮތީ އާ ކޯޗާއެކު ޓީމު ބައްޓަންކުރުމުގެ މަރުހަލާއެއްގައި

Newsletter

Get the latest news delivered straight to your inbox