ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހަދައި، ހައްގު ބަސް ބުނުމަށް އަލީ ހުސެއިން ގޮވާލައްވައިފި

އަލީ ހުސެއިން މިރޭގެ ފޯރަމުގައި: ވިދާޅުވީ ރަސްމާލެ ޑީލުގެ ނަތީޖާ އެތައް ގަރުނަކަށް ދެމިގެންދިޔަ ނަމަވެސް އެކަމަށް ޒިންމާވާންޖެހޭ ބަޔަކީ އަދުގެ ޖީލު ކަމަށް -- ފޮޓޯ: އަދަދު

އަލީ ހުސެއިން މިރޭގެ ފޯރަމުގައި: ވިދާޅުވީ ރަސްމާލެ ޑީލުގެ ނަތީޖާ އެތައް ގަރުނަކަށް ދެމިގެންދިޔަ ނަމަވެސް އެކަމަށް ޒިންމާވާންޖެހޭ ބަޔަކީ އަދުގެ ޖީލު ކަމަށް -- ފޮޓޯ: އަދަދު

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ރައްޔިތުން ތެދުވެ، ހައްގު ބަސް ބުނުމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ގޮވާލައްވައިފި އެވެ. 

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ފަރާތުން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރަސްމާލެ ޑީލާ އެންމެން ވެސް ހެދުނު ގޮތަކުން ދެކޮޅު ހަދަންޖެހޭ ކަމަށެވެ. 

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

Advertisement

ރަސްމާލެ ވިއްކާލުމަކީ އޭގެ ނަތީޖާ އެތައް ޖީލަކަށް ދެމިގެންދާނެ އެހެން ނަމަވެސް މި ޖީލުން ޒިންމާވާންޖެހޭ ނިންމުމެއް ކަމަށް ވެސް އަލީ ފާހަގަ ކުރެއްވި އެވެ. އަދ އިޒްރޭލާއި ޒަޔަނިސްޓުންނަށް ވާގިވެރިވާ ޔޫއޭއީގެ މުހައްމަދު އަލައްބާރު ލައްވައި ބޭރުގެ ބަޔަކު ރާއްޖޭގެ މެދުގައި ވަޒަންވެރި ކުރުވުމުގެ ނަތީޖާ ހިތިވާނެ ކަމަށް ފާހަގަ ކުރައްވަމުން އަލީ ހުސެއިން ގޮވާލެއްވީ އެފަދަ "ދަންތުރައެއް ތެރެއަށް" ނުވަނުމަށެވެ. 

"މިކަހަލަ މަޅިއެއްގެ ތެރެއަށް، މިކަހަލަ ދަންތުރައެއްގެ ތެރެއަށް އަޅުގަނޑުމެން ވަންނާކަށް ނުވާނެ ހަމަ ބަލަަހައްޓައިގެން ތިބެ. އަދި އަމުދުން އަޅުގަނޑު މި ޖީލުގެ މިކަމާ ދެކޮޅު ހަދަން ތިބި މީހުންނަކީ އަޅުގަނޑުމެން،" ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ ވިދާޅުވި އެވެ. 

ރަސްމާލެ ވިއްކާލުމާ މިހާރު ވެސް ވަރަށް ގިނަ ބަޔަކު ދެކޮޅު ކަމަށް އަލީ ހުސެއިން ފާހަގަ ކުރެއްވި އެވެ. އަދި ފާހަގަ ކުރެއްވީ، ކުރިން ހުއްދައެއް ހޯދުމަކާ ނުލައި އެއްވުމަކީ ގާނޫނުއަސާސީ އިން ލިބިދޭ ހައްގެއް ކަމަށެވެ. 

"އަޅުގަނޑުމެން ތަނަކަށް އެއްވާކަށް، މަގުމައްޗަށް ނުކުންނާކަށް އެއްވެސް ފަރާތެއްގެ ހުއްދަ އެއް ބޭނުމެއް ނުވާނެ. ސަރުކާރުގެ ހުއްދަ އެއް، ދައުލަތުގެ ހުއްދައެއް ބޭނުމެއް ނުވާކަން. ގާނޫނު އަސާސީ ބުނަނީ ކުރިން ހުއްދަ ހޯދުމަކީ ނުލާ އެއްވެ އުޅުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެކޭ."

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox