ޓެކްސް އާއި ޑިއުޓީ މައާފް ކުރުމާއެކު ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމާފައިވާކަން ރައީސް އިއުލާނުކޮށްފި

Oct 25, 2026, 12:00 AM
ރައީސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ކުދި ވިޔަފާރިތަކަށް ސަރުކާރުން ފައިސާ ނުދިނުމުގެ މައްސަލަ ބޮޑު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ކުދި ވިޔަފާރިތަކަށް ސަރުކާރުން ފައިސާ ނުދިނުމުގެ މައްސަލަ ބޮޑު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޓެކްސް ދެއްކުމުގައި ލުއި ގޮތެއް ހަމަޖެއްސުމާއި ބޭރުން ގެންނަ މުދަލަށް ޑިއުޓީ ކެނޑުން ފަދަ ލުއިތަކެއް ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ތައާރަފްކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭނީ 1.5 މިލިއަން ރުފިޔާގެ ވިޔަފާރި ކުރާ ތަންތަނުން ކަމަށް ކަނޑައަޅުއްވާނެ ކަމަށް ވެސް ރައީސް ހާމަކުރެއްވި އެވެ. 

Advertisement

އުފެއްދުންތެރިކަމުގެ މައުރަޒު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ކުދި ވިޔަފާރިތަކަށް ފައިސާ ނުދައްކާތީ ވަރަށް ގިނަ ދަތިތަކާ ވިޔަފާރިތަކުން ކުރިމަތިލާންޖެހޭ ކަމަށެވެ. 

"ސަރުކާރުން އެކި ކަހަލަ މަސައްކަތް ނަގައިގެން ކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ހުންނަ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން ވަރަށް ދަތިތައް ދިމާވޭ. މިއީ ދެކޮޅު ނުޖެހޭ ކަމަކަށްވާތީ ހަމަޖައްސަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. އެސްއެމްއީ ސެކްޓާގެ ވަރަށް ގިނަ ފަރާތްތަކަކުން މިކަމުގެ ދަތިކަން އަޅުގަނޑުމެންނާ ހަމައަށް ގެނޭ،" ރައީސް ވިދާޅުވި އެވެ. 

ޓެކްސްއަށް ލުއިތަކެއް ދޭން ނިންމީ އެ މައްސަލަ ހައްލު ކުރަން ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"މިގޮތުން އަޅުގަނޑުމެން މަޝްވަރާކޮށްފައި ނިންމާފައި މި ވަނީ އެމްއެސްއެމްއީ ދާއިރާގައި އެކި ކަހަލަ ވިޔަފާރި ކުރާ ފަރާތްތަކުން ދައްކަން ހުންނަ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރާ ގޮތަށް. މާނައަކީ އެ ފަރާތްތަކަށް ސަރުކާރުން ދޭން އޮންނަ ފައިސާ އާއި ސަރުކާރަށް އެފަރާތްތަކުން ޓެކްސް ދެއްކުމަށް އޮންނަ އަދަދާ މި ދެ އަދަދު އަޅާކަނޑާފައި އޮފްސެޓުކޮށްފައި ފައިސާ ދައްކާ ގޮތަށް ހަމަޖެއްސުން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ، ކުދި ވިޔަފާރިތަކުން އިމްޕޯޓް ކުރާ ތަކެއްޗަށް ޑިއުޓީ ކަނޑަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ. 

"އެމްއެސްއެމްއީ ސެކްޓާގައި މަސައްކަތް ކުރާ ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓް ކުރާ ރޯމެޓީރިއަލްސްތަކަށް އައިޓަމްތަކަށް ލުއިދިނުމުގެ ގޮތުން، އައިޓަމްތަކުގެ ފުރިހަމަ ލިސްޓެއް ހަދާ، އެލިސްޓުގައިވާ ބާވަތްތަކަށް ސުމެއް އިންސައްތަ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް އެކެއް ޖަނަވަރީ 2027 އިން ފެށިގެން ފަސް އަހަރު ދުވަހަށް ކަނޑައަޅާ ގޮތަށް ސަރުކާރުން މިވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox