ރާއްޖޭގެ ވެރިކަމުގައި މުއިއްޒު ބެހެއްޓުމަކީ ދިވެހިންނަށް އޮތް ވަރަށް ބޮޑު ގެއްލުމެއް: ނަޝީދު

ހުޅުދޫ-މީދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

ހުޅުދޫ-މީދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމުގައި ބެހެއްޓުމަކީ ދިވެހި ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހުޅުދޫ-މީދޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ޕީއެންސީގެ މި ސަރުކާރުން ހުޅުދޫގެ ތަރައްގީއަށް އެއްވެސް ކުރިއެރުމެއް ހޯދައިދެވިފައި ނުވާ ކަމަށާއި، ރަށުގައި އެއްވެސް މަޝްރޫއެއް ނުހިންގި، ދެމެހެއްޓެނިވި ގޮތެއްގައި ތަނަވަސްކަން ގެނެސްދޭނެ ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ތައާރަފު ކުރެވިފައި ނުވާ ކަމަށެވެ.

"ތިބޭފުޅުން ވިސްނަވާ، ކޮބާތޯ ރައީސް ޑރ. މުހައްމަދު މުޢިއްޒު މި ޕީއެންސީ ސަރުކާރުން ހުޅުދޫއަށް، މިދިޔަ ތިން އަހަރެއްގެ ތެރޭގައި ލިބުނު އެއްވެސް ކުރިއެރުމެއް. ހިންގުނު އެއްވެސް ޕްރޮޖެކްޓެއް، ދެން އުފެއްދުނު އެއްވެސް ވަޒީފާގެ ފުރުސަތެއް؟ ހަގީގަތުގައި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން، ހުޅުދޫ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް މިދަނީ ވަރަށް ބޮޑަށް ގެއްލުންވަމުން،" ނަޝީދު ވިދާޅުވިއެވެ.

Advertisement

ނަޝީދު އިތުރަށް ވިދާޅުވީ، ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު 23 ރުފިޔާއަށް ވުރެ މަތީގައި ހުރުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށެވެ. އަދި ހުޅުދޫގެ ބައެއް ފިހާރަތަކުން މުދަލުގެ އަގު 20 އާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ބޮޑުވެފައިވާކަން މިއަދު އެ ރަށުން ފާހަގަކުރެވުނު ކަމަށާއި ރާއްޖޭގެ ޔޫސަބަލް ރިޒާވް ދުވަހެއް ދުވަހަކަށް ދަށަށް ގޮސް، މިވަގުތު ރިޒާވްގައި ދެ ހަފްތާގެ އިމްޕޯޓަށް ފުދޭނެ ޑޮލަރުވެސް ނެތް ކަމަށެވެ.

"ޕީއެންސީއަށް ވޯޓު ދެއްވުމުގެ މާނައެއް ނެތް، ބޭނުމެއް ނެތް. އެބޭފުޅުންގެ ސިޔާސަތެއް, އަމާޒެއް ނެތް. ގެންނަ ކޮންމެ ބަދަލެއް އަނެއްކާ އަނެއް ދުވަހު އަނބުރާ ބަދަލުކުރޭ. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގެންނެވި ބަދަލަކަށް ފުރަތަމަ ވިދާޅުވި, 500 ޑޮލަރު ކޮންމެ ޓޫރިސްޓެއް މާރުކުރަން ޖެހޭ ކަމަށް. ދެން އޭގެ ހަފްތާއެއް ފަހުން ވިދާޅުވީ 20 ޕަސެންޓޭ، ދެން އޭގެ ދުވަސްކޮޅެއް ފަހުން ވިދާޅުވީ 40 ޕަސެންޓޭ. މީގެން އެއްވެސް ކަމެއް ނުވި،" ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން، ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ މެދު ނުރުހުން ފާޅުކުރައްވަމުން ނަޝީދުު ވިދާޅުވީ، އެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވައްދާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. ހާއްސަކޮށް އިންޑިއާގެ ސަލާމަތަށް ގެއްލުންވާ ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، އޭގެ ހިތި އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ހުރިހާ ސަބަބުތަކަކަށްޓަކައި، ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަމުން ގޮވާލައްވަމުން، ކުރިއަށް އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ފާތުމަތު މުނީރަށް ވޯޓު ދެއްވުމަށް އެދި ހުޅުދޫގެ ހުރިހާ ރައްޔިތުންނަށް ނަޝީދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox