ޕާކިސްތާނާއެކު ރާއްޖެއިން އެއްބަސްވި ކަންކަމަށް ފާރަވެރިވެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިންޑިއާއިން ބުނެފި

Oct 24, 2026, 11:29 AM
ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް: އިންޑިއާއިން ވަނީ ލޯނާއި ކަރަންސީ ސްވޮޕުގެ ގޮތުގައި 1.5 ބިލިއަން ޑޮލަރު ދީފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް: އިންޑިއާއިން ވަނީ ލޯނާއި ކަރަންސީ ސްވޮޕުގެ ގޮތުގައި 1.5 ބިލިއަން ޑޮލަރު ދީފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ޕާކިސްތާނަށް ކުރެއްވި ދަތުރުގައި އެއްބަސްވި ކަންކަމަށް ފާރަވެރިވެ، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެފި އެވެ. 

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް، ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން އިންޑިއާއިން ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. 

"ދެ ގައުމެއްގެ މެދުގައި އެގްރިމެންޓުތަކެއްގައި ސޮއި ކުރި ވާހަކަ ބުނެފި. އެ ކަންކަން އަހަރުމެން މި ދަނީ ވަރަށް ގާތު ބަލަމުން އަދި އެކަމާ ގުޅިގެން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަންޖެހެންޏާ އަޅާނެ،" ހިންދީ ބަހުން ވާހަކަ ދައްކަވަމުން ޖައިސްވާލް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރެއް ކުރެއްވީ އޮކްޓޯބަރު 20 އިން 23 އަށެވެ. އެ ދަތުރުގައި ރާއްޖެއިން ވަނީ ޕާކިސްތާނާއެކު 20 އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އަދި ޕާކިސްތާނުން ވަނީ ކަޝްމީރާ ގުޅޭ ގޮތުން އެ ގައުމުން ގެންގުޅޭ ސްޓޭންޑު ރައީސް މުއިއްޒަށް ސާފުކޮށްދެއްވައިފަ އެވެ.

ޕާކިސްތާނަށް ކުރެއްވި ދަތުރުގައި މުއިއްޒު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ ބައްދަލުކުރައްވާފަ އެވެ. އަދި ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސް ފީލްޑް މާޝަލް ސައްޔިދު އަހުމަދު މުނީރުއާ ވެސް ރައީސް ބައްދަލު ކުރެއްވި އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނާއި ކްރެޑިޓް ފެސިލިޓީސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި އޭގެ އިތުރުން ރާއްޖެއިން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ އިންޓްރެސްޓަށްވާ 42.8 މިލިއަން ޑޮލަރު ދައްކައިދިނީ ވެސް އިންޑިއާއިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox