ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

Oct 25, 2026, 6:33 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށްގެން ފަރުބަދައެއްގެ މަތީގައި ބިނާކޮށްފައިވާ، "އީގަލްސް ނެސްޓް" ގެ ނަމުން މަޝްހޫރުވެފައިވާ އިމާރާތުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ގަދަ ވަޔާއި ސްނޯގެ ތެރޭގައި އަލިފާން ނިއްވުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރި އިރު، ގަސްތުގައި އެތަނުގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޖަރުމަނުގެ އިރުދެކުނު ބަވޭރިއަން އަލްޕްސްގެ ބާޝްޓެސްގާޑަން ސަރަހައްދުގައި ހުންނަ މި އިމާރާތުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް އެމަޖެންސީ ސާވިސަސްއަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

ފަރުބަދަމަތީގެ ހަނި މަގުތަކާއި ހޮހަޅަތަކުގެ ތެރެއިން ދަތުރުކޮށް އަލިފާން ނިއްވާ މީހުންނާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ދުރުން ވެސް އަލިފާންގަނޑު ފެންނަން ހުރި ކަމަށް އޮފިޝަލުން ބުންޏެވެ.

އަލިފާން ރޯވި ސަރަހައްދަށް ދިޔަ މަގުމަތީގައި، އެ ސަރަހައްދުން ފައިބައިގެން ސައިކަލެއްގައި ދިޔަ މީހަކު ފުލުހުން ވަނީ ހުއްޓުވައި ހައްޔަރުކޮށްފަ އެވެ.

ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ބާޝްޓެސްގާޑަން ސަރަހައްދާ ގުޅުން އޮތް ނަމަވެސް މިހާރު އެތަނުގައި ދިރިއުޅެމުން ނުދާ، އުމުރުން 33 އަހަރުގެ ޖަރުމަނު ރައްޔިތެކެވެ. އޭނާގެ ކިބައިން ނަފްސާނީ ބަލީގެ އަލާމާތްތަކެއް ފެންނާތީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ނަމަވެސް އެ އިމާރާތުގެ ތާރީހަށް ބަލައި ސިޔާސީ މަގްސަދެއް އޮތްތޯވެސް ބަލާނެ ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ. ފުލުހުން ބުނީ މި ހާދިސާގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމުގެ ނިޝާނެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވާރޭ ސްނޯއަށް ބަދަލުވެ، ގަދަ ވަޔާއެކު މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށް އޮފިޝަލުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އިމާރާތުގެ ބައިތައް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އަލިފާން ނިއްވާ މީހުންނަށް އިމާރާތުގެ އެތެރެއަށް ވަދެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޖަރުމަނު ބަހުން "ކޭލްސްޓައިންހައުސް" ގެ ނަމުން ނަންދެވިފައިވާ މި އިމާރާތް ހުންނަނީ 1،834 މީޓަރު އުސްމިނުގަ އެވެ. މި ތަނަށް ދެވޭނީ ފަރުބަދައިގެ ތެރޭގައި ހަދާފައިވާ ލިފްޓެއްގެ އެހީގަ އެވެ. އާންމު އުޅަނދުފަހަރަށް މި ސަރަހައްދަށް ވަނުން މަނާ ނަމަވެސް، ފަތުރުވެރިން އުފުލާ ބަސްތައް ދުވާލު ގަޑީގައި އެ ސަރަހައްދަށް ދަތުރުކުރެ އެވެ.

މި އިމާރާތަކީ 1952 ވަނަ އަހަރުން ފެށިގެން ކެފޭއަކާއި ރެސްޓޯރެންޓެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ، އަދި އެތަނުގެ ތާރީހާ ގުޅޭ މައުރަޒެއް ވެސް ހިމެނޭ ތަނެކެވެ. ނާޒީ ލީޑަރު ހިޓްލަރު މި އިމާރާތް ބޭނުންކޮށްފައިވަނީ ވަރަށް މަދުންނެވެ. އޭނާ ބޮޑަށް ބޭނުންކުރީ އެ ސަރަހައްދުގައި ހުރި "ބާގްހޮފް" ރެސިޑެންސް އެވެ. ނަމަވެސް އެ އިމާރާތުގެ ބާކީ ހުރި ބައިތައް 1952 ވަނަ އަހަރު ވަނީ ގޮއްވާލާފަ އެވެ.

ފަރުބަދައިގެ ތިރީގައި ހުންނަ "އޯބަސަލްޒްބާގް ޑޮކިއުމެންޓޭޝަން ސެންޓަރު" އަކީ އެ ސަރަހައްދުގެ ތާރީޚީ މައުލޫމާތުތައް ރައްކާކޮށްފައިވާ މައި މަރުކަޒެވެ. މި ހާދިސާގައި އެ މަރުކަޒަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާއަށް ފަހު "އީގަލްސް ނެސްޓް" އަލުން މަރާމާތު ކުރާނެ ކަމުގެ އިޝާރާތެއް އޮފިޝަލުން ދެއްވި ނަމަވެސް، އެކަން ކުރާނެ ސީދާ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

އަލަށް ހުޅުވި ބްރިޖް ހުރަސްކޮށް ކިމް ޗައިނާއަށް ވަޑައިގެންފި

އުތުރު ކޮރެއާ އާއި ޗައިނާ ގުޅުވައިދޭ "ނިއު ޔާލޫ ރިވާ ބްރިޖް" ހުޅުވުމާއެކު، އެ ބްރިޖް މެދުވެރިކޮށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާއަށް ވަޑައިގެންފިއެވެ. މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މުދާ އުފުލުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އައު ބްރިޖުގެ ސަބަބުން ދެ ގައުމުގެ މުދާ އުފުލުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ވިޔަފާރި އިތުރަށް ފުޅާވާނެ ކަމަށް ބެލެވެއެވެ.

މިއަދު މުޒާހަރާ ކުރާތީ ފްރާންސްގެ ލަގްޒަރީ ފިހާރަތައް ބަންދު

ފްރާންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ފިހާރަތަކުން މުދާ ފޭރި ގެއްލުންދެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ އަގުބޮޑު ލަގްޒަރީ ފިހާރަތައް ބަންދުކުރަން ފަށައިފިއެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ހިމެނޭއިރު، މި ނިންމުން ނިންމާފައިވަނީ ދިރިއުޅުމުގެ އަގުބޮޑުވުމާ ދެކޮޅަށް އާންމުން މިއަދު ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން މުދަލާއި ތަންތަނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ.

ހަމަލާދީފި ނަމަ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނަން

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދީފި ނަމަ، ރައްދުގައި ގަލްފް ސަރަހައްދުގެ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިގޮތުން ހޯރްމޫޒް ކަނޑުއޮޅި އަޑީގައިވާ މުހިންމު ކޭބަލްތަކަށް ހަމަލާދީ، އެ ތަންތަން މަރާމާތުކުރުމަށް ހުރަސްއެޅުމުގެ ފުރިހަމަ ރޭވުންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މޮސްކޯގައި ދިރިއުޅުން ހުރިގޮތް ހުޅަނގުގެ ޑިޕްލޮމޭޓުން ކިޔައިދީފި

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ފާރަލަމުންދާ މިންވަރު ބީބީސީއަށް ދިން އިންޓަވިއުތަކެއްގައި ހާމަކޮށްފިއެވެ.

މިލެއިގެ މައްޗަށް ކުރި ކްރިޕްޓޯ މަކަރުގެ މައްސަލަ ބޭރުކޮށްލައިފި

އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި ކްރިޕްޓޯކަރަންސީއެއް އިޝްތިހާރުކޮށްގެން އޮޅުވާލި ކަމަށް ބުނާ މައްސަލަ، އެއީ ޖިނާއީ ކުށެއް ނޫން ކަމަށް ނިންމައި އެ ގައުމުގެ ކޯޓުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ ފެންމަތިވީ ރައީސް މިލެއި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ކޮއިންއެއްގެ އަގު ކުއްލިއަކަށް ވެއްޓި އިންވެސްޓަރުންނަށް ގެއްލުންވުމާ ގުޅިގެންނެވެ. ނަމަވެސް ފަނޑިޔާރު ނިންމެވީ މި ކަމުގައި ޖިނާއީ ގޮތުން ފާހަގަކުރެވޭ ފަދަ އޮޅުވާލުމެއް ހިނގާފައިވާކަން ސާބިތުނުވާ ކަމަށެވެ.

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox