ބޭރުގެ ބަޔަކަށް ރަސްމާލެ ދޫކޮށްލުމަކީ ނުރައްކާތެރި ސިޔާސަތެއް: އަމީތު

މުހައްމަދު އަމީތު

މުހައްމަދު އަމީތު

އީގަލްސް ހިލްސް މަޝްރޫޢަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކޮށްލުމަކީ ހަމައެކަނި އިންވެސްޓްމަންޓާ ގުޅުންހުރި މުއާމަލާތެއް ނޫން ކަމަށާއި، އެއީ ގައުމަށް ވަރަށް ނުރައްކާތެރި ސިޔާސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އެ މަޝްރޫއުއާ ގުޅިގެން އަމީތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ލިބިފައި ނުވާ ފަދަ "ޔުނިކް" ސިފަތަކެއް ހުރި، އަދި ގާނޫނު އަސާސީން އެކަންކަމަށް ހިމާޔަތްތެރިކަން ފޯރުކޮށްދީފައިވާ ގައުމެއް ކަމަށެވެ.

"މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަމަށް ސީދާ ޤާނޫނު އަސާސީގައި ލިޔެ ބަޔާންކޮށްފައި ވޭ. މިރާއްޖޭގެ ފައްޅި އަޅާ އެހެން ދީންތަކަށް އަޅުކަން ނުކުރެވޭނެކަމަށް ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ލިޔެވި ބަޔާން ކޮށްފައި އެބަހުރި،" އަމީތު ވިދާޅުވިއެވެ.

Advertisement

އަމީތު ވިދާޅުވި ގޮތުގައި, ރާއްޖެއަކީ ފަސް ވަގުތު ބަންގީގެ އަޑު ޖައްވުގައި ގުގުމަމުން ދާތާ 900 އަހަރު ފާއިތު ކޮށްފައިވާ، އެއް ބަހަކުން ވާހަކަ ދައްކާ އެއް ނަސްލެއްގެ ގައުމެކެވެ. މީގެ އިތުރުން ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ލިބިގެން ގޮސްފައިވާ ނިއުމަތްތަކެއް ނޫން ކަމަށް ވެސް އެ ޕޯސްޓުގައި އޭނާ ފާހަގަކުރެއްވި އެވެ.

"މިފަދަ ހާއްސަ ސިފަތަކަށް ރިއާޔަތް ކުރުމެއް ނެތް ގޮތަށް، ހަމައެކަނި އިންވެސްޓްމަންޓް ރިޓާންސްއަށް އެކަނި ބަރޯސާވެގެން 99 އަހަރަށް ރާއްޖޭގެ ބިންތައް ދޫކޮށްލުމަކީ ވަރަށް ނުރައްކާތެރި ސިޔާސަތެއް،" އަމީތު ވިދާޅުވިއެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އޮތް ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލި، ޒަމާންތަކަށް ދިގުދެމިގެން ހިނގައިދާނެ ފިތުނައެއް ގައުމުގައި އުފެދުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް އަމީތު ފާހަގަކުރެއްވި އެވެ.

އެ ޕޯސްޓުގައި އަމީތު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އިހުސާސްތަކާ ދިމާ އިދިކޮޅަށް ގައުމެއް ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox