ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީގެ ސްޓޭންޑު ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދޭން 66 މެންބަރުން އެދިއްޖެ

އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުން

އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުން

ރަސްމާލެ މަޝްރޫއުއާ މެދު އިދިކޮޅު އެމްޑީޕީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދޭން ލީޑަޝިޕުގައި އެދުމަށް ފެންނަ ކަމަށް އެ މަޖިލީހުގައި ހިމެނޭ 63 މެންބަރުން ތާއީދުކޮށްފި އެވެ.

ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ގުޅޭގޮތުން އެމްޑީޕީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ލީޑަޝިޕުގައި އެދުމަށް ނިންމީ އެކަމާ ބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި 18 މެންބަރުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމެއް ބާއްވައިދިނުމަށް ލީޑަޝިޕުގައި އެދުމަށް ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުން ދެކޭގޮތް ބެލުމަށްޓަކައި ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޕޯލްއަކަށް އެހުމަށެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އެ ޕޯލްއަށް މިހައިތަނަށް ވޯޓު ދެއްވާފައިވަނީ 63 މެންބަރުންނެވެ. އެ ހުރިހާ މެންބަރުން ވެސް އެދިފައި ވަނީ އެ ޖަލްސާ ބާއްވަން ފެންނަ ކަމަށެވެ. އަދި، އެ ޖަލްސާ ލައިވް ކުރުމަށް ވެސް އެ މެންބަރުން އެދިފައިވެ އެވެ.

އީގަލް ހިލްސް މަޝްރޫއުއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނުފެންނަ ކަމަށް ވަކާލާތުކުރައްވާ ހަމައެކަނި ބޭފުޅަކީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އަލައްބާރުއާ ދެކޮޅަށް އެއްޗެހި ކިޔުމަކީ އޭގެ ސަބަބުން ރާއްޖެއަށް ގެއްލުންވާނެ ކަމެއް ކަމަށާއި ޔޫއޭއީއަކީ އެމްޑީޕީއާ ވެސް ވަރަށް ގާތް ގައުމެއް ކަމަށެވެ.

"ތަކުރާރުކޮށް ދަންނަވާނަން، މި އެމްޑީޕީއަށް ވަރަށް ގެއްލުންހުރި ކަމެއް. ޔޫއޭއީއަކީ އެމްޑީޕީގެ ގާތް ގައުމެއް. އަޅުގަނޑުމެން މި ހަދާ ގޮތުން ޔޫއޭއީ ޕީއެންސީއަށް ދެވުނީ،" އެމްޑީޕީ ގައުމީ މަޖިލިސް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު އާއި ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ ބައްދަލުވުމެއް ބާއްވައި އެ މައުޟޫގައި މަޝްވަރާކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox