ޖެކޯ، ބޮސްނިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

Sep 4, 2026, 10:28 AM
ބޮސްނިއާ ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ޖެކޯ.

ބޮސްނިއާ ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ޖެކޯ.

މިއުނިކް (ސެޕްޓެމްބަރު 4) - ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ގައުމީ ޓީމުގެ ކެޕްްޓަން، އުމުރުން 40 އަަހަރުގެ ފޯވާޑް، އެޑިން ޖެކޯ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ. 

ބޮސްނިއާ ގައުމީ ޓީމަށް 2007 ވަނަ އަހަރު ކުޅެން ފެށި ޖެކޯ އަކީ އެ ގައުމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ އިތުރުން، ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެ ގޮތުން، ބޮސްނިއާ ޓީމަށް މިހާތަނަށް ކުޅެދިން 19 ވަރަކަށް އަހަރު ތެރޭ، 151 މެޗުން 73 ގޯލު އެ ޓީމަށް ޖަހައިދީފައިވެ އެވެ. 

ޖެކޯ، އިއުލާނުކުރި ގޮތުގައި މި މަހު ފަށާ ފީފާ ބްރޭކުގައި ކުޅޭ ބޮސްނިއާގެ މެޗުތައް ވެގެންދާނީ، ގައުމީ ޓީމާ އެކު އޭނާގެ ފަހު ފެނިލުންތައް ކަމަށެވެ. އެ ގޮތުން، މިހާރު ތާވަލު ކުރެވިފައި އޮތްގޮތުން، ޖެކޯގެ އެންމެ ފަހު މެޗަކަށްވާނީ ބޮސްނިއާ އިން ޔުއެފާ ނޭޝަންސް ލީގުގައި ސްވިޑެންއާ ބައްދަލުކުރާ މެޗެވެ. 

ދޮށީ އުމުރުގައި ގިނަ އަނިޔާތަކެއްގެ ތެރެއިން ވެސް ޖެކޯ ވަނީ ގައުމީ ޓީމުގެ ކެރިއަރު ކުރިއަށް ގެންގޮސްފަ އެވެ. އެ ގޮތުން، ބޮސްނިއާ އަށް މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެ، އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުނުއިރު، އެ ޓީމު ލީޑުކުރުމުގެ ޒިންމާ އަދާކުރީ ޖެކޯ އެވެ. އިޓަލީ ކަޓުވާލުމަށް ފަހު، ބޮސްނިއާ އަށް މެދުކެނޑުމަކަށް ފަހު، ވޯލްޑް ކަޕުން ފުރުސަތު ހޯދައިދިނުމުގައި ވެސް ޖެކޯ އިސް ރޯލެއް ކުޅެފައިވެ އެވެ. 

ޖެކޯ ބުނީ، ގައުމީ ޓީމުގައި އޭނާ ހޭދަކުރި އަހަރުތަކަކީ ވަރަށް ފަހުރުވެރިކަމާ އެކު ފާހަގަކުރާނެ ކަންކަން ކަމަށެވެ. 

"ގައުމީ ޓީމުން ގޮވާލި ކޮންމެ އިރެއްގައި ވެސް ޓީމަށް އައިސް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކުރިން، އެއީ، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން، އުމުރުން 40 އަހަރުގައި ރިޓަޔާކުރަން ނިންމާއިރު،" ޖެކޯ ބުންޏެވެ. 

އޭނާ ބުނީ، ބޮސްނިއާ ފުޓްބޯޅައިގައި މުސްތަގުބަލެއް އޮތް މަންޒަރު މިހާރު ފެންނަ ކަމަށާއި ގައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލި ނަމަވެސް ކޮންމެ ވެސް ސިފައެއްގައި ޓީމަށް ހިދުމަތްކުރުމަށް ލިބިއްޖެނަމަ، އޭގެ ބޭނުންކުރާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox