ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލު ޖެހީ ކޭޕް ވާޑުގެ ލޯޕޭސް ކަބްރާލް

Jul 29, 2026, 9:57 AM
ކޭޕް ވާޑުގެ ފުލްބެކް، ސިޑްނީ ލޯޕޭސް ކަބްރާލް.

ކޭޕް ވާޑުގެ ފުލްބެކް، ސިޑްނީ ލޯޕޭސް ކަބްރާލް.

ޕެރިސް (ޖުލައި 29) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖެހި އެންމެ މޮޅު ގޯލަކަށް ކޭޕް ވާޑުގެ ފުލްބެކް، ސިޑްނީ ލޯޕޭސް ކަބްރާލް ޖެހި ގޯލު ހޮވިއްޖެ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ އެކު، 104 މެޗު ކުޅުުނުއިރު، 308 ގޯލު ފެނިގެންގޮސްފައިވެ އެވެ. އޭގެ ތެރެއިން، ހޮވި އެންމެ މޮޅު ގޯލަކީ، ގަދަ 32 ޓީމު ވާދަކުރި ބުރުގައި، އާޖެންޓީނާ ކޮޅަށް، އުމުރުން 22 އަހަރުގެ ލޯޕޭސް ކަބްރާލް ޖެހި ގޯލެވެ.

އާޖެންޓީނާ އިން އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ކޭޕް ވާޑް އަތުން 3-2 އިން މޮޅުވި މި މެޗުގައި، ލޯޕޭސް ކަބްރާލް ގޯލު ޖެހީ. މެޗުގައި ދެ ވަނަ ފަހަރަށް ކޭޕް ވާޑަށް އެއްވަރުކޮށްދޭށެވެ. އަރިމަތިން ލިބުނު ފުރުސަތެއްގައި ހުސް ޖާގައެއް ހޯދާލުމަށް ފަހު، ލޯޕޭސް ކަބްރާލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ގޯލުގެ ކަނަށް ވަނީ އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓީނޭޒް އަތް މަތިން ގޮހެވެ. 

ކޭޕް ވާޑުގެ ފުލްބެކް، ސިޑްނީ ލޯޕޭސް ކަބްރާލް (ކ) އާޖެންޓީނާގެ މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ
ކޭޕް ވާޑުގެ ފުލްބެކް، ސިޑްނީ ލޯޕޭސް ކަބްރާލް (ކ) އާޖެންޓީނާގެ މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ

މި މެޗުގައި ކޭޕް ވާޑުން ދެ ގޯލު ޖަހައިގެން ތާރީހުން ޖާގަ އެއް ވެސް ހޯދި އެވެ. އެ ގޮތުން، ކޭޕް ވާޑަކީ، ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކޮޅަށް ދެ ގޯލު ޖެހި އެފްރިކާގެ ފުރަތަމަ ޓީމެވެ. އެ މެޗުގައި ކޭޕް ވާޑުގެ ދެ ވަނަ ލަނޑު ޖެހީ ވެސް ލޯޕޭސް ކަބްރާލް އެވެ.

ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އައި ލޯޕޭސް ކަބްރާލް ވަނީ މި ފަހަރުގެ ޓްރާންސްފާގައި، 15 މިލިއަން ޑޮލަރަށް ތުރުކީގެ ޓްރަބްޒޯންސްޕޯ އަށް ބަދަލުވެފަ އެވެ. 

މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކޭޕް ވާޑުން، މުބާާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ވީ އެއްވަރެވެ. އެ ގޮތުން، ފުރަތަަަމަ މެޗުގައި ވަނީ، މި ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިނާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އޭގެ ފަހުން، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ އުރުގުއޭ އާއި އޭޝިއާ ފުޓްބޯޅައިގެ ވަރުގަދަ ނަމެއް ކަމަށްވާ ސައުދީ އަރަބިއްޔާއާ ވެސް އެއްވަރުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox