މި ސަރުކާރުން އިއުލާނުކުރި 15 އެއާޕޯޓުގެ ތެރެއިން އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ އެންމެ ފަސް އެއާޕޯޓުގެ: މުއްތަލިބު

ނ. ވިހަފަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށިކަމަށް ބުނި ދުވަހު ދެ އެކްސްކަވޭޓަރަކުން ކޮންނަނީ: އެ ފިނޮޅަކީ އެ ފަޅު ތެރޭގައި މާ ކުރީިންސުރެން ހިކިފަސްކޮށް އޮންނަ ކުޑަ ފަސްގަނޑެއް --- ފޮޓޯ: ރައީސް އޮފީސް

ނ. ވިހަފަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށިކަމަށް ބުނި ދުވަހު ދެ އެކްސްކަވޭޓަރަކުން ކޮންނަނީ: އެ ފިނޮޅަކީ އެ ފަޅު ތެރޭގައި މާ ކުރީިންސުރެން ހިކިފަސްކޮށް އޮންނަ ކުޑަ ފަސްގަނޑެއް --- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އަލަށް ތަރައްގީކުރަން އިއުލާނުކުރި 15 އެއާޕޯޓުގެ ތެރެއިން މި ވަގުތު އަމަލީ މަސައްކަތް ކުރަމުން ދަނީ އެންމެ ފަސް އެއާޕޯޓުގެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު އެހެން ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދި ކުރެއްވި ސުވާލަށް ފޮނުއްވި ޖަވާބުގަ އެވެ.

މުއްތަލިބު ފޮނުއްވި ޖަވާބުގައި ބުނީ އެ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ އެއާޕޯޓު މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ހަރަދުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

Advertisement

"މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންޓްރެކްޓު ކުރެވިގެން މިހާރު ކުރިއަށް ދަނީ ފަސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތެވެ، މި މަސައްކަތްތައް ކުރިއަށް ދަނީ އެކި މަރުހަލާތަކުގަ އެވެ، އަދި މި މަޝްރޫއުތައް ނިންމުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެކަމަކަށް ނުބެލެވެ އެވެ،" އެ ސިޓީގައި ބުންޏެވެ.

ނަމަވެސް، ލ. އިސްދޫ ކަލައިދޫ އެއާޕޯޓުގެ މަޝްރޫއު އަދި، ކޮންޓްރެކްޓު ކުރެވިފައި ނުވާތީ އެ މަޝްރޫއުއަށް ބޭނުންވާ 600 މިލިއަން ރުފިޔާ މިހާރު ވަނީ ބަޖެޓުގައި ހިމަނައި ހަމަޖައްސައިފަ އެވެ.

މުއްތަލިބު މިހެން ވިދާޅުވިއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 11 އެއާޕޯޓެއް ތަރައްގީކުރުމަށް މި ސަރުކާރުގައި ވަނީ ކޮންޓްރެކްޓު ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ: 

  • ށ. ކޮމަންޑޫ އެއާޕޯޓު
  • ތ. ގުރައިދޫ އެއާޕޯޓު
  • ތ. ވިލުފުށި އެއާޕޯޓު
  • ށ. މިލަންދޫ އެއާޕޯޓު
  • ށ. ބިލެތްފަހި އެއާޕޯޓު
  • ހއ. ދިއްދޫ އެއާޕޯޓު
  • ރ. ފައިނު އެއާޕޯޓު
  • ށ. ދިގުވެލި އެއާޕޯޓު
  • ނ. ވިހަފަރު އެއާޕޯޓު
  • އއ. މަތިވެރި އެއާޕޯޓު
  • ފ. ނިލަންދޫ އެއާޕޯޓު

އޭގެ އިތުރުން، މިދިޔަ ސަރުކާރުން ވެސް ވަނީ ފަސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެއީ:

  • ފ. މަގޫދޫ އެއާޕޯޓު
  • ހދ. މަކުނުދޫ އެއާޕޯޓު
  • ރ. އަލިފުށި އެއާޕޯޓު
  • މ. މުލި އެއާޕޯޓު
  • ބ. ތުޅާދޫ އެއާޕޯޓު

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އަލަށް އެއާޕޯޓެއް އަދި ހުޅުވެ އެެވެ. އަލަށް ތަރައްގީކުރަން އެއާޕޯޓުތަކެއް އިއުލާނުކޮށްފައިވާއިރު، ގިނަ އަދަދެއްގެ އެއާޕޯޓު އަޕްގްރޭޑު ކުރުމަށާއި ތަރައްގީ ކުރުމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox