އަސްކަރީ އެއްބަސްވުމެއް ހިމެނޭހެން 12 އެއްބަސްވުމެއްގައި ޕާކިސްތާނާއެކު ސޮއިކުރަނީ

ޖޫން 1، 2026 ގައި ރައީސް މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސް

ޖޫން 1، 2026 ގައި ރައީސް މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސް

އަންނަ އަންގާރަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަން ނިންމާވާފައިވާ ރަސްމީ ދަތުރުގެ ތެރެއިން 12 އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޕާކިސްތާނުގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްއޯޔޫ އާއި އެގްރީމެންޓުތައް ހިމެނޭހެން 12 ލިޔުމެއްގައި ދެ ގައުމުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ދިފާއީ އަދި އަސްކަރީ އެއްބަސްވުމެއްގައި ވެސް ދެ ގައުމުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އޭގެ އިތުރުން، ޓްރޭޑް އާއި އިންވެސްޓުމެންޓާއި ސިއްހީ ދާއިރާގެ އިތުރުން، ތައުލީމާއި މޫސުމީ ބަދަލުތަކާއި ފަތުރުވެރިކަން އަދި ސިވިލް އޭވިއޭޝަނާ ގުޅޭ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެެވެ.

ރަސްމީ ދަތުރެއްގައި މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާނީ މާދަމާ ނޫން އަނެއް ދުވަހު އެވެ. އެ ދަތުރުގެ ތެރެއިން ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ މަޝްވަރާތައް ވެސް ކުރިއަށް ގެންދާނެކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ޕާކިސްތާނަށް ކުރައްވާ ދަތުރުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު، ޝެހްބާސް ޝަރީފް އާއި ރައީސް، އާސިފް އަލީ ޒަރްދާރީއާ މުއިއްޒު ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން އެ ގައުމުގެ ވަޒީރުން ފެންވަރުގެ ބޭފުޅުން ވެސް މުއިއްޒުއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ރާއްޖޭގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު އެންމެފަހުން ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވާފައި ވަނީ 2015 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox