މެންބަރުންނަށް މުއިއްޒު ބައިލައްކަ ރުފިޔާ ދެއްވާ ކަމަށް ބުނާ މައްސަލަ ބެލިއިރު ކޮރަޕްޝަނުގެ އަމަލެއް ނެތް: އޭސީސީ

ޕީއެންސީގެ މަޖިލިސް މެންބަރުން: އެ މެންބަރުންނަށް މުއިއްޒު 50،000ރ. ދިނުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ޕީއެންސީގެ މަޖިލިސް މެންބަރުން: އެ މެންބަރުންނަށް މުއިއްޒު 50،000ރ. ދިނުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ރައީސް މުހައްމަދު މުއިއްޒު ކޮންމެ މަހަކު ބައިލައްކަ ރުފިޔާ ދެއްވާ ކަމަށް ބުނާ މައްސަލަ ބެލިއިރު އެކަމުގައި ކޮރަޕްޝަނުގެ އަމަލެއް އެކުނުލެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުން (އާރްޓީއައި) ގެ ދަށުން އޭސީސީއަށް އަދަދު އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި އެ ކޮމިޝަނުން ބުނީ ޕްރިލިމިނަރީ ތަހުގީގު މަރުހަލާއިން ބެލި ބެލުންތަކުން، މައްސަލައިގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ. 

"30 ޖުލައި 2026 ގައި ޕްރިލިމިނަރީ ތަހުގީގު މަރުހަލާއިން ބެލިބެލުންތަކުން، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް [މެންބަރުންނަށް މުއިއްޒު ބައިލައްކަ ރުފިޔާ ދިން ކަމަށް ބުނާ މައްސަލަ] ކަމަށް ކަނޑައެޅިފައިވާތީ، މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދިޔުމަށް ނިންމާފައި،" އޭސީސީން ބުންޏެވެ. 

Advertisement

މެންބަރުންނަށް މުއިއްޒު ބައިލައްކަ ރުފިޔާ ދޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ގާނޫނު ހެދުމާއި، ސަރުކާރުން ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅޭ ކަމަށް ބުނި މައްސަލަ އޭސީސީއަށް ހުށަހެޅި ކާކުކަން ނޭގޭ ގޮތަށެވެ. 

އޭސީސީން ބުނީ އުސޫލެއްގެ ގޮތުން ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ މައުލޫމާތު ކޮމިޝަނުން ހިއްސާކުރަނީ މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ކަމަށެވެ. 

ޕީއެންސީގެ މެންބަރުންނަށް މުއިއްޒު 50،000ރ. ދެނީ ނަގުދު ފައިސާއިން ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. ބައެއް މަސްތަކުގައި މެންބަރުންނަށް 75،000ރ. ވެސް ދީފައިވެ އެވެ.

ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

މުއިއްޒު ދެއްވާ ފައިސާއާ ނުލައި ވެސް މަޖިލިސް މެންބަރަކަށް ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 82،500ރ. ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox