އޮލިމްޕަހުން " ދެވި" ނެރެނީ

Oct 19, 2026, 1:01 PM
އޮލިމްޕަސް ސިނަމާގައި ދައްކަމުން އަންނަ ދިވެހި ފިލްމު "ދޭވީ" ގެ އެންމެ ފަހު ޝޯތައް ދައްކަން ފަށައިފި

އޮލިމްޕަސް ސިނަމާގައި ދައްކަމުން އަންނަ ދިވެހި ފިލްމު "ދޭވީ" ގެ އެންމެ ފަހު ޝޯތައް ދައްކަން ފަށައިފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ޕްރިމިއާ ކުރި ސުޕަނެޗުރަލް ބިރުވެރި ފިލްމު "ދެވި" ގެ  ވަދާއީ ޝޯ ތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ

ފާޑުކިޔުންތައް އަމާޒުވަމުންދިޔަ ނަމަވެސް، ފިލްމު ބަލަން ވަތް ބެލުންތެރިންގެ އަދަދު  އިތުރުވެ ފިލްމުގެ ފޯރިވަނީ ގަދަވެފައެވެ.

ފިލްމުގެ އެންމެ ފަހު ޝޯ އޮންނާނީ މި ހިނގާ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރެެއެވެ.

Advertisement

ފިލްމުގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫހާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ ބިރުވެރި މަސައްކަތްތަކެކެވެ. މި ފިލްމުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ "މާޝީ" އަދި "މާހީ" ގެ ގޮތުގައި އައްޒަ ދައްކައިދިން މުޅިން ތަފާތު ދެ ސިފައެވެ.

އެކަކު އަނެކަކާ މުޅިން ތަފާތު ދެ ކެރެކްޓަރެއްގެ ގޮތުގައި އައްޒަ ދެއްކި ހުނަރަކީ ބެލުންތެރިންގެ އެންމެ ބޮޑު އެއް ވާހަކަ އެވެ.

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ އެކްޓްރެސް މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމަށް ވުމާއެކު، މިއީ އޭނާގެ ކާމިޔާބު ކެރިއަރުގެ ފާހަގަކޮށްލެވޭ އުފެއްދުމެކެވެ.

މި ފިލްމުގެ ޑައިރެކްޓަރުންނަކީ މަޝްހޫރު ފެޝަން ޑިޒައިނަރު ހުސެން ހާޒިމް (ސޭންޑީ) އެވެ،

 ވީއެފްއެކްސް، ޕްރޮސްތެޓިކް މޭކަޕް، ސައުންޑް ޑިޒައިން އަދި ޕޯސްޓް-ޕްރޮޑަކްޝަންގައި ފަންނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައިގެން އުފެއްދި މި ފިލްމުން ސޭންޑީގެ ބިރުވެރި ތަސައްވުރު ވަރަށް ފުރިހަމައަށް ބޮޑު ސްކްރީނަށް ވަނީ ގެނެސްދީފަ އެވެ.

އެކި ސަރަހައްދުތަކުގައި ފިލްމުގެ ޓީމުން ކުރި ބުރަ މަސައްކަތް ފިލްމުގެ ކޮންމެ މަންޒަރަކުންވެސް ފެނިގެންދެ އެވެ.

"ދެވި" އާ ގުޅޭގޮތުން  ބެލުންތެރިންގެ ޝުއޫރުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ފިލްމުގެ ރަސްމީ ޕޭޖުގައި އާންމުކޮށްފައިވާ ހަގީގީ ވީޑިއޯ ޓެސްޓިމޯނިއަލްތަކުން ފެންނަނީ ފިލްމަށް އޮތް ބޮޑު ތަރުހީބެވެ. 

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox