އަޒަރުބައިޖާން

2 ލިޔުން

ފަހުގެ

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފިދުނިޔެ

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

ދަރިން ވަގަށް ނެގި ތުހުމަތުގައި ޒައިނަބް ހައްޔަރުކޮށްފިލުއިއަދަދު

ދަރިން ވަގަށް ނެގި ތުހުމަތުގައި ޒައިނަބް ހައްޔަރުކޮށްފި

ދުބާއީގެ ޝައިޚް ސައީދު ބިން މަޚްތޫމްގެ ކުރީގެ އަނބިކަނބަލުން ޒައިނަބް ޖަވާދްލީ، އެ ދެމަފިރިންގެ ތިން ދަރިން ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފެންމަތިވީ ދަރިންގެ ބެލެނިވެރިކަމާ މެދު އުފެދިފައިވާ ދަބަސްވުމެއްގެ ތެރެއިން، ކޯޓުން ހުއްދަދީފައިވާ ބައްދަލުވުމެއްގައި ދަރިން ގެންދިޔަ ކަމަށް ބުނެ ޝައިޚް ސައީދު ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެންނެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ލައިވްސްޓްރީމްކޮށް ޔޫއޭއީގެ ސައިބަރ ކްރައިމް ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުވެސް ޒައިނަބްގެ މައްޗަށް ވަނީ ކުރެވިފައެވެ.