ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

Oct 9, 2026, 2:06 PM
އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތް ސެންޓަރު -- އަދަދު ފައިލް

އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތް ސެންޓަރު -- އަދަދު ފައިލް

ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކީ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ މާޔޫސްވުން ނުވަތަ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ. 

ހެލްތު މިނިސްޓްރީ އިން ބުނީ ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ކޮންމެވެސް ބަލިމަޑުކަމެއް ތަހައްމަލު ކުރާކަން އެނގުނީ މީގެ ކުރިން، 2020 އިން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކަށް ބެލުމަށްފަހު ކަމަށެވެ. 

"ރާއްޖޭގެ ހާލަތަށް ބަލާއިރު،  2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ. 

Advertisement

ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކަކީ މިއަދު ރާއްޖޭގައިވެސް އާންމު ސިއްހަތާ ގުޅިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަށް ވެފައިވާއިރު، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން މިހާރު އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ 'ތަޖުރިބާގެ އަޑު ކަނުލައި އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު' މިއެވެ.

މި ޝިއާރުގެ މައިގަނޑު ބޭނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލުކޮށްފައިވާ މީހުންގެ ތަޖުރިބާތަކަށް ސަމާލުކަންދީ، އެފަރާތްތަކުގެ ދިރިއުޅުމާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމުގައި އެމީހުންގެ އަމަލީ ބައިވެރިވުން އިތުރުކުރުމެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކީ ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ މީހެކެވެ. މިއީ ގާތްގަނޑަކަށް 1.2 ބިލިއަން މީހުންނެވެ. އެ ބަލިތަކުގެ ތެރޭގައި އެންމެ އާންމުކޮށް ފާހަގަކުރެވެނީ ހާސްކަމާއި މާޔޫސްވުމުގެ އިތުރުން، ބައިޕޯލާ ޑިސްއޯޑަރާއި ޝިޒޮފްރީނިއާ ފަދަ ސީރިއަސް ބަލިތަކެވެ.

ނަމަވެސް، މުޖުތަމައުގައި އަދިވެސް އޮތް ނުރަނގަޅު ވިސްނުންތަކާއި ތަފާތުކުރުންތަކުގެ ސަބަބުން، ގިނަ ބަޔަކު އެހީތެރިކަން ހޯދުމަށް ފަސްޖެހޭކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެ އެވެ.

ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގައި ސައިކޭޓްރިސްޓުންގެ ހިދުމަތް އިތުރުކުރުމުގެ އިތުރުން، ހުޅުމާލޭގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ 50 އެނދުގެ ޒަމާނީ ސައިކިއޭޓްރިކް އަދި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި ހޮސްޕިޓަލުގެ މަގްސަދަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ދިގު މުއްދަތުގެ ފަރުވާއާއި ރިހެބިލިޓޭޝަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

މިއަހަރުގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 9 އިން 10 އަށް ކާފު އަތޮޅު ކާށިދޫގަ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި މުޅި މުޖުތަމައަށް އަމާޒުކޮށްގެން ބާއްވާ "ކޮމިއުނިޓީ ކަލާ ރަން" އާއި، އާއިލާތަކަށް ހާއްސަ "ވިލުންތެރި އާއިލީ މަހާސަމާ" ހިމެނެއެވެ. މި ހަރަކާތްތަކުގައި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، އައިޖީއެމްއެޗް އަދި އެޗްޕީއޭ ފަދަ މުއައްސަސާތަކުން ބައިވެރިވެ، ކުޅިވަރާއި ކުއިޒްތަކުގެ ޒަރީއާއިން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެއިތުރުން، އިސްރަށްވެހިންނަށް ހާއްސަކޮށްގެން "އިސްރަށްވެހިންގެ ސައްލާ" ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ. "ޓީ އެންޑް ޓޯކް" ބައްޓަމަށް ކުރިއަށްގެންދާ މި ސެޝަނަކީ އިސްރަށްވެހިންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. ކާށިދޫގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް މި ދުވަހާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox