ފިލްމީ ތަރިން ހިމެނޭހެން ހަތަރު މީހަކު ޑްރަގާއެކު ވިލިމާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ފިލްމީ ދާއިރާގައި ހިމެނޭ ތިން މީހުން ހިމެނޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅޭ ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށް އެ މުއައްސާއިން ބުންޏެވެ.
މީގެކުރިން ފުލުހުން ހިންގި އޮޕަރޭޝަންތަކުގައިވެސް ފިލްމީ ތަރިންތަކެއް ހައްޔަރުކޮށްފައިވެ އެވެ.












