ހިއްސާ ވިއްކަން "ނޭޝަނަލް އެކްސްޗޭންޖު" ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ސަރުކާރުގެ ސެކިއުރިޓީތައް ވިއްކަނީ ފިނޭންސުން އަދި ކުންފުނިތައް ވެސް ބަލަހައްޓަނީ މި ވުޒާރާއިން --- ފޮޓޯ

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ސަރުކާރުގެ ސެކިއުރިޓީތައް ވިއްކަނީ ފިނޭންސުން އަދި ކުންފުނިތައް ވެސް ބަލަހައްޓަނީ މި ވުޒާރާއިން --- ފޮޓޯ

ދެ ވަނަ ހިއްސާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ކަމަށް ބުނެ ސަރުކާރުން ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑުގެ ނަމުގައި މިއަދު ކުންފުންޏެއް އުފައްދައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުނި އުފެއްދީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހާއްސާ ބާރާއި އިހުތިޔާރުގެ ދަށުން ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ކުންފުންޏެއް ކަަމަށެވެ. 

ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާވާ ގޮތަށް ނޭޝަނަލް އެކްސްޗޭންޖު ކުންފު އުފެއްދީ، ރައީސް އޮފީހުން ބުނި ގޮތުގައި، ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ހިއްސާގެ ބާޒާރެއް ކުރިއަށް ގެންދަން ކަމަށެވެ.

ނޭޝަނަލް އެކްސްޗޭންޖު ލިމިޓެޑުގެ މަގުސަދުތައް

  •  ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުން
  • ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިން ފެސިލިޓީތައް ގާއިމުކޮށް ހިންގުން
  • ދައުލަތުގެ ސެކިއުރިޓީޒް އާއި އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި ލިސްޓުކުރުމާއި މުއާމަލާތްކުރުމުގެ މަގުފަހިކޮށްދިނުން
  • ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީ އާއި، ކްލިއަރިން އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ހުދުމަތްތައް ފޯރުކޮށްދިނުން
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުން

ސަރުކާރުން މި ގެންނަ ބަދަލާއެކީ، ސަރުކާރު ކުންފުނިތަކުގެ އިކުއިޓީ އާއި ސަރުކާރުން ވިއްކާ ޓީބިލުތަކާއި ބޮންޑުތައް އަދި ސެކަންޑްރީ މާކެޓުގައި ވިއްކާ ސެކިއުރިޓީތައް ވިއްކާނީ މި އެކްސްޗޭންޖުންނެވެ. 

ސަރުކާރު ފުރިހަމަ ބާރު ހިނގާ ގޮތަށް ހިއްސާގެ ބާޒާރުގައި ދެ ވަނަ ކުންފުންޏެއް އުފެއްދިއިރު، ސެކިއުރިޓީސްތަކާއި އިކުއިޓީތައް މިހާރު ލިސްޓު ކުރާ މޯލްޑިވްސް ސެކިއުރިޓީސް އެކްސްޗޭންޖް (އެމްއެސްއީ) އަކީ އަމިއްލަ ވިޔަފާރިތަކުން ހިންގާ ހިއްސާގެ ބާޒާރެކެވެ. 

މި ހިއްސާގެ ބާޒާރުގެ ބެލެނިވެރި ފަރާތަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އެވެ. 

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox