އަނބިކަނބަލުން އަވަހާރަވިތާ ދެ ދުވަސް ފަހުން މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

Sep 30, 2026, 11:38 AM
ފޮޓޯ: އީޕީއޭ

ފޮޓޯ: އީޕީއޭ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ސިތީ ހަސްމާ މުހައްމަދު އަލީ އަވަހާރަވިތާ ދެ ދުވަސް ފަހުން، މަހާތީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

އުމުރުފުޅުން 101 އަހަރުގެ މަހާތީރު މުހައްމަދު، ކުއާލަލަމްޕޫރުގައި ހުންނަ ނޭޝަނަލް ހާޓް އިންސްޓިޓިއުޓް (އައިޖޭއެން) ގައި އެޑްމިޓްކުރީ ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ އެހީތެރިޔާ ސޫފީ ޔޫސުފް ވިދާޅުވީ، މަހާތީރު އެޑްމިޓްކުރީ އޮބްޒަވޭޝަނަށް ކަމަށާއި، ބަލި ދެނެގަތުމަށް ކުރާ ރަސްމީ ތަހުލީލުތަކުގެ ނަތީޖާ ލިބުމުގެ ކުރިން އެޑްމިޓްކުރި ސީދާ ސަބަބެއް އަދި ސާފުނުވާ ކަމަށެވެ.

މަހާތީރުގެ ދަރިކަލުން މުޚްޒާނީ ވިދާޅުވީ ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ނެތް ކަމަށެވެ.

"ބައްޕަ އައިޖޭއެންގައި އެޑްމިޓްކުރީ އޮބްޒަވޭޝަނަށް،" މެލޭޝިޔާގެ ގައުމީ ޚަބަރު ފަތުރާ އެޖެންސީ 'ބާނާމާ' އަށް މުޚްޒާނީ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ދެ ދުވަހަކީ ބައްޕައަށް ވަރަށް ބޮޑު ނަފްސާނީ ފިއްތުންތަކަކާ ކުރިމަތިލާންޖެހުނު ދުވަސްތަކެއް. މިވަގުތު ބައްޕަގެ ހާލު ރަނގަޅު، ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް ނެތް،" މުޚްޒާނީ އިތުރަށް ވިދާޅުވި އެވެ.

ދެ ފަހަރެއްގެ މަތިން ވިހި އަހަރަށް ވުރެ ގިނަ ދުވަހު މެލޭޝިޔާގެ ވެރިކަން ކުރެއްވި މަހާތީރު މުހައްމަދަކީ މީގެ ކުރިން ވެސް ހިތުގެ ބަލިތަކަށް ފަރުވާ ހޯއްދަވައި، ބައިޕާސް އޮޕަރޭޝަންތަކެއް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ފަހަކަށް އައިސް މަހާތީރު ތަކުރާރުކޮށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިފައިވާއިރު، އެންމެ ފަހުން އެމަނިކުފާނު އެޑްމިޓްކުރީ މިދިޔަ ޖެނުއަރީ މަހު ވެއްޓިވަޑައިގެން ކަށިގަނޑެއްގައި ރެނދުލުމާ ގުޅިގެންނެވެ.

މަހާތީރުގެ އަނބިކަނބަލުން އަދި އާންމު ސިއްހަތުގެ ދާއިރާގެ މާހިރެއް ކަމަށްވާ ޑޮކްޓަރު ސިތީ ހަސްމާ އަވަހާރަވީ ސެޕްޓެމްބަރު 28 ވަނަ ދުވަހު، އުމުރުފުޅުން 100 އަހަރުގަ އެވެ. އެކަމަނާއަކީ މަހާތީރާއެކު 70 އަހަރު ވަންދެން ކައިވެނި ބައްލަވައިގެން އުޅުއްވި ބޭފުޅެކެވެ.

މެލޭޝިޔާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި މަހާތީރާއި ސިތީ ހަސްމާ ކައިވެނި ބެއްލެވީ 1956 ވަނަ އަހަރު އެވެ. އެ ދެބޭފުޅުންނަށް ހަތް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވި ސިތީ ހަސްމާގެ ޖަނާޒާގެ ތެރެއިން، އޮކްސިޖަން ހޮޅި ގުޅައި، މޮޓޮރައިޒްޑް ފުރޮޅުލީ ގޮނޑިއެއްގައި އިންނެވި މަހާތީރު ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެ، ހިތާމައިގައި އިންނަވަނިކޮށެވެ.

މަހާތީރުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެކަމަނާ އެ ދުވަހު އަވަހާރަވެދާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ވިދާޅުވެ، މަހާތީރު ވަނީ މެލޭޝިޔާގެ ކުރީގެ ރަސްގެފާނުގެ އަރިހުގައި ހިތާމަފާޅުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

މެގަސްޕީޑުން އެލިސް ހުއާން 2025 ގައި ވަކިވެފައިވޭ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވޭ އެލިސް ހުއާން، މެގަސްޕީޑް ކުންފުނީގެ މަގާމުން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، އެމެރިކާގެ އެކްސްޕޯޓް ގަވާއިދުތަކާ ހިލާފަށް ޗައިނާއަށް އޭއައި ޗިޕްތައް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި މެގަސްޕީޑުން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައެވެ.

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫގަންޑާގައި އަސްކަރީ ޖެނެރަލުން ހައްޔަރުކޮށްފި

ޔޫގަންޑާގެ ރައީސް މުސެވެނީގެ ދަރިކަލުން އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނޭރުގާބާ، އެ ގައުމުގެ އިސް ޖެނެރަލުންތަކެއް ހައްޔަރުކޮށް ނައިބު ރައީސަށް އިންޒާރު ދެއްވުމާ ގުޅިގެން ސިޔާސީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ ބައްޕައަށް ފަހު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އެކަމަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތްކުރުމަށް ކައިނޭރުގާބާ ހިންގަވާ ސިޔާސީ ހަރަކާތެކެވެ. މި ހައްޔަރުކުރުންތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކަމެއް ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް، މިއީ ސީދާ ވެރިކަމުގެ ބާރުތައް ހޯދުމަށް ކުރާ ކަމެއްކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

Newsletter

Get the latest news delivered straight to your inbox