އެމްބާޕޭގެ ކޮއްކޮ އީތަން ތިން މެޗަށް ސަސްޕެންޑްކޮށްފި

Sep 29, 2026, 11:16 PM
ލިލްގެ މެޗެއްގެ ތެރެއިން އީތަން އެމްބާޕޭ: ޗެމްޕިއަންސް ލީގުގެ ތިން މެޗު އޭނާ އަށް ގެއްލޭނެކަން ވަނީ ޔަގީންވެފައި.

ލިލްގެ މެޗެއްގެ ތެރެއިން އީތަން އެމްބާޕޭ: ޗެމްޕިއަންސް ލީގުގެ ތިން މެޗު އޭނާ އަށް ގެއްލޭނެކަން ވަނީ ޔަގީންވެފައި.

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 29) - ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭގެ ކޮއްކޮ، އީތަން އެމްބާޕޭ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތިން މެޗަށް ސަސްޕެންޑް ކުރަން ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފި އެވެ. 

އުމުރުން 19 އަހަރުގެ އީތަން އެމްބާޕޭ، ސަސްޕެންޑްކުރަން، ޔުއެފާ އިން ނިންމީ، ޗެމްޕިއަންސް ލީގުގައި ރެއާލް ބެޓިސް އަތުން 3-2 އިން ލިލް ބަލިވި މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. 

ޗެމްޕިއަންސް ލީގުގައި ލިލްއާ ދެކޮޅަށް ރެއާލް ބެޓިސް އިން މޮޅުވި ލަނޑު، މެޗުގެ 56 ވަނަ މިނިޓްގައި ބެޓިސް އިން ކާމިޔާބުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އީތަން އެމްބާޕޭ އަށް ވަނީ ރަތެއް ދައްކައިފަ އެވެ. އެއީ، ބެޓިސްގެ ނަޓަން އަށް ހަމަލާ ދިނުމުންނެވެ. މެޗުގެ ރެފްރީ އަށް އެންމެ ފުރަތަމަ މި މަންޒަރު ނުފެނުނު ކަމުގައި ވިޔަސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، އީތަން އެމްބާޕޭ އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. 

ޔުއެފާ އިން މިހާރު ނިންމާފައިވަނީ، މެޗުގެ ރެފްރީގެ ރިޕޯޓާއި ވީޑިއޯ އަށް ބެލުމަށް ފަހު، އީތަން އެމްބާޕޭ އަށް ތިން މެޗުގެ ސަސްޕެންޝަނެއް ދިނުމަށެވެ. އަދި، މިއާ އެކު، އީތަން އެމްބާޕޭ، އަށް ލިލް އިން ޗެމްޕިއަންސް ލީގުގައި އާސެނަލާއި ގަލަތަސަރާއި އަދި ބޯޑޯ/ގިލްމްއާ ކުޅޭ މެޗުތައް ގެއްލޭނެ އެވެ. އީތަން އެމްބާޕޭ، ޗެމްޕިއަންސް ލީގުގައި ދެން އެންމެ އަވަހަށް ފެންނާނީ ލިލް އިން ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. 

ފްރާންސްގެ ޔޫތު ގައުމީ ޓީމުތަކަށް ކުރިން ކުޅެފައިވާ އީތަން އެމްބާޕޭ އަންނަނީ ލިލް ޓީމުގައި މި ފަހުން މުހިންމު ދައުރެއް އަދާކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox