ސެންކްޝަން ލިސްޓުގައި ހިމެނޭ ތަކެތި ބޭރުވޭތޯ އަދި ވަސީލަތް ހުރިތޯ ސަރުކާރުން ބަލަނީ

ކަސްޓަމްސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވުން

ކަސްޓަމްސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވުން

އެމެރިކާއިން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ލިސްޓުގައި ހިމެނޭ މުދާ ރާއްޖެއިން ރަޝިޔާއަށް އެތެރެވާތޯ ބަލައި، އެކަން ދެނެގަންނާނެ ވަސީލަތްތައް ހުރިތޯ ބަލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ބުނެފި އެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ރާއްޖެއިން ބޭރުވާ ތަކެތީގެ ތެރޭގައި ސެންކްޝަން ކޮށްފައި ހުރި ތަކެތި ހިމެނޭތޯ ބަލަން ކަސްޓަމްސްގެ ކެޕޭސިޓީ ހުރިތޯ އިންޓާނަލީ ބަލަމުންދާ ކަމަށެވެ. 

"މިހާރު އުފެދޭ ސުވާލަކީ އެކަމަކު އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރިބާއޭ އެ ވިދާޅުވާ ލެވެލްގެ ކަމެއް ދެނެގަންނަން. އެނގިވަޑައިގެންވި ދެއްތޯ މި ވިދާޅުވާ އެއްޗެއް. މިސާލަކަށް މިއިނދީ ފޯނެއް. މި ފޯނުގެ ތެރޭގައި އިންނަ ޗިޕަކީ ކޮންކަހަލަ ޗިޕެއްކަން އަޅުގަނޑުމެންނަށް ކިހިނެއްހޭ އެނގޭނީ،" މުންދު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ކަސްޓަމްސްގެ ބޭފުޅުންނަށް ނޫނީ ސްކްރީންކުރާނީ. އެލެވެލްއަށް އިންޑިވިޖުއަލްކޮށް. އެހެންވީމަ އަޅުގަނޑުމެން އިންޓާނަލީ މިހާރު ކެޕޭސިޓީވެސް އެބަ އޮޅުންފިލުވަމުންދަން."

މުންދު ވިދާޅުވީ މިގޮތަށް ފްލެގްވާ ކަންކަމުގެ ހަގީގަތްވެސް ބެލުމުގެ ކަންކަން ސަރުކާރުން އެކި އެޖެންސީތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށެވެ. ނަމަވެސް އެއްވެސް ތަނަކުން އެއްވެސް ޕްރެޝަރެއް ކުރިމަތިނުވާ ކަމަށާއި އެންމެންނާއެކު ސަރުކާރުން މަސައްކަތްކުރަނީ ވަރަށް ގާތްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.  

އެމެރިކާ ސަރުކާރުގެ ކަންބޮޑުވުންތައް ރާއްޖެއާ ހިއްސާކޮށް، ދަތިކުރުމުގެ ފިޔަވަޅުގެ ލިސްޓުގައި ހިމެނޭ މުދާ ރާއްޖެއިން ރަޝިޔާއަށް އެތެރެވުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން އެދިފައިވާކަން ހާމަކުރީ ވޯލް ސްޓްރީޓް ޖާނަލް އިން ޝާއިއު ކުރި ތަހުގީގީ ރިޕޯޓެއްގަ އެވެ. 

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސެންކްޝަން ލިސްޓުގައި ހިމެނޭ މުދާ ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ގެންދަނީ، އެކި ގައުމުތަކުން ރާއްޖެއަށް އިމްޕޯޓު ކުރުމަށްފަހު، ހުޅުލެއިން ފުރާ އޭރޯފްލޯޓުގެ މަތިންދާބޯޓަކުންނެވެ. 

ރާއްޖެއިން ރަޝިޔާއަށް އެގޮތަށް އެކްސްޕޯޓު ކުރާ ތަކެތީގެ ތެރޭގައި މިސައިލް ގައިޑެންސް ސިސްޓަމްތަކުގައި ބޭނުން ކުރެވިދާނެ މައިކްރޯޗިޕްސް އާއި ޓްރެކިން ސެޓެލައިޓުތަކަށް ބޭނުންވާ ހާޑުވެއާ އާއި ޖެޓު ފައިޓަރު އަދި ދުރު ރާސްތާގެ މިސައިލަށް ބޭނުންވާ ދަގަނޑު ބޯލްޓު ހިމެނެ އެވެ. 

ދިވެހި ކަސްޓަމްސްގެ ރަސްމީ ހިސާބުތަކުން ދައްކަނީ 2022 ވަނަ އަހަރާއި 2025 އަހަރާ ދެމެދު ރާއްޖެއިން ރަޝިޔާއަށް އިމްޕޯޓް ކުރީ އެންމެ 25،00 ޑޮލަރު މަހާއި 25 ޑޮލަރުގެ ލީފްލެޓެވެ. އެކަމަކު، އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އިމްޕޯޓް ޖީނިއަސްގެ ހޯދުންތަކުން އެނގޭ ގޮތުގައި، 2022 ވަނަ އަހަރު އެކަނި ވެސް ރާއްޖެއިން ރަޝިޔާއަށް 630 މިލިއަން ޑޮލަރުގެ މުދާ އެތެރެ ކުރި އެވެ.

އޭގެ ކުރިން 2021 ވަނަ އަހަރު ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓު ކުރީ އެންމެ ހަތް މިލިއަން ޑޮލަރުގެ މުދަލެވެ. އެހެންކަމުން ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓް ކުރާ މަދުލުގެ އަދަދު އިތުރުވެފައި މި ވަނީ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުންކަން އެނގެ އެވެ. 

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓު ކުރާ ގޮތުގައި ރާއްޖެއިން ރިއެކްސްޕޯޓް ކުރާ މުދާ އެއްވެސް މިންވަރަކަށް ބަލައި ފާސްކޮށެއް ނުހަދަ އެވެ. އޭގެ ބަދަލުގައި ރާއްޖޭގެ އޮފިޝަލުން ހަމައެކަނި ޗެކް ކުރަނީ އެ މުދަލަކާ ގުޅޭ ލިޔެކިޔުމެވެ. އެހެން ކަންތައް ކުރަނީ ކަސްޓަމްސްގެ މުވައްޒަފުން މަދުވުމުން ކަމަށް އެ ނޫހުން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox