އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޖަމާލް ރަސްމީކޮށް އައްޔަންކުރައްވައިފި

Sep 6, 2026, 5:58 PM
އޮގަސްޓު 24، 2026: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށްޓަކައި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުއާ އިންޓަވިއުކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން

އޮގަސްޓު 24، 2026: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށްޓަކައި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުއާ އިންޓަވިއުކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު މިއަދު ރަސްމީކޮށް އައްޔަން ކުރައްވައިފި އެވެ. 

އެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސް އޮފީހުގަ އެވެ. އޭނާއަކީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު 2014 ވަނަ އަހަރު ވުޖޫދުވި ފަހުން އަލަށް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރި ބޭފުޅާ އެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޖަމާލް އައްޔަން ކުރައްވާފައި މި ވަނީ މަދަނީ ޖަމިއްޔާތަކުންނާއި ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. 

Advertisement

އަބްދުލްއަޒީޒްގެ ދައުރުގައި ކުރިއަށް ގެންދިޔަ އާރްޓީއައި އެސެސްމަންޓް ހޯދުންތަކަށް ބަލާއިރު ހުށަހެޅުނު މައްސަލަތަކުގެ 53 ޕަސަންޓު މައްސަލަ އޭނާ ވަނީ ބޭރުކޮށްލައިފަ އެވެ. އަދި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 16 ޕަސެންޓު މައްސަލައަށް އެއްވެސް ޖަވާބެއް ނުދެ އެވެ. 

"މަހޯލި" ފޯމުތައް މެދުވެރިކޮށް މައުލޫމާތު ބޭނުންވާ ސަބަބު ލިޔަން މަޖުބޫރުކުރުވުމުން ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހިފެހެއްޓުމުގެ ފުރުސަތު ވެސް އޭނާގެ ދައުރުގައި ފަހިވެގެންދިޔަ އެވެ. 

އާރުޓީއައި ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ބަޔާންކުރާ މާއްދާގައި އޮންނަނީ އެ މަގާމަށް އައްޔަންކުރާ މީހެއްގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އަދި، ދައުރު 10 އަހަރަށް އިތުރުކުރެވެނީ އެ މަގާމުގައި ހުރި މީހެއްގެ މަގާމުގައި އިތުރު ދައުރެއް ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށް ވެސް ގާނޫނުގައި އޮވެ އެވެ.

ގާނޫނުގައި މިހެން އޮތުމުން އަބްދުލްއަޒީޒަށް އިތުރު ދައުރަކަށް ނާދެވޭނެ ކަމަށް ގަބޫލުކުރާ މީހުން ބުނަނީ، އޭނާ ކުރިން އެ މަގާމުގައި އެއް ދައުރު ފުރިހަމަކުރައްވާފައިވާތީ އިތުރު ދައުރަކަށް ނާދެވޭނެ ކަމަށެވެ.

މި މައްސަލައިގައި އަދަދު ނޫހުން ވާހަކަ ދެއްކި ގާނޫނީ މާހިރުން ވެސް ބުނީ ގާނޫނުގެ އެ މާއްދާގެ އިބާރާތް އޮތް ގޮތުން މާނަކުރެވެނީ އިތުރު ދައުރެއް ނުދެވޭނެ ގޮތަށް ކަަމަށެވެ. 

މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅަކު މިފަދަ މަގާމަކަށް އައްޔަނުކުރާއިރު ރައީސް އޮފީހާއި ބައެއް ވުޒާރާތަކާއި ބައެއް އިދާރާތަކުގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަަނުކުރާ މައްސަލަ ވަރަށް ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox