މާޒީގެ ވާހަކަ ދައްކައިގެން އިޓަލީ އަށް ފައިދާއެއް ނެތް: މަންޗިނީ

Sep 26, 2026, 9:30 AM
ބެލްޖިއަމާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން އިޓަލީގެ ކޯޗު މަންޗިނީ.

ބެލްޖިއަމާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން އިޓަލީގެ ކޯޗު މަންޗިނީ.

ރޯމް، އިޓަލީ (ސެޕްޓެމްބަރު 26) - މާޒީގައި ކަންތައްތައް ވެފައި ހުރި ގޮތަށް ބަލައި، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިގެން އިޓަލީގެ ފުޓްބޯޅަ އަށް ކުރިއެރުމެެއް ނެތް ކަމަށް އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވި ރޮބާޓޯ މަންޗިނީ ބުނެފި އެވެ. 

މަންޗިނީ ވަނީ 2018 ވަަނަ އަހަރު އިޓަލީގެ ކޯޗުކަމާ ހަވާލުވެ، 2021 ވަނަ އަހަރު ބޭއްވި ޔޫރޯ 2020 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާނަށް ކުރިން ކޯޗުކޮށްދިން މަންޗިނީ، އިޓަލީ ދޫކޮށް 2023 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ކޯޗުކަމާ ބޮޑު މުސާރަ ލިބޭ ޑީލެއްގައި ހަވާލުވި އެވެ. އެކަމަކު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސައުދީ އަރަބިއްޔާ ކޯޗުކަން ދޫކޮށްލައި، ފަހުން އޭނާ ވަނީ ގަތަރުގެ އަލް ސާދަށް ވެސް ކޯޗުކޮށްދީފަ އެވެ. 

Advertisement

ޖެހިޖެހިގެން ތިން ވަަނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، މިދިޔަ އޭޕްރީލް މަހު އިޓަލީގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ އިސްތިއުފާދިނުމުން، އެ ޓީމުގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ ލީޑަޝިޕްގެ މަގާމުގައި ހުރި އެކި ފަރާތްތަކުން ވެސް ވަނީ އިސްތިއުފާދީފަ އެވެ. މަންޗިނީ، އިޓަލީގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ހަވާލުވީ، މިދިޔަ ޖުލައި މަހު އެވެ. 

އެނބުރި އައިސް މަންޗިނީ، އިޓަލީ ގޮވައިގެން ނުކުތް ފުރަތަމަ މެޗަކީ، ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމާ ބައްދަލުކުރި މެޗަށެވެ. ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، މާކް ވެން ބޮމެލްގެ ކޯޗުކަމުގައި ފުރަތަމަ ފަަހަރަށް ނުކުތް، ބެލްޖިއަމުން ވަނީ 2-0 އިން އިޓަލީ ބަލިކޮށްފަ އެވެ. 

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މަންޗިނީ އަށް އަމާޒުވި ސުވާލަކީ، ތިން ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ މާޔޫސްކަމުން އަދިވެސް އިޓަލީ އަށް އަރައިނުގަނެވެނީތޯ އެވެ. 

"އަހަރެމެން ޕޮޒިޓިވްކޮށް ވިސްނަން އެބަޖެހޭ. އަބަދު އެއް ވާހަކައެއް ނުދައްކާ، މާޒީގައި ވެފައި ހުރި ކަންތައްތައް އެ ހުރީ ނިމިފައި. އެއީ ބަދަލު ކުރެވޭނެ ކަމެއް ނޫން. ބަދަލުކުރެވޭނީ މުސްތަގުބަލުގައި ހިނގަން ހުރި ކަންކަން. އެއީ، މަސައްކަތް ކޮށްގެން، އެކަމާ އަތުގުޅާލައިގެން ކުރިއަށްދާންވީ،" މަންޗިނީ ބުންޏެވެ. 

ރޭގެ މެޗު ބަލަން ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމަށް ވަނީ 50،000 ވަރަކަށް ސަޕޯޓަރުން ވަދެފަ އެވެ. މެޗުން އިޓަލީ ބަލިވުމުން، ގިނަ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. މަންޗިނީ ބުނީ، ފުޓްބޯޅައިގައި އެއީ "ނޯމަލް" ކަމެއް ކަމަށާއި ކުރިއަށްދާއިރު، އެ ކަންކަން ވެސް ބަދަލުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. 

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ދެން އިޓަލީ އަށް އޮތް ނޭޝަންސް ލީގުގެ ތިން މެޗަކީ، ތުރުކީއާ ދެކޮޅަށް އަމިއްލަ ދަނޑުގަޔާއި ރަށުންބޭރުގައި ކުޅޭ މެޗުތަކުގެ އިތުރުން، ޒިނެދިން ޒިދާންގެ ކޯޗުކަމުގައި ކުޅޭ ފްރާންސާ ދެކޮޅަށް ނުކުންނަ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox