އިޒްރޭލު ބަލިކޮށް އަޔަލެންޑުން ފަލަސްތީންގެ ހަނދާން އާ ކޮށްފި

Sep 28, 2026, 10:35 AM
އިޒްރޭލާ ދެކޮޅަށް ރޭ އަޔަލެންޑުން ކުޅުނު މެޗުގެ ތެރެއިން.

އިޒްރޭލާ ދެކޮޅަށް ރޭ އަޔަލެންޑުން ކުޅުނު މެޗުގެ ތެރެއިން.

ޑެބްރެޗެން، ހަންގޭރީ (ސެޕްޓެމްބަރު 28) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ 3-0 އިން އިޒްރޭލް ބަލިކޮށް ރިޕަބްލިކް އޮފް އަޔަލެންޑުން ފަލަސްތީނުގެ ހަނދާން އާ ކޮށްފި އެވެ. 

އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެން އަޔަލެންޑުގެ ކުޅުންތެރިން ނިންމަން ފެށުމާ ގުޅިގެން، އެ މެޗު ކުޅުމާ ގުޅޭ ގޮތުން މުޅި ޓީމުގެ މެދުގައި ވޯޓެއް ނަގާފައިވާ ކަމަށް އަޔަލެންޑްގެ ފުޓްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޑޭވިޑް ކޫރެލް ވިދާޅުވެއްޖެ އެވެ. 

ހަންގޭރީގައި މިރޭ ކުޅޭ މެޗަށް، ވޯޓެއް ނެގުމަށް އަޔަލެންޑުން ނިންމިއިރު، ގިނަ ކުޅުންތެރިން ނިންމީ ޕްރޮފެޝަނަލް ނިންމުމެއް ނިންމަން ޖެހޭތީ މެޗު ކުޅޭ ގޮތަށް ކުރިއަށްދިއުމަށެވެ. އަޔަލެންޑްގެ ގިނަ ކުޅުންތެރިންތަކެއް މި މެޗުގައި ނުކުޅެން ނިންމި މައިގަނޑު ސަބަބަކީ، ފަލަސްތީނަށް އަރައި އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ މެދު ނުރުހުން ފާޅުކޮށް، ފުޓްބޯޅައިގެ ރަސްމީ އިދާރާތަކުން އިޒްރޭލަށް ފިޔަވަޅު ނާޅާތީވެ، އެކަމާ ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅުކުރުމުގެ ގޮތުންނެވެ. 

އަޔަލެންޑް އެފްއޭ އިން ވަނީ ކުޅުންތެރިންގެ އެދުމާ އެއްގޮތަށް، އިޒްރޭލާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ސަލާމްކުރުމާއި ޕެނަންޓް އެކްސްޗޭންޖް ވެސް ކުރިއަށް ނުގެންގޮސްފަ އެވެ އަދި، ރޭގެ މެޗުގައި، އަޔަލެންޑް ކުޅުންތެރިން ހާއްސަ ކަޅު ބޭންޑެއް ބޭނުންކުރި އެވެ. އެއީ، އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ ފަލަސްތީނުގެ މީހުންގެ ހައްގުގައި މެސެޖެއް ލިޔެފައިވާ ކަޅު ބޭންޑެކެވެ. މެޗުގައި ލަނޑު ޖެހުމަށް ފަހު އަޔަލެންޑް ކުޅުންތެރިން ވަނީ އެ ބޭންޑް އަތުން ނަގައި އެ އަށް ބޮސްދީފަ އެވެ. 

އިޒްރޭލާ ދެކޮޅަށް ރޭ އަޔަލެންޑުން ކުޅުނު މެޗުގެ ތެރެއިން، ލަނޑު ޖެހުމަށް ފަހު މޮއިލަންޑް ކަޅު ބޭންޑަށް ބޮސްދެނީ
އިޒްރޭލާ ދެކޮޅަށް ރޭ އަޔަލެންޑުން ކުޅުނު މެޗުގެ ތެރެއިން، ލަނޑު ޖެހުމަށް ފަހު މޮއިލަންޑް ކަޅު ބޭންޑަށް ބޮސްދެނީ

"އަހަރެމެންގެ ކުޅުންތެރިންނަށް ވަރަށް އުނދަގޫ ދުވަސްތަކެއް އެކި ގޮތްގޮތުން މިދިޔައީ، އުންމީދަކީ ދެން އޮތް މެޗު އެހާ އުނދަގޫނުވުން. އަހަރެމެން މި މެޗުގަައި މި ކުރި ހުރިހާ ކަމަކީ ދުނިޔެ ކުރިމަތީގައި ފަލަސްތީނުގެ ހަނދާން އާ ކޮށްދީ، އެންމެންގެ ސަމާލުކަމާއި އެހީ އެ މީހުންނަށް ބޭނުންވާ ކަމުގެ އިހުސާސް އެންމެންގެ ހިތަށް ގެނުވައި، ހޭލުންތެރި ކުރުވަން ކުރި ކަންކަން،" ރޭގެ މެޗަށް ފަހު، އަޔަލެންޑްގެ ކޯޗު، ހެއިމިރް ހޯލްގްރިމްސަން ބުންޏެވެ. 

އަޔަލެންޑަކީ ފަލަސްތީނުގެ ސަޕޯޓަރުން ނިސްބަތުން ވަރަށް ގިނަ ގައުމެކެވެ. އަދި، ފަލަސްތީނުގެ ހައްގުތައް ދިފާއުކުރުމަށް ގިނަ ކެމްޕެއިންތަކެއް ހިންގާ އަޔަލެންޑުގައި އިޒްރޭލުން މެޗު ކުޅުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫން ކަމަށް ވެސް އިޒްރޭލުގެ ބައެއް ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. 

ނޭޝަންސް ލީގުގައި އިޒްރޭލާއި އަޔަލެންޑް ދެ ފަހަރެއްގެ މަތިން ކުޅެން އެބައޮތެވެ. ރޭ އަޔަލެންޑުން މޮޅުވީ އިޒްރޭލުގެ ހޯމް މެޗުގެ ގޮތުގައި ހަންގޭރީގައި ކުޅުނު މެޗުންނެވެ. އަނެއް މެޗު ކުޅޭނީ އަންނަ މަހު ހަތަރު ވަނަ ދުވަހު، އަޔަލެންޑްގެ ޑަބްލިންގަ އެވެ. އެ މެޗަށް ސެކިއުރިޓީ ވަރުގަދަ ކުރަން އަޔަލެންޑް އެފްއޭ އިން ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox