މުއިއްޒުގެ ނަން ގެނައުމުން ސަޕޯޓަރުން އަތްޖަހަނީ ނޯތު ކޮރެއާގައި އަތްޖަހާ ގޮތަށް ކަމަށް ފަލާހު ވިދާޅުވެއްޖެ

ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ފަލާހު: މުއިއްޒުގެ ސަޕޯޓަރުން އަތް ޖަހަނީ ނޯތު ކޮރެއާގައި އަތްޖަހާ ގޮތަށް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: އަދަދު

ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ފަލާހު: މުއިއްޒުގެ ސަޕޯޓަރުން އަތް ޖަހަނީ ނޯތު ކޮރެއާގައި އަތްޖަހާ ގޮތަށް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ނަން ގެނައުމުން އެމަނިކުފާނުގެ ސަޕޯޓަރުން އަތް ޖަހަނީ ނޯތު ކޮރެއާގައި އަތްޖަހާ ގޮތަށް ކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެ އެވެ. 

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ފަލާހު ވިދާޅުވީ މުއިއްޒުގެ ނަން ގެނައުމުން އަތްޖަހާ ގޮތުން އެމަނިކުފާނު ދެކެ ލޯބިވާކަން އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދެއްކެވުމުން ސަޕޯޓަރުން އަތްޖަހާ ގޮތާއި މުއިއްޒުގެ ނަން ގެނައުމުން ސަޕޯޓަރުން އަތްޖަހާގޮތް ވަރަށް ތަފާތު ކަމަށެވެ. 

"ތި ޖައްސަވަނީ ހަގީގީ އަތްތިލަބަޑި. ތި އަތްތިލަބަޑި ޖައްސަވާ ގޮތުންވެސް އެބަ އެނގޭ ތި ބޭފުޅުން އަޅުގަނޑުމެންގެ ރައީސްދެކެ ވަރަށް ލޯބިފުޅުވާކަން. އެއީ ޔާމީނުގެ ވާހަކަ ދެއްކީމަ އަތްޖަހާ ގޮތާއި، އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ގެނައީމަ އަތްޖައްސަވާގޮތް ވަރަށް ތަފާތު،" ފަލާހު ވިދާޅުވި އެވެ. 

Advertisement

"އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ނަން އަޅުގަނޑު ގެނައީމަ ތިބޭފުޅުން އަތްޖައްސަވާއިރު ވަރަށް ލޯބިން އެއްކަލަ ކޮންމެވެސް އުތުރު ކޮރެއާއެއްތޯ ކޮންމެވެސް ކޮރެއާއެއްގައި ޖަހާނެ އެގޮތަށް. ވަރަށް ރީތި އެނގޭތޯ އެ ގޮތް."

ފަލާހު ވިދާޅުވީ ޔާމީނުގެ ސަޕޯޓަރުން އަތްޖަހާގޮތުން އެމަނިކުފާނު ދެކެ ރައްޔިތުން ނުރުހޭކަން ސާފުވާ ކަމަށާއި އަތްޖަހާގޮތް ވަރަށް ގޯސްކަން ފާހަގަކުރެވޭ ކަމަށެވެ. 

ނޯތު ކޮރެއާގެ ރައްޔިތުން އަތްޖައްސަވާގޮތް ވަރަށް ރީތިކަމަށް ފަލާހު ވިދާޅުވިއިރު، އެ ގައުމަކީ ކޮމިއުނިސްޓް ގައުމެކެވެ. މުޅި ދުނިޔޭގައިވެސް އޮތް އެންމެ ހުދުމުހުތާރު ތިން ގައުމު ތެރޭގައި ނޯތު ކޮރެއާ ހިމެނެ އެވެ. 

މީގެއިތުރުން ފަލާހު ވިދާޅުވީ ޕީއެންސީގެ ސަޕޯޓަރުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިނިތުންވުން ކަމަށެވެ. އޭގެތެރޭގައި ލީޑާޝިޕްގެ ބޭފުޅުންނާއި އާންމު މެންބަރުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox