ޔުގެންޑާގެ މަޝްހޫރު ނޫސްވެރިޔަކު ރަސްކަމުގެ ތަހުތަށް

Sep 29, 2026, 10:28 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ޔުގެންޑާގެ ތޫރޯ ރަސްކަމުގެ ތަޚުތަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ޕްރިންސް އެޑްވަޑް ރުކީޑީ ކިޖަނަންގޯމާ ނިއަބޮންގޯ ދެވަނައަކީ އެ ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަރިތަ މޫނެކެވެ.

ޔުގެންޑާގެ ގިނަ ބަޔަކަށް އޭނާ ކުރިން އެނގިފައިވަނީ ތަޚުތުގެ ވާރިސެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ މަޝްހޫރުވެފައިވަނީ އެ ގައުމުގެ ދައުލަތުގެ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ނިއުސް އެންކަރެއް އަދި އެޑިޓަރެއްގެ ގޮތުގަ އެވެ.

ނަމަވެސް، އުމުރުން 56 އަހަރުގެ ކިޖަނަންގޯމާ މިހާރު ވެފައިވަނީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ފަރާތަށެވެ. އޭނާ ތޫރޯގެ ރަސްކަމަށް ވަޑައިގަތުމަށް ނިންމި ނިންމުމާއެކު ބޮޑެތި ބަހުސްތަކެއް އުފެދި، ޔުގެންޑާގެ ބޭރުގައި ވެސް މިކަމަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.

ތޫރޯއަކީ ޔުގެންޑާގައި ރަސްމީކޮށް ބަލައިގަންނަ ތާރީޚީ ހަތަރު ރަސްކަމުގެ ތެރެއިން އެއް ރަސްކަމެވެ. ވޭތުވެދިޔަ 31 އަހަރު އެ ރަސްކަމުގެ އިސްވެރިއަކަށް ހުންނެވީ ކިންގް އޯޔޯ ނިއިމްބާ ކަބަމްބާ އިގުރު ރުކީޑީ އެވެ. އޭނާ ތަޚުތަށް އިސްވެވަޑައިގަތީ ތުއްޕުޅުއިރު ކަމަށްވާތީ، އޭނާ މަޝްހޫރުވެފައިވަނީ "ކުޑަކުދިންގެ ރަސްގެފާނު" ގެ ނަމުންނެވެ.

ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން، 1995 ވަނަ އަހަރު އޯޔޯ ރަސްކަމަށް އިސްވެވަޑައިގަތީ އުމުރުން އެންމެ ތިން އަހަރުގަ އެވެ. އެ ދުވަސްވަރު ދުނިޔޭގައި ހުންނެވި އެންމެ ހަގު ރަސްގެފާނުގެ ގޮތުގައި ފާހަގަކުރެވުނު އޯޔޯ، މިދިޔަ މަހު ކެންސަރު ބަލީގައި އަވަހާރަވިއިރު އުމުރަކީ 34 އަހަރެވެ.

ރަސްކަމަށް އިސްކުރުމުގެ ރަސްމިއްޔާތަކީ މެންދަމުން ފެށިގެން ސަގާފީ ހަރަކާތްތަކާއެކު ކުރިއަށްދާ ވަރަށް ކުލަގަދަ އުފާފާޅުކުރުމެކެވެ. އާ ރަސްގެފާނު ރަސްމީކޮށް ތަޚުތަށް އިސްވުމަށްޓަކައި، ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު (2.5 މޭލު) އަށް ހިނގާފައި ރަސްމީ ކަރޫޒީކާ ގަނޑުވަރަށް ވަޑައިގަންނަވަން ޖެހެ އެވެ.

ނަމަވެސް، ކިޖަނަންގޯމާ ރަސްކަމަށް ހޮވުމުގެ މަރުހަލާ ދިޔައީ އެހާ އޮމާންކޮށެއް ނޫނެވެ.

ސަގާފީ އުސޫލުތައް ބުނާގޮތުން، އަވަހާރަވި ރަސްގެފާނުގެ މަގާމަށް ވަޑައިގަންނަވަން ޖެހޭނީ އެ ރަސްގެފާނުގެ ފިރިހެން ދަރިކަލެކެވެ. ޝާހީ އާއިލާގެ ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި، އަވަހާރަވި ރަސްގެފާނު އޯޔޯ ވަނީ އޭނާގެ ތުއްޕުޅު ފިރިހެން ދަރިކަލަކު ތަޚުތަށް އިސްކުރުމަށް ވަސިއްޔަތް ކުރައްވާފަ އެވެ.

އެހެންނަމަވެސް، އެމެރިކާގެ ޓެކްސަސްގައި އުޅުއްވާ އެ ދަރިކަލަކީ ކޮބައިކަން މިހާތަނަށް އާންމުކޮށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ރަސްގެފާނު ހޮވުމުގެ ޒިންމާ އޮންނަ ބަބީޓޯ ދަރިކޮޅުގެ 21 މެންބަރުންގެ ކޮމިޓީން ވެސް އެ ދަރިކަލަކު ބަލައިގެންފައެއް ނުވެ އެވެ. އެ ކޮމިޓީން އެންމެ ފަހުން ނިންމީ ކިޖަނަންގޯމާ ރަސްކަމަށް އިސްކުރުމަށެވެ.

އެހެންނަމަވެސް، އޯޔޯގެ މަންމާފުޅު ކުއީން ބެސްޓް ކެމިގީސާ ވަކާލާތު ކުރައްވަނީ އަވަހާރަވި ރަސްގެފާނުގެ ވަސިއްޔަތަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.

ރަސްކަމުގެ ވާރިސުން ކަނޑައަޅާ ކޮމިޓީން ވަނީ އޭނާގެ އެދުމަށް ފުރަގަސްދީފަ އެވެ. އެ ކޮމިޓީން ބުނާ ގޮތުގައި ރަސްގެފާނު ހޮވުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ތޫރޯގެ އާދަކާދަތަކާއި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox