ދުނިޔޭގެ އެންމެ ހަގު ރަސްގެފާނު އުމުރުފުޅުން 34 އަހަރުގައި އަވަހާރަވެއްޖެ

Aug 29, 2026, 11:18 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ދުނިޔޭގެ އެންމެ ހަގު ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ޔުގެންޑާގެ ރަސްކަލަކު އުމުރުފުޅުން 34 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އިއުލާން ކުރައްވައިފި އެވެ.

ޔުގެންޑާގެ ހުޅަނގުގައި އޮންނަ ޓޫރޯ ސަރަހައްދުގެ ރަސްކަމުގެ ތަހުތަށް އޮޔޯ ނިއިމްބާ ކަބަމްބާ އިގުރު ރުކިޑީ ހަތަރު ވަނަ އިސްވެވަޑައިގަތީ 1995 ވަނަ އަހަރު އޭނާގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން، އުމުރުފުޅުން އެންމެ ތިން އަހަރުގަ އެވެ.

ރަސްގެފާނު އޮޔޯ އަވަހާރަވި ސަބަބެއް ޓޫރޯ ރަސްކަމުގެ ފަރާތުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެމަނިކުފާނު ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެމެރިކާއިން ފަރުވާ ހޯއްދަވަމުން ގެންދެވި ކަމަށް ޔުގެންޑާ ސަރުކާރުގެ ވަޒީރަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

Advertisement

ޔުގެންޑާއަކީ އިންތިހާބުކޮށްފައިވާ ރައީސަކާއި ޕާލަމެންޓަކުން ހިންގާ ގައުމަކަށް ވީނަމަވެސް، ސިޔާސީ ބާރުތަކެއް ނެތް، އެކަމަކު ސަގާފީ ގޮތުން ބޮޑު ނުފޫޒެއް އޮންނަ ބައެއް ރަސްކަންތައް އެ ގައުމުގައި ދެމިއޮވެ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން ދުނިޔޭގެ އެންމެ ހަގު ރަސްގެފާނުގެ ގޮތުގައި ކަނޑައަޅާފައިވާ އޮޔޯ ވަނީ ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ މައްޗަށް ރަސްކަން ކުރައްވާފަ އެވެ. އެއީ 19 ވަނަ ގަރުނުގެ ކުރީކޮޅު އުފެދުނު އެ ރަސްކަމުގެ 13 ވަނަ ރަސްކަލެވެ.

އޮޔޯ އަވަހާރަވިކަން އިއުލާން ކުރައްވަމުން ޓޫރޯގެ ބޮޑުވަޒީރު ކެލްވިން އާމްސްޓްރޯންގް ރްވޮމީރޭ އަކީކީ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު އަވަހާރަވުމަކީ ރަސްކަމުގެ އާއިލާއަށާއި ޓޫރޯގެ ރައްޔިތުންނަށް ލިބުނު "އަގުނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް" ކަމަށެވެ.

ޓޫރޯގެ ރަސްކަމަކީ އާއިލީ ތަރުތީބުން ވާރުތަވާ އުސޫލުން ރަސްކަލަކު ކަނޑައަޅާ ނިޒާމެކެވެ.

އޮޔޯ ރަސްމީކޮށް ކައިވެންޏެއް ބައްލަވައިގެންފައި ނުވި ނަމަވެސް، ރަސްކަމުގެ ސިލްސިލާ މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު އަކީކީ ވަނީ ދެއްވާފަ އެވެ.

އޮޔޯ 1995 ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގަތްއިރު، އުމުރުން 18 އަހަރު ފުރި ރަސްމީކޮށް ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތު ބޭއްވުމާ ހަމައަށް ރަސްކަން ހިންގުމަށްޓަކައި ރާނީ (މަންމާފުޅު) ހިމެނޭ ގޮތަށް ވަގުތީ ކައުންސިލެއް އެކުލަވާލާފައިވެ އެވެ.

ޒުވާން ރަސްގެފާނަކީ ރައްޔިތުންގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. "ޑެއިލީ މޮނިޓާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމަނިކުފާނު ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ތައުލީމާއި، މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން އެޗްއައިވީ/އެއިޑްސްއަށް ހޭލުންތެރިކަން އިތުރުކުރުން ފަދަ ކަންކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox