ދެކުނު އެފްރިކާގައި މަރާލާފައި އޮތް 10 ވަނަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

Sep 27, 2026, 10:05 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ދެކުނު އެފްރިކާގެ ޖޯހަނަސްބާގްގެ އިރުމަތީގައި އޮންނަ އެކުރުލޭނީން އިތުރު އަންހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ. މިއާއެކު ފާއިތުވި މަދު މަސްތަކުގެ ތެރޭގައި އެ ސަރަހައްދުން މަރާލާފައި އޮއްވާ ފެނުނު އަންހެނުންގެ އަދަދު މިވަނީ 10 އަށް އަރާފަ އެވެ.

މި ހަށިގަނޑު ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ އަންހެން މީހާ ދެނެގަނެފައިވަނީ، އޭގެ ކުރީ ރޭ އޭނާއާއެކު ބާއެއްގައި ވަގުތު ހޭދަކުރި އޭނާގެ ރަހުމަތްތެރިއެކެވެ.

އެ ސަރަހައްދުގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެކުރުލޭނީން ފެނުނު 10 މީހުންގެ މަރާއި ސޮވެޓޯއިން ފެނުނު މަރަކާ ދެމެދު އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން، މިއީ ސިލްސިލާކޮށް މީހުން މަރާ "ސީރިއަލް ކިލާ" އެއްގެ އަމަލަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

މި މަރުތަކާ ގުޅިގެން މުޅި ދެކުނު އެފްރިކާގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފަ އެވެ. އެ ގައުމަކީ ދުނިޔޭގައި ޖިންސީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާކޮށް އަންހެނުންނަށް ކުރާ އަނިޔާ އެންމެ ގިނަ އެއް ގައުމެވެ.

އެންމެ ފަހުން ފެނުނު ހަށިގަނޑު ފެނިފައިވަނީ ޖޯހަނަސްބާގްގެ މެދުތެރޭގެ އިރުއުތުރުގައި އޮންނަ ޓެމްބީސާ އަވަށުގެ ގަބުރުސްތާނަކުންނެވެ.

މަރުވި އަންހެން މީހާގެ ރަހުމަތްތެރިޔާ އެ ގައުމުގެ ގައުމީ ބްރޯޑްކާސްޓަރު އެސް.އޭ.ބީ.ސީ އަށް މައުލޫމާތު ދެމުން ބުނީ، ފުލުހުން ދެއްކި ފޮޓޯއިން އޭނާގެ ރަހުމަތްތެރިޔާ ދެނެގަނެވުނީ އޭގެ ކުރީ ރޭ އޭނާ ލައިގެން ހުރި ހެދުމުން ކަމަށެވެ.

ދެކުނު އެފްރިކާއަކީ މީހުން މެރުމުގެ މައްސަލަތައް އިންތިހާއަށް ގިނަ ގައުމެކެވެ. އެގޮތުން މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެކަނިވެސް އެ ގައުމުގައި 5،427 މީހުން މަރާލާފައިވެ އެވެ.

ނަމަވެސް، ޖޯހަނަސްބާގް ސަރަހައްދުގައި ފަހަކަށް އައިސް ހިންގަމުންދާ މި މަރުތަކުގެ ނުރައްކާތެރިކަމުގެ ސަބަބުން އެ ސަރަހައްދުގެ އަންހެނުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ.

ޖުލައި މަހުން ފެށިގެން މިހާތަނަށް ފެނުނު 10 ހަށިގަނޑުވެސް ފެނިފައިވަނީ ދާދި އެއްގޮތް ހާލަތްތަކެއްގަ އެވެ. މީގެ ތެރެއިން ގިނަ ހަށިގަނޑުތައް ފެނިފައިވަނީ ޓެމްބީސާ ކައިރީގައި އޮންނަ ކެމްޕްޓަން ޕާކް ސަރަހައްދުންނެވެ.

މަރާލާފައިވާ މީހުންގެ ތެރޭގައި ގިނައީ ޒުވާން އަންހެނުންނެވެ. އަދި މަރުވި ހުރިހާ އެންމެންނަކީ ވެސް މަރުވުމުގެ ކުރިން ރަހުމްކުޑަ އަނިޔާތަކެއް ތަހައްމަލުކޮށްފައިވާ ބައެއްކަން ފާހަގަކުރެވެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކަކީ ގައުމީ ފެންވަރުގެ ބޮޑު ކާރިސާއެއްގެ ގޮތުގައި އެ ގައުމުގެ ވަޒީރުން ކަނޑައެޅިތާ އަހަރެއްވެސް ނުވަނީސް ހިނގަމުންދާ މި މަރުތަކާ ގުޅިގެން، ސަރުކާރަށް ކުރިމަތިވަމުންދާ ފިއްތުންތައް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިޒްރޭލްގެ ވަޒީރުންނާ ދެކޮޅަށް އިޓަލީން ތަހުގީގެއް

ގައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިޒްރޭލުގެ ދިފާއީ ވަޒީރާއި އަސްކަރިއްޔާގެ އިސް ވެރިންނާ ދެކޮޅަށް އިޓަލީން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ހިންގަނީ އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، ރަހީނުކުރުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުން ފަދަ ސީރިއަސް މައްސަލަތަކެއް ބެލުމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކަރިއާ، މަގާމާ ހަވާލުވިތާ ފަސް ދުވަސް ނުވަނީސް އިސްތިއުފާ ދެއްވީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި ފާޑުކިއުންތަކާ ގުޅިގެންނެވެ. އޭނާގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލަކު މިހާ އަވަހަށް މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

Newsletter

Get the latest news delivered straight to your inbox