ރާއްޖޭގައި އަލަށް ބާއްވާ "ދިވެހި އިންޝިއުރެންސް މެރިން ޓެކް ޓްރެއިނިންގް" ޕްރޮގްރާމް އުކުޅަހުގައި ފަށައިފި

Sep 26, 2026, 11:22 PM
މެރިން ޓެކްނޮލޮޖީގެ ދާއިރާއިން ތަމްރީނު ފުރުސަތުތައް ހޯދައިދިނުން

މެރިން ޓެކްނޮލޮޖީގެ ދާއިރާއިން ތަމްރީނު ފުރުސަތުތައް ހޯދައިދިނުން

ކަނޑުދަތުރުފަތުރުގެ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީ އާއި ތަމްރީނުތަކަށް ހާއްސަކޮށްގެން ރާއްޖޭގައި އަލަށް ބާއްވާ، "މެރިން ޓެކް ޓްރެއިނިންގް" ޕްރޮގްރާމް މިއަދު އއ. އުކުޅަހުގައި ފަށައިފި އެވެ. 

މި ކޮންފަރެންސަކީ އުޅަނދުފަހަރުގެ ވެރިންނާއި، ދާއިރާގެ ފަންނީ މާހިރުންނާއި، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ދާއިރާގެ މަޝްހޫރު ބްރޭންޑްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.

ކެޕްޓަން އަންވަރު އިސްނަންގައިގެން، އޯޝަންއެކްސް މެރިން، މެރިންވައިބް އަދި އުކުޅަސް ކައުންސިލް ގުޅިގެން އިންތިޒާމުކުރާ މި ތިން ދުވަހުގެ ހަރަކާތުގައި، އަމަލީ ތަމްރީނުތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަލަށް ތައާރަފުވެފައިވާ އެންމެ ފަހުގެ ޓެކްނޮލޮ ޖީއާއި އާލާތްތަކުގެ ލައިވް ޑެމޮންސްޓްރޭޝަންތައް ކުރިއަށްދާނެ އެވެ.

Advertisement

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކަނޑުމަތީގެ މަސައްކަތްތަކަކީ ރައްކާތެރި، ޒަމާނީ އަދި ހަރުދަނާ މަސައްކަތްތަކަކަށް ހެދުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމެވެ. އެގޮތުން އެކޯ ސައުންޑާ، ބާޑް ރާޑަރު، ބޭރު އިންޖީނު، ނެވިގޭޝަން ސިސްޓަމްތައް އަދި ކަނޑުދަތުރުފަތުރާ ގުޅުންހުރި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ލިބިގެންދާނެ އެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދަވަނީ ސިމްރަޑްގެ ސީނިއާ ޕްރޮޑަކްޓް މެނޭޖަރު އެޑަމް ކިންގްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ސިމްރަޑްގެ ލައިސަންސްޑް ޓެކްނީޝަނެއް ކަމަށްވާ ކެޕްޓަން އަންވަރެވެ.

މި އިވެންޓުގައި އުޅަނދުފަހަރުގެ ވެރިންނާއި އޮޕަރޭޓަރުންގެ އިތުރުން، ވިޔަފާރި އުސޫލުން މަސްވެރިކަން ކުރާ ފަރާތްތަކާއި، ޗާޓަރ އަދި ޑައިވް އޮޕަރޭޓަރުންނާއި، މެރިން ސާމާނު ވިއްކާ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. މިއީ ދޯނިފަހަރާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ފަހުގެ ޚަބަރު

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox