އިނގިރޭސި ކުރީގެ ކެޕްޓަން ކެވިން ކީގަން މަރުވެއްޖެ

Jul 21, 2026, 8:46 AM
އިނގިރޭސި ފުޓްބޯޅަ ތަރި އަދި މަޝްހޫރު ކޯޗު ކެވިން ކީގަން

އިނގިރޭސި ފުޓްބޯޅަ ތަރި އަދި މަޝްހޫރު ކޯޗު ކެވިން ކީގަން

ލަންޑަން (ޖުލައި 21) - އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، ކެވިން ކީގަން، އުމުރުން 75 އަހަރުގައި މަރުވެއްޖެ އެވެ. 

ކީގަން މަރުވެފައިވަނީ، އޭނާއާ ކެންސަރު ޖެހިފައިވާކަން އާންމުކުރިތާ ހަތް ހަފްތާ ފަހުންނެވެ. އެ ގޮތުން، ކީގަންގެ އާއިލާ އިން މީގެ ކުރިން މީޑިއާ އަށް އޭނާގެ ބަލި ހާލަތާ ގުޅޭގޮތުން، މައުލޫމާތު ހިއްސާކުރިއިރު، އޭނާ ހުރީ ކެންސަރު ބަލީގެ ސްޓޭޖް ހަތަރެއްގަ އެވެ. 

ކުޅުމުގެ ކެރިއަރަށް ބަލާއިރު، ކީގަން ވަނީ، ސްކަންތޯޕު ޔުނައިޓެޑާއި، ލިވަޕޫލް. ހެމްބާގް، ސައުތެމްޓަން އަދި ނިއުކާސަލް ޔުނައިޓެޑަށް ކުޅެފަ އެވެ. ކުޅުމުގެ ކެރިއަރު ނިންމާލުމަށް ފަހު، ކޯޗިން ކެރިއަރެއް ވެސް ބިނާކުރި ކީގަން ވަނީ، ނިއުކާސަލް ޔުނައިޓެޑާއި ފުލަމް އަދި މެންޗެސްޓާ ސިޓީގެ އިތުރުން، އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. 

ކީގަންގެ އާއިލާ މެމްބަރުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކީގަން އަށް މިިދިޔަ ޖެނުއަރީ މަސް ތެރޭ ވެސް ވަނީ ބަލިހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދޭން ޖެހިފަ އެވެ. 

އިނގިރޭސި ފުޓްބޯޅަ ތަރި އަދި މަޝްހޫރު ކޯޗު ކެވިން ކީގަން
އިނގިރޭސި ފުޓްބޯޅަ ތަރި އަދި މަޝްހޫރު ކޯޗު ކެވިން ކީގަން

ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ޖެހިޖެހިގެން ދެ ފަހަރު ކީގަން އަށް ވަނީ ލިބިފަ އެވެ. އެއީ، ޖަރުމަނުގެ ހެމްބާގަށް ކުޅެމުން އެ ޓީމާ އެކު، 1978 އާއި 1979 ވަނަ އަހަރު ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދިއިރު އެވެ. ލިވަޕޫލްގައި ހޭދަކުރި ހަ އަހަރު ތެރޭ ކީގަން ވަނީ، އެ ޓީމަށް ތިން ލީގު ތަށްޓާއި ޗެމްޕިއަންސް ލީގާއި ދެ ޔުއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގު) އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. 

އިންގްލެންޑްގެ ގައުމީ ޓީމަށް ކީގަން ވަނީ 63 މެޗު ކުޅެދީފަ އެވެ. އެއީ، 1972 އިން 1982 އަށެވެ. އެ މުއްދަތުގެ ތެރޭގައި އެ ޓީމަށް 21 ގޯލު ޖަހައިދީފައިވެ އެވެ. ކުޅުމުގެ ކެރިއަރު ހުއްޓާލުމަށް ފަހު، ކީގަން ވަނީ 1999 ގެ ފެބްރުއަރީން ފެށިގެން 2000 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އިންގްލެންޑަށް ކޯޗުކޮށްދީފަ އެވެ. 

އިންގްލެންޑުން އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ޔުއެފާ ނޭޝަންސް ލީގުގައި، މި ފަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ކީގަންގެ ހަނދާން އާ ކުރުމުގެ ގޮތުން ކަންތައްތަކެއް ކުރުމަށް ވަނީ ރާވައިފަ އެވެ. އަދި، މި ކަމުގައި، ކީގަންގެ އާއިލާ މެމްބަރުން ބައިވެރިވުމަށް ފުރުސަތު ދޭން ވެސް އިންގްލެންޑްގެ އެފްއޭ އިން ވަނީ ރާވައިފަ އެެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox