މީޑިއާ އިން އުޅެނީ އިންގްލެންޑް ޓީމު ތެރޭގައި ފިތުނަ އުފައްދަން ކަމަށް ކޭން ބުނެފި

Jul 15, 2026, 9:09 AM
ނޯވޭއާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗަށް ފަހު، އިންގްލެންޑްގެ ކެޕްޓަން، ކޭން.

ނޯވޭއާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗަށް ފަހު، އިންގްލެންޑްގެ ކެޕްޓަން، ކޭން.

އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 15) - ބައެއް މީޑިއާތަކުން މަސައްކަތް ކުރަނީ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ތެރޭގައި ފިތުނަ އުފައްދަން ކަމަށް އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ހެރީ ކޭން ބުނެފި އެވެ. 

ކޭން މިހެން ބުނެފައިވަނީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑުން 2-1 އިން ނޯވޭ އަތުން މޮޅުވި މެޗަށް ފަހު، މީޑިއާއެއް ކަމަށްވާ އައިޓީވީން ސުވާލުތައް އަމާޒުކުރި ގޮތުންނެވެ. އެ ގޮތުން، އައިޓީވީން ގަސްދުގައި، އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް އާއި އެ ޓީމުގެ ތަރި، ޖޫޑް ބެލިންހަމް، އެކަކު އަނެކަކަށް ރައްދު ދޭ ގޮތަށް ސުވާލު ކޮށްފައިވާ ކަމަށް ވަނީ ތުހުމަތު އަމާޒުވެފަ އެވެ. 

ނޯވޭ މެޗަށް ފަހު، އައިޓީވީގެ ރިޕޯޓަރު، ގަބްރިއެލް ކްލާކް ވަނީ، އިންގްލެންޑްގެ ކޯޗު ޓުޗެލް ގާތުގައި މެޗާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ. ޓުޗެލް ވަނީ، ނޯވޭ އަތުން އިންގްލެންޑް މޮޅުވީ ނަސީބުގެ އެހީއާ އެކުގައި ކަމަށް ބުނެފަ އެވެ. އެ ސުވާލު އައިޓީވީން ބެލިންހަމް ގާތުގައި އެހި ގޮތުން، އޭނާ ބުނެފައިވަނީ، ކޯޗު ކޮންމެ ގޮތަަކަށް ޝުއޫރުފާޅުކުރި ނަމަވެސް ޓީމުގެ ކުޅުންތެރިން ކުރީ ބުރަ މަސައްކަތެއް ކަމަށާއި ޓުޗެލް ދެއްކީ ފަހަރުގައި ރަނގަޅު ވާހަކަ ކަމުގައި ވިޔަސް، ނޯވޭގައި ތިބި އާލިން ހާލަންޑާއި މާޓިން އޮޑެގާޓް އަދި އަލެކްސަންޑަ ސޯލޯތު ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން އުނދަގޫކަން ޓުޗެލް އަށް ނޭނގެނީ ކަމަށެވެ. 

ކޭން ބުނީ، މައްސަލަ އުފެދޭ ގޮތަށް އައިޓީވީން މި ސުވާލުތައް ކުރި ގޮތް ކަމުނުދާ ކަމަށެވެ. 

"އެ ވަރުގެ މެޗެއް ކުޅެފައި ނިންމާފައި އަންނަ ވަގުތު، ފަހު ކަށިގަނޑަށް ފަހު ފަސް މިނިޓް ހިނގިތަނާހެން. މީޑިއާ އިން އެ ގޮތަށް ސުވާލުކުރީމަ، ބެލިންހަމް އަށް ކޯޗު ބުނި އެއްޗެއް ސީދާ ނުވިސްނި، ޖަވާބުދޭން މި ޖެހެނީ، އަހަރެން ބުނާނީ، މިހެން ބައިބައިވުމާއި ފިތުނަ އުފައްދަން އެއީ ފަސޭހަ ކަމެއް،" ކޭން ބުންޏެވެ. 

"މި ފެންނަނީ އިނގިރޭސިންގެ ވިސްނުން، މެންޓަލިޓީ. ބޮޑެތި މުބާރާތްތަކުގައި އަބަަދުވެސް މި ކަހަލަ ކަމެއް ހިނގާނެ،" 

ކޭން ބުނީ، ބައެއް މީޑިއާތަކުން މި ކުރަން އުޅޭ ކަންތައްތަކާ، އިންގްލެންޑް ޓީމުގެ މާހައުލުން ފެންނަ މަންޒަރުތައް މުޅިން ތަފާތު ކަމަށެވެ. އަދި، އިންގްލެންޑުން މި ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރިއިރު، ޓީމުގެ ފަރާތުން ފެނުނު މައިގަނޑު ކަމަކީ، އެއްބައިވަންތަކަން ކަމުގައި ކޭން ވަނީ ފާހަގަކޮށްފަ އެވެ. 

އިންގްލެންޑްގެ ކޯޗު ޓުޗެލްގެ ކަންކަން ޓީމުގެ ކުޅުންތެރިންނަށް ކަމުދަނީ، ކަން އޮތްގޮތަށް ދިމާލަށް ބުނާތީ ކަމަށާއި އެ ޓީމުން ދަނޑުމަތީގައި ނަތީޖާ ނެރެން ފަސޭހަވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ. 

މިއީ، 2018 ވަނަ އަހަރުގެ ފަހުން، އިންގްލެންޑުން ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމުން ސެމީ ފައިނަލުގައި ކުޅޭނީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން، އާޖެންޓީނާއާ ދެކޮޅަށެެވެ. 

އިންގްލެންޑުން ވަނީ އެންމެ ފަހުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެއީ، 2005 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި، 3-2 އިންނާއި 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި 1-0 އިންނެވެ. އޭގެ ދެ އަހަރު ކުރިން، 2000 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި، 0-0 އިން އިންގްލެންޑާއި އާޖެންޓީނާ އެއްވަރުވިއިރު، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި، 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި އާޖެންޓީނާ ވަނީ 4-3 އިން އިންގްލެންޑް ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox