ތިން ވަނަ ހޮވާ މެޗަކީ އެއްވެސް ބައެއް ކުޅެން ބޭނުންވާ މެޗެއް ނޫން: ޓުޗެލް

Jul 16, 2026, 10:21 AM
ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި މެޗަށް ފަހު އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް.

ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި މެޗަށް ފަހު އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް.

އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 16) - ފީފާ ވޯލްޑް ަ ކަޕްގެ ތިން ވަނަ ހޮވާ މެޗަކީ އެއްވެސް ބައެއް ކުޅެން ބޭނުންވާ މެޗެއް ނޫން ކަމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި، ހޮނިހިރު ދުވަހު އިންގްލެންޑުން ކުޅޭނީ ފްރާންސާ އެވެ. ފްރާންސް އިން ސެމީ ފައިނަލުގައި 2-0 އިން ސްޕެއިން އަތުން ބަލިވިއިރު، އިންގްލެންޑުން ވަނީ ރޭ ކުޅުނު ސެމީ ފައިނަލުގައި ލީޑު ނެގުމަށް ފަހު، މެޗުގެ ފަހު ވަގުތުގައި ހެދުނު ގޯސްތަކަކުން، އާޖެންޓީނާ އަތުން 2-1 އިން ބަލިވެފަ އެވެ. 

އެންތަނީ ގޯޑަންގެ ގޯލުން އިންގްލެންޑުން ލީޑުނެގި މި މެޗުގައި، އޭގެ ފަހުން، އެ ޓީމަށް ބޯޅަ ހިފަހައްޓައިގެން ކުޅެވުނީ، 12 ޕަސެންޓެވެ. ޓުޗެލް ރޭގެ މެޗުގައި ގެނައި  ބަދަލުތަކުގައި ޑިފެންސަށް އިސްކަން ދީގެން ކަންކަން ކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެހެން ނަމަވެސް، ޓުޗެލް ބުނެފައިވަނީ، އޭނާ އަށް ރޭގެ މެޗުގައި ނިންމުނު ނިންމުންތަކާ މެދު މާޔޫސްނުވާ ކަމަށެެވެ. 

Advertisement

ހިތްދަތިކޮށް އިންގްލެންޑް ކަޓުވާލައި ތަށި ދިފާއުކުރަން އާޖެންޓީނާ ފައިނަލަށް

އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައި. މެޗުގެ ފަހުކޮޅު އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓީނޭޒް ޖެހި ލަނޑުތަކާއެކު އާޖެންޓީނާ މޮޅުވިއިރު، ފައިނަލުގައި އެޓީމު ބައްދަލުކުރާނީ ސްޕެއިނާ.

"(ފާޑުކިޔުމަކީ) އެއްވެސް މައްސަލައެއް ނޫން. އަހަންނަށް އެނގޭ މި ވާހަކަތައް ވަރަށް ގިނަ ގޮތްގޮތަށް ދައްކާނެކަން. އަދި މިލިއަނެއްހާ ކޯޗުން އުޅޭނެކަން މެޗަށް ފަހު ކަންކަން ވަރަށް ރަނގަޅަށް އެނގޭ،" ޓުޗެލް ބުންޏެވެ. 

ޓުޗެލް ބުނީ، ލީޑުނެގުމަށް ފަހު، އިންގްލެންޑުން ދެ ވަނަ ގޯލެއް ޖަހަން ބޭނުންނުވެގެން ޑިފެންސަށް ފައިބައިގެން ކުޅެން އުޅުނީ ނޫން ކަމަށެވެ. މައްސަލަ ދިމާވީ ގޯލު ޖެހިތަނާހެން، އާޖެންޓީނާގެ ގިނަ ހުރަސްތަކެއް ރަނގަޅުތަނަށް އަންނަން ފެށުމާ އެކު، ދެން އިންގްލެންޑްގެ ޑިފެންސް ތެރޭގައި އޮތް ގުޅުން ދަށްވެ، އަމިއްލަ އަށް ގޯސްތަކެއް ހެދެން ފެށުމުން ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ. އަދި، ބަދަލުތައް ގެނައީ އެކަންކަން ރަނގަޅުކުރުމަށް ކަމަށާއި އެހެން ނަމަވެސް، އިދިކޮޅަށް އޮތް ޓީމުން ދިޔައީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން ކަމަށްވާތީވެ، އިންގްލެންޑަށް ކުރިއަށް ނުދެވުނީ ކަމަށެވެ. 

"އަމިއްލަ އަތުން މުޅި މެޗުގެ ކޮންޓްރޯލް ދިޔަ ގޮތް ގޯހީ،" ޓުޗެލް ބުންޏެވެ. 

ރޭގެ މެޗުން މޮޅުވެގެން، 60 އަަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލުގައި ކުޅުމާ ގާތުގައި އޮވެފައި، އިންގްލެންޑަށް މިހާރު ޖެހިފައި މި އޮތީ، މީގެ އަށް އަހަރު ކުރިއެކޭ އެއްގޮތަށް، ސެމީ ފައިނަލުން ބަލިވެގެން، ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ކުޅޭށެވެ. އެ ގޮތުން، ރަޝިއާގައި 2018 ވަނަ އަަހަރު ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި އިންގްލެންޑުން ވަނީ ބެލްޖިއަމް އަތުން ބަލިވެފަ އެވެ. 

މި ފަހަރުގެ ތިން ވަނަ ހޮވާ މެޗުގައި، ފްރާންސާ ކުޅެން ޖެހޭއިރު، ޓުޗެލް ބުނީ، އެ މެޗުގައި ކުޅެން ހަގީގަތުގައި ދެ ޓީމުން ވެސް ބޭނުންނުވާނެ ކަމަށެވެ.

"އަަހަރެންގެ ވިސްނުމަކީ އެއީ، މި މެޗު (ތިން ވަނަ ހޮވާ މެޗު) ކުޅެން އެއްވެސް ޓީމެއް ބޭނުމެއް ނުވާނެ. އެއީ، އަސްލު މަގްސަދު ހާސިލްވުމުގެ ފުރުސަތެއް ނެތް މެޗަކަށްވާތީވެ،" ޓުޗެލް ބުންޏެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި އިންްގްލެންޑަށް ބޭނުންވާ މަގާމަށް ވާސިލްނުވެވުނު ކަމުގައި ވިޔަސް، ޓުޗެލް އަށް އިތުބާރު އޮތް ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox