ހިތްދަތިކޮށް އިންގްލެންޑް ކަޓުވާލައި ތަށި ދިފާއުކުރަން އާޖެންޓީނާ ފައިނަލަށް

Jul 16, 2026, 2:29 AM
އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެންޒޯ އުފާފާޅުކުރަނީ.

އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެންޒޯ އުފާފާޅުކުރަނީ.

އެޓްލަންޓާ. ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 16) -  ފަހަތުން އަރައި 2-1 އިން އިންގްލެންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން ޖެހިޖެހިގެން ދެ ވަަނަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ. 

އާދިއްތަ ދުވަހުގެރޭ ފައިނަލުގައި އާޖެންޓީނާ އިން ކުޅޭނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ. 

އާޖެންޓީނާ އިން މި މެޗަށް އެއް ބަދަލާ އެކު ފުރަތަމަ އެގާރަ ނެރުނުއިރު، އިންގްލެންޑުން ވަނީ ތިން ބަދަލެއް ފުރަތަމަ އެގާރަ އަށް ގެނެސްފަ އެވެ. ފުރަތަމަ ހާފުގައި 19 ފައުލު ފެނިގެންދިޔައިރު، ގޯލާ އަމާޒުކޮށް ފެނިގެންދިޔައީ އެންމެ ހަމަލާ އެކެވެ. 

Advertisement

ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އިންގްލެންޑުން 10 މިނިޓް ތެރޭ ލީޑުނެގި އެވެ. މިއީ، އިންގްލެންޑްގެ މޯގަން ރޮޖާސް ނެގި ހުރަހަކަށް އަރަައި އެންތަނީ ގޯޑަން ޖެހި ގޯލެކެވެ. 

ގޯލަށް ފަހު، އިންގްލެންޑުން ފަހަތަށް ޖެހިގެން ކުޅެން ފެށުމުން، އާޖެންޓީނާ އަށް ގިނަ ފުރުސަތުތަކެއް ތަނަވަސްވާން ފެށި އެވެ. 

އިންގްލެންޑްގެ ގޯޑަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އިންގްލެންޑްގެ ގޯޑަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އިންގްލެންޑުން މެޗުގައި ލީޑުނެގުމާ އެކު، އާޖެންޓީނާ އިން އެޓޭކަށް ގިނަ ކުޅުންތެރިންތަކެއް ފޮނުވައި، ގިނަ ހަމަލާތަކެއް ފޮނުވާލަން ފެށި އެވެ. އެ ގޮތުން، ބަދަލަކަށް ކުޅެން އަރައި، އާޖެންޓީނާގެ ރޮޑްރީގޯ ޑެ ޕޯލް ނެގި ހުރަަހަކުން އަލެކްސިސް މެކް އަލިސްޓާ ބޮލުން ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ ފަހުން، މެކް އަލިސްޓާ ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. 

ބަދަލަކަށް ކުޅެން އަރައި އާޖެންޓީނާގެ ނިކޯ ގޮންޒާލޭޒް ބޮލުން ފޮނުވާލި ބޯޅައެއް އިންގްލެންޑްގެ ކީޕަރު، ޖޯޑަން ޕިކްފޯޑް މަތަކުރި އެވެ. 

އާޖެންޓީނާ އިން އެއްވަރުކުރީ 85 ވަނަ މިނިޓްގައި ލިއޮނަލް މެސީ ދިން ބޯޅައަކުން އެންޒޯ ފެނާންޑޭޒް އޭރިއާބޭރުން ޖެހި ގޯލަކުންނެވެ. އެންްޒޯ، އެ ބޯޅަ ފޮނުވާލިއިރު، ކީޕަރު، ޕިކްފޯޑަށް އެ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

މެސީ ނަގައިދިން ހުރަހަކުން އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ލައުޓާރޯ މާޓީނޭޒް ބޮލުން ގޯލެއް ޖަހައި، އާޖެންޓީނާ މޮޅުކޮށްދިނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox