ތިން ވުޒާރާއެއްގައި ރޯވީ ކަރަންޓު ޝޯޓެއްވެގެން، ކަރަންޓު މައްސަލަ އުޅޭކަން ކުރިން ވެސް އެނގޭ: ފުލުހުން

Sep 24, 2026, 2:48 PM
ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވެފައި. -- ފޮޓޯ: އެމްޓީސީސީ

ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވެފައި. -- ފޮޓޯ: އެމްޓީސީސީ

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި ދެ އިމާރާތެއްގައި ޑިސެމްބަރު 12، 2024، ގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށާއި އެތަނުން އެއް އިމާރާތަކުގައި ކަރަންޓުގެ މައްސަލަ އުޅޭކަން ކުރިން ވެސް ސަރުކާރަށް އެނގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އަބްދުﷲ ރަޝީދު ވިދާޅުވީ އަލިފާން ރޯވީ ކަރަންޓު ޝޯޓެއްވެގެންކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. 

"ރިޕޯޓުގައި ބުނާ ގޮތުން ފާހަގަވަނީ، އަލިފާން ރޯވެފައި ވަނީ ކަރަންޓު ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ރޯވެފައިވާ ކަމަށް،" ރަޝީދު ވިދާޅުވި އެވެ. 

އެ ދެ އިމާރާތުގެ އަލިފާން ރޯވެފައި ހުރީ ސީލިންގުގެ އެކި ތަންތަނުގައި ކަމަށް ރަޝީދު ވިދާޅުވި އެވެ. އެހެންވެ އެ ހުރިހާ ތަނެއް ހޯދައި ނިއްވަން ސިފައިންގެ ފަޔާ ފައިޓަރުންނަށް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ. 

"ރޯވެފައިވާ ކަރަންޓު ނަރުތަކަކީ އިމާރާތުގެ ދަތި ދޭތެރެތަކުގައި، ސީލިންގުތަކުގައި، އެކި ޑަކްޓުތަކުގެ ތެރޭގައި ހުރި ނަރުތައް ކަމުން އެ އަލިފާންތައް ހޯދައި ނިއްވާލުމަށް ދަތިތަކެއް ހުރުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެން ގޮސް ހުޅުގަނޑު ހިފައިގެން ގޮސް ފެތުރިގެންކަން ފާހަގަކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝީދު ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓުގެ މައްސަލަ ކުރިން ވެސް އުޅޭކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

"އަލިފާން އެންމެ ފުރަތަމަ ރޯވެފައި ހުއްޓާ ފެނުނު ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި މި ހާދިސާ ހިނގުމުގެ ކުރިން ވެސް ކަރަންޓުގެ މައްސަލަ އުޅޭކަން ތަހުގީގަށް ވަނީ ފާހަގަ ކުރެވިފަ. އަދި ފުލުހުންނާއި ސިފައިން އަލިފާން ރޯވެފައި ހުރި ތަން ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރުވެސް އިމާރާތުގެ ބައެއް ތަންތަނުގައި ކަރަންޓު ހުރިކަން ވެސް ވަނީ ފާހަގަ ކުރެވިފަ،" ރަޝީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން ރަޝީދު ވިދާޅުވީ، އަލިފާން ރޯވީ ކަރަންޓު ޝޯޓެއްވެގެންކަން ސާބިތުވާ ހެކިތައް ތަހުގީގަށް ލިބިފައިވާ ކަމަށެވެ. 

"އަނދައިގެން ގޮސްފައިވާ އިމާރާތުގެ ތެރެއިން ނެގުނު ކަރަންޓު ނަރުތަކުގެ ފޮރެންސިކް ތަހުލީލުތައް ވަނީ ކުރެވިފަ. އެގޮތުން ތަހުލީލު ކުރެވުނު ނަރުތަކުގެ ތެރެއިން ކަރަންޓު ނަރުގައި ހޫނުވެގެން އުފެދޭ އާކު ފެންނަން ހުރުމާއި އޯވާ ހީޓުވުމުން އެއްނަރު އަނެއް ނަރާ އެއްވެފައި ހުރުމާއި ކަރަންޓު ނަރުތައް އޯވާހީޓުވެފައި ހުރުމުން ބައެއް ނަރުތައް ވިރި އަދި ކަރަންޓު ނަރުތައް ވިރިފައިވާ ހިސާބު ފުފި އެތަނުގައި ބަލްބު އުފެދިފައިވާކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ. 

"އަދި ތަހުލީލު ކުރެވުނު ނަރުތަކުގެ ތެރެއިން ދެ ކަރަންޓު ނަރެއް ޝޯޓުވެފައި ހުރިކަމުގެ ނިޝާންތައް ވެސް ވަނީ ފާހަގަ ކުރެވިފައި."

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox