ތިން މިނިސްޓްރީގައި ހުޅުގަނޑު ފަޅައިގެންދިޔައީ، ރޯވެފައި ހުރި ތަންތަން ހޯދަމުން ދަނިކޮށް: ފުލުހުން

ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވުން: އަލިފާން ރޯވީ ސީލިން ތެރޭގައި ހުރި ނަރުތަކެއްގައި ކަމަށް ފުލުހުން ބުނި -- ފޮޓޯ: އަދަދު

ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވުން: އަލިފާން ރޯވީ ސީލިން ތެރޭގައި ހުރި ނަރުތަކެއްގައި ކަމަށް ފުލުހުން ބުނި -- ފޮޓޯ: އަދަދު

ތިން މިނިސްޓްރީގައި ރޯވި ހުޅުގަނޑު ފަޅައިގެންދިޔައީ އަލިފާން ރޯވެފައި ހުރި ތަންތަން ހޯދައި އެ ތަނުން މީހުން ނެރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ ދެ އަހަރުވާން ގާތްވެފައި ވަނިކޮށް އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ދުވަހުގެ ބައެއް ފުޓޭޖުތައް ވެސް އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ އަލިފާން ރޯވެފައި ހުރީ ކޮން ތަނެއްގައިތޯ ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް ހައުސިން މިނިސްޓްރީގެ ސީލިން ތެރޭގައި އަލިފާން ރޯވެފައި ހުއްޓަ އެ ދުވަހުގެ ހެނދުނު 7:16 ގައި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެތަނުގައި ރޯވެފައި ހުރި އަލިފާން އެ ވަގުތު ނިއްވައިލި ކަމަށް ފުލުހުން ބުންޏެވެ.

"ނިއްވާލުމަށްފަހުގައި ވެސް ސީލިން ތެރޭގައި އެކިއެކި ސަރަހައްދުތަކުގެ ތެރޭގައި އަލިފާން ހުރިކަން ފާހަގަކުރެވިގެން ފަޔާ އެންޑް ރެސްކިއުއިން މީހުން އެ ތަނުން ބޭރުކުރުމަށާއި އަދި އަލިފާން ހޯދައި ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހުޅުގަނޑު ފަޅައިގެން ގޮސް ފެތުރިގެން ދިޔައީ،" ސުޕްރިޑެންޓް އޮފް ޕޮލިސް، އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެފައި ހުރިކަން އެނގިގެން އެ ތަނުގެ ސެކިއުރިޓީ ގާޑަކަށް ހުރި މީހާ ހެނދުނު 6:15 ހާއިރު މަގުމައްޗަށް ނުކުމެ އެހީއެއް ލިބޭތޯ އުޅޭ މަންޒަރު ފުލުހުން މިއަދު ދެއްކި ވީޑިއޯ ފުޓޭޖުތަކުން ފެނެ އެވެ.

ހަނދުވަރީ ހިނގުމުން އަމީނީމަގަށް ނުކުންނަ މީހަކު ހުއްޓުވާފައި އަލިފާނުގެ ވާހަކަ ބުނުމުން، 6:17 ހާއިރު ފޯނުން ގުޅައި ސިފައިންނަށް އޭނާ ރިޕޯޓުކުރާ މަންޒަރު ވެސް ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. ނަމަވެސް، ސިފައިން އެ ސަރަހައްދަށް ދިޔަ ވަގުތެއް ސީސީޓީވީ ފުޓޭޖުން ނުދައްކަ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބެލުމުން، ޑިސެމްބަރު 11، 2024 ގެ 16:00 އިން ފެށިގެން ޑިސެމްބަރު 12، 2024 ގެ 00:40 އާ ހަމައަށް މިނިސްޓްރީގެ މުވައްޒަފުން ނޫން އިތުރު އެއްވެސް މީހަކު އެ ތަނަށް ވަދެނުކުމެފައި ނުވާކަން ކަށަވަރު ކުރެވޭ ކަމަށެވެ. އޭގެ ފަހުން އެ މިނިސްޓްރީގައި ތިބީ އެ ތަނުގެ ދެ ސެކިއުރިޓީ ގާޑުން އެކަނިކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox