މާލޭ ސޯސަން މަގުގައި ސެޕްޓެމްބަރު 21، ވަނަ ދުވަހުގެ ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ލައިސަންސް ނެތި ސައިކަލު ދުއްވި 21 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި 21 އަހަރުގެ މީހާ ހިމެނޭ ގޮތަށް ތިން މީހަކަށް އަނިޔާވި އެވެ. އެ އެންމެންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދިނެވެ. އޭގެ ތެރެއިން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.
މި އަހަރު މިހާތަނަށް 2،222 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މި މަހު މިހާތަނަށް 172 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.













