އެމްއެސްޑީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ބުކްކުރެވޭ

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯ ނޫރުބާން ފަހުމީ

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯ ނޫރުބާން ފަހުމީ

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެމްއެސްޑީ އޮފީހަށް ވަޑައިގަތުމުގެ ކުރިން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ އައު އިންތިޒާމެއް ތައާރަފުކޮށްފި އެވެ.

އެމްއެސްޑީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް "ބުކް އެޕޮއިންޓްމަންޓް" ހިޔާރުކޮށް، އެދޭ ހިދުމަތަކާއި ވަގުތެއް ކަނޑައަޅައިގެން ފަސޭހަކަމާއެކު ބުކިން ހެދޭނެ އެވެ. މި އިންތިޒާމުގެ ދަށުން އެކައުންޓް ހުޅުވުމާއި، ސެޓްފިކެޓް ޕްރޮސެސްކުރުމުގެ އިތުރުން ހިއްސާދާރުންނާ ގުޅުންހުރި އެކި ހިދުމަތްތަކަށް ވަގުތު ހަމަޖެއްސޭނެ އެވެ.

މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބޭފުޅަކު ބޭނުންވާ ތާރީހަކާއި ވަގުތެއް އިހްތިޔާރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މި ބަދަލަށް އަހުލުވެރިވާން ދެވޭ ތިން މަސްދުވަހުގެ މުއްދަތުގައި، އެޕޮއިންޓްމަންޓް ނުހަދައި ދާ މީހުންނަށް ޖާގަ އޮތް މިންވަރަކުން ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް، މި މުއްދަތު ހަމަވުމަށްފަހު އޮފީހުން ހިދުމަތް ލިބޭނީ ހަމައެކަނި ކުރިން އެޕޮއިންޓްމަންޓް ހަދައިގެންވަޑައިގަންނަވާ ފަރާތްތަކަށެވެ. އެހެންކަމުން، އޮންލައިން ބުކިން ހިދުމަތް ބޭނުންކުރެއްވުމަށް އެމްއެސްޑީން އެދެ އެވެ.

އެމްއެސްޑީގެ ސީއީއޯ ނޫރުބާން ފަހުމީ ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެމްއެސްޑީގެ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދީ، ވީހާވެސް އަވަހަށް ހިދުމަތް ލިބޭނެ މަގު ފަހިކުރުން. އިންވެސްޓަރުންނާއި ހިއްސާދާރުންނަށް އިތުބާރާއި ފަސޭހަކަމާއެކު މުޢާމަލާތްކުރެވޭނެހެން، އަޅުގަނޑުމެންގެ ޑިޖިޓަލް ހިދުމަތްތަކާއި ކަސްޓަމަރުންނަށް ސީދާ ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

އެމްއެސްޑީއަކީ ރާއްޖޭގެ ސެކިއުރިޓީސްގެ މިލްކުވެރިކަމުގެ ރަސްމީ ރެކޯޑުތައް ބަލަހައްޓައި، އިންވެސްޓަރުންނާއި ލިސްޓުކޮށްފައިވާ ކުންފުނިތަކަށް ބޭނުންވާ ސެކިއުރިޓީސް އެކައުންޓް، ހިއްސާގެ ދަފްތަރު އަދި މިލްކުވެރިކަން ބަދަލުކުރުމުގެ ހިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާ އެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) މެދުވެރިކޮށް ހިންގާ މުޢާމަލާތްތައް ސެޓްލްކުރުމުގެ މަސައްކަތްވެސް ކުރަނީ އެ ކުންފުނިންނެވެ.

މި ހިދުމަތްތަކުގެ އިތުރުން، އީފާސް ބޭނުންކޮށްގެން ވަދެވޭ "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް އިންވެސްޓްމަންޓްތައް ބަލައިލުމާއި އެކައުންޓް ސްޓޭޓްމަންޓް ހޯދުމުގެ ފުރުސަތު އިންވެސްޓަރުންނަށް އޮވެ އެވެ. އަދި ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާތަކުގައި ބައިވެރިވެ، އޮންލައިންކޮށް ވޯޓު ލުމަށް އެމްއެސްޑީގެ "ފަހިވޯޓު" ޕްލެޓްފޯމް ބޭނުންކުރެވެ އެވެ.

އެމްއެސްޑީގެ ކަސްޓަމާ ސާވިސް ކައުންޓަރުގެ ހިދުމަތް ލިބޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:30 އަށް، ހ. ގަދަމޫ ބިލްޑިންގެ ތިން ވަނަ ފަންގިފިލާއިންނެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް ވެބްސައިޓަށް ޒިޔާރަތްކުރެއްވުމަށް ނުވަތަ 3307878 އަށް ގުޅުއްވުމަށް، އަދި info@depository.mv އަށް އީމެއިލް ކުރުމަށް އެމްއެސްޑީން އެދެ އެވެ.

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox