ޕީއެންސީ ކޮންގްރެސް: ނައިބު ރައީސުންގެ މަގާމަށް ރާފިއު، ޝިޔާމް، ސައުދާ، ސައީދު، މުންދު އަދި ސުޖާއު

Sep 16, 2026, 10:12 AM
ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން:

ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން:

މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސުން ހޮވަން ބޭއްވި އިންތިހާބު މިނިސްޓަރު އަހުމަދު ޝިޔާމް އާއި މެންބަރު އިބްރާހިމް ސުޖާއި އާއި މެންބަރު ފާތުމަތު ސައުދާ އާއި މިނިސްޓަރު މުހައްމަދު ސައީދު އާއި މިނިސްޓަރު އަބްދުﷲ ރަފީއު އަދި ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ކާމިޔާބު ކުރައްވައިފި އެވެ. 

އެ އިންތިހާބުން ނާކާމިޔާބު ލިބިވަޑައިގަތީ މެންބަރު އަސްމާ ރަޝީދާއި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްއަށެވެ. އެ އިންތިހާބުގައި ވޯޓު ދިން 1095 މީހުންގެ ތެރެއިން އަސްމާއަށް ވޯޓު ދިނީ އެންމެ 288 އަށް މީހުންނެވެ. ނިމާލްއަށް ލިބިވަޑައިގަތީ 301 ވޯޓެވެ. 

ޕީއެންސީ ނައިބު ރައީސުންގެ އިންތިހާބު 

  1. އަބްދުﷲ ރާފިއު - 968 ވޯޓު
  2. އަހުމަދު ޝިޔާމު - 964 ވޯޓު
  3. ފާތިމަތު ސައުދާ - 923 ވޯޓު
  4. އިބްރާހިމް ސުޖާއު - 862 ވޯޓު
  5. މުހައްމަދު ހުސައިން ޝަރީފް - 780 ވޯޓު
  6. މުހައްމަދު ސައީދު - 833 ވޯޓު
  7. އަސްމާ ރަޝީދު - 288 ވޯޓު
  8. މުހައްމަދު ނިމާލް - 301 ވޯޓު

މި އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި މޯބައިލް އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. މެންބަރުން ވޯޓުލާންޖެހެނީ ކިއުއާރް ކޯޑެއް ސްކޭންކޮށްގެންނެވެ. އަދި ވޯޓުލުމަށް ދީފައި ވަނީ ފަސް މިނެޓުގެ ވަގުތުކޮޅެކެވެ. 

Advertisement

ވޯޓު ނިމުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ވަނީ އިއުލާނުކޮށްފަ އެވެ. ނަތީޖާ އިއުލާންކޮށްދެއްވީ ޕީއެންސީގެ އިންތިހާބު ކޮމިޓީގެ ފަރާތުން ފުއާދު ތައުފީގެވެ. 

މިއަދު ކުރިއަށްދާ އިންތިހާބުތަކަށްފަހު ޕާޓީ ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދާން ރައީސް މުހައްމަދު މުއިއްޒު ވަނީ ރޭ އިލްތިމާސްކޮށްފަ އެވެ. 

"އިންތިހާބެއްގައި ބަޔަކު ވާދަކުރަންޏާ މޮޅުވާ މީހުންނާއި ބަލިވާ މީހުން ތިބޭނެ. އަޅުގަނޑުމެންގެ އަޒުމަކަށް ވާންވާނީ ކުރިން މިދެންނެވި ކަންކަން އަބަދުވެސް ހަނދާން ބަހައްޓައިގެން އަޅުގަނޑުމެން ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިހާބު ނިމޭ ހިސާބުން އައިސްގެން ނުވާނެކަން،" މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox