ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް މަތީ މަޖިލީހުން އެންޑޯޒްކޮށްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދަށް އަލަށް ގެނައި ބަދަލުތަކާއެކު މިހާތަނަށް ގެނައި ހުރިހާ ބަދަލެއް އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު އެންޑޯޒްކޮށްފި އެވެ. 

ޕީއެންސީން ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ އެ ޕާޓީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް މަތީ މަޖިލީހުން އެންޑޯޒްކުރީ ހާޒިރުވި 1,064 މެންބަރުންގެ އިއްތިފާގުންނެވެ. 

ޕީއެންސީގެ އަސާސީ ގަވާއިދަށް އެންމެ ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި އެ ޕާޓީއަށް ގުނަވަންތައް އިތުރުކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންގެ މަޖިލިސް، އަންހެނުންގެ ހަރަކާތް، ޒުވާނުންގެ ހަރަކާތް އަދި އިސްރަށްވެހިންގެ ހަރަކާތް ހިމެނެ އެވެ. 

މީގެއިތުރުން ޖުމްލަ 15 ކޮމިޓީއެއް އުފައްދަން ވެސް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. އެ ކޮމިޓީތައް އުފެއްދީ ގައުމީ މުހިންމު ކަންކަމުގައި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ޕާޓީގެ ރައީސްއަށާއި ލީޑާޝިޕަށް އަދި މެންބަރުންނަށް ލަފާދިނުމަށެވެ. 

ޕީއެންސީން ބުނީ މި އިސްލާހުތައް ގެނައީ ޕާޓީގެ މެންބަރުން އިތުރުވެފައިވާތީ އެކަމަށް ރިޔާޔަތްކުރެވި، އެކި ދާއިރާތަކަށް އަމާޒު ކުރެވިގެން ޕާޓީގެ ހަރަކާތްތައް އުފައްދައި ގައުމަށް ލާބަހުރި މަގުން ޕާޓީ ހިންގައި، ޕާޓީގެ އިސް ސަފުން ޕާޓީގެ މެންބަރުންނަށް އޮންނަ ޖާގަ ފުޅާކޮށް މެންބަރުންގެ ޝާމިލުކަން އިތުރުކުރަން ކަމަށެވެ. 

މިގޮތުން މި އިސްލާހުތަކުގެ ސަބަުން ލީޑާޝިޕްގައި ހިމެނޭ އަދަދު އިތުރުވެ މިންތީގެ އަދި ގިންތީގެ ޝާމިލުކަން އިތުރުވެ، ޕާޓީގެ ގުނަވަންތަކުގެ ހަރަކާތްތެރިކަން ވެސް އިތުރުވާނެ ކަމަށް ޕީއެންސީން ބުންޏެވެ. 

ޕީއެންސީގެ އަސާސީ ގަވާއިދު ޖެނުއަރީ 27، 2019 ގައި ފާސްކުރި ފަހުން އަސާސީ ގަވާއިދަށް ޖުމްލަ ހަތް އިސްލާހެއް ވަނީ ގެނެސްފަ އެވެ. އިސްލާހުތައް ގެނައީ އެޕްރީލް 26، 2019 ގައި އާއި ޖޫން 23، 2022 ގައި އާއި އޮގަސްޓް 3، 2023، ގައި އާއި އޮކްޓޯބަރު 4، 2023 ގައި އާއި މެއި 15، 202، ގައި އަދި އޮގަސްޓް 6، 2026، ގަ އެވެ. 

ހަތަރު ދުވަހަށް ދެމިގެންދާ ޕީއެންސީގެ ކޮންގްރެސްގައި މުހިންމު ގުނަވަންތަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން ކުރިއަށްގެންދާނެ އެވެ.

ޕީއެންސީގެ ކޮންގްރެސް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް މުހައްމަދު މުއިއްޒެވެ. ކޮންގްރެސް އިފްފތިތާހުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޕާޓީގެ މެންބަރުން މަސައްކަތް ކުރަންޖެހޭނީ "ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހު ކުރިއަށް ނެރެ" ކަމަށެވެ. 

ޕީއެންސީގެ ކޮންގްރެސްގައި 12 މަގާމަށް މެންބަރުން ހޮވާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު މަގާމަކީ ނައިބު ރައީސުންގެ މަގާމުތަކެވެ. ޕީއެންސީއަށް ހަ ނައިބު ރައީސަކު އިންތިހާބު ކުރާއިރު އަށް ބޭފުޅަކު ވަނީ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox