ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫން ސަޕްރައިޒިން ނަތީޖާ ނެރޭނެ: މުސްތަޓޭ

Sep 12, 2026, 12:22 PM
ދިއްދޫގެ ކޯޗު މުސްތަޓޭ: ދިވެހި ޕްރިމިއާ ލީގަށް އުންމީދުތަކެއް އެބައޮތް.

ދިއްދޫގެ ކޯޗު މުސްތަޓޭ: ދިވެހި ޕްރިމިއާ ލީގަށް އުންމީދުތަކެއް އެބައޮތް.

އުތުރުގެ ޗެމްޕިއަންކަން ހޯދައިގެން ފެށި ދަތުރުގައި، ހއ. ދިއްދޫ ސްޕޯޓްސް ކްލަބުން މި  ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާއިރު، އެ ޓީމުން ސަޕްރަައިޒިން ނަތީޖާތަކެއް ނެރޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް، މޫސާ އިބްރާހިމް (މުސްތަޓޭ) ބުނެފި އެވެ. 

ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މި ފަހަރު ދެ ރަށެއްގެ ޓީމު ވާދަކުރެ އެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. މި ދެ ޓީމުގެ ހޯމް މެޗުތައް އެ ރަށުގައި ކުޅޭއިރު، ދިއްދޫގެ ފުރަތަަމަ މެޗުގައި މިރޭ ބުރު ސްޕޯޓްސް ކްލަބާ ކުޅޭނެ އެވެ. 

އޭއެފްސީ ބީ ލައިސަންސް ހޯދާފައިވާ ނ. ހޮޅުދޫ އަށް ނިސްބަތްވާ ކޯޗު މުސްތަޓޭ ވަނީ އެފްއޭއެމް އަތޮޅު ފުޓްބޯޅަ މުބާރާތާއި އެފްއޭއެމް ރީޖަނަލް ލީގު އަދި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ފަހު، ދިއްދޫން ރާއްޖޭގެ ފުރަތަަމަ ޑިވިޝަނާ ހަމައަށް އަންނަން ކުރި ދަތުރުގައި ބުރަ މަސައްކަތްތަކެއް އަދާކޮށްފަ އެވެ. 

Advertisement

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސްތަޓޭ ބުނީ، ކޯޗިންގައި 12 ވަރަކަށް އަހަރު މަސައްކަތްކުރިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކޯޗަކަށް މަސައްކަތް ކުރުމަށް، މި ގޮނޑި އަށް އައުމަށް ވަރަށް މަސައްކަތްކުރިން ކަމަށެވެ. އަދި، އެކަމާ އެކު، ވަރަށް ބޮޑު އުންމީދެއް  ހާސިލްވެފައިވާ ކަމަށް ފާހަގަކޮށް މުސްތަޓޭ ބުނީ، ދެ ފަހަރަކު އައިސް ފުރަތަމަ ޑިވިޝަނުގައި ކުޅެން މަސައްކަތްކޮށް، ބަައެއް އުނދަގޫތަކާ އެކު އެކަން ނުކުރެވި އަަބަދުވެސް އުންމީދުކުރީ ކޯޗެއްގެ ގޮތުގައި ދެން މި ހިސާބަށް އައުމަށް ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ މަޑުމަަޑުން އަންނަނީ ބަދަލުވަމުން ކަމަށާއި އެކަން ހިނގަމުން އަންނަ ދުވަސްވަރެއްގައި އަތޮޅު ތެރޭގެ ކްލަބެއް، އަތޮޅު މުބާރާތުން ފަށައިގެން، އެކި ސްޓޭޖުތަކުގައި ކާމިޔާބީގެ ދަތުރު ވަރަށް ބުރަ މަސައްކަތުން ހާސިލްކުރުމަށް ފަހު، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާ ވާދަކުރަން އައުން މިއީ ކުޑަ ކަމެއް ނޫން ކަމަށް މުސްތަޓޭ ވަނީ ބުނެފަ އެވެ. އަދި، މިއީ، ވަރަށް ގިނަ ބަޔެއްގެ މަސައްކަތުގެ ނަތީޖާ ކަމަށާއި އެކަމަށް އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ. 

"އުނދަގޫ މަސައްކަތެއް ދެން ކުރަން އޮތީ، ގަބޫލުކުުރަން، ރާއްޖޭގެ އެންމެ ތާރީހީ ކްލަބްތަކާ އެކު މި ވާދަކުރަނީ. އަޅުގަނޑު ދެރަވޭ ކްލަބް ވެލެންސިއާ މިތާ (ޕްރިމިއާ ލީގުގައި) ނެތީމަ، ޗައިލްޑްހުޑް ކްލަބް، ވަރަށް ބޭނުންވާނެ ވެލެންސިއާއާ ދެކޮޅަށް ނުކުންނަން އެއީ ޑްރީމެއް، ދެން، ހަގީގަތުގައި ޓީމަށް ފުރިހަމަ އިތުބާރު ކޯޗެއްގެ ހައިސިއްޔަތުން އެބައޮތް. އިމްޕްރޫވްވަމުން އައި ލެވަލް އަށް ބަލާފައި ބިދޭސީ ކުޅުންތެރިން ވޭތުވެދިޔަ ރީޖަން ލީގާއި ކޮލިފިކޭޝަންގައި ދެއްކި ޕާފޯމަންސަށް ބަލާފައި، ޓީމަށް ގެންނަން ޖެހުނު ބަދަލުތައް ވާނީ ގެނެސްފައި، ހާއްސަކޮށް ބިދޭސީ އާ ކުޅުންތެރިން ވާނީ ގެނެސްފައި، އެންމެ ކުޅުންތެރިއެއް ފިޔަވަައި،" މުސްތަޓޭ ބުންޏެވެ. 

އެންމެ ފުރަތަމަ ޓާގެޓަކީ ދިއްދޫ ދިވެހި ޕްރިމިއާ ލީގުގެ ކްލަބެއްގެ ގޮތުގައި ބޭއްވުން ކަމަށް މުސްތަޓޭ ވަނީ ބުނެފަ އެވެ. އަދި، ދިއްދޫން ޓީމެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތްކޮށް، ގަދަ ހަތަރަކަށް އެރުމަށް ވެސް ހިތްވަރު ކުރާނެ ކަމަށް މުސްތަޓޭ ވަނީ ބުނެފަ އެވެ. 

"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް، ﷲ އިރާދަކުރެއްވިއްޔާ، ލީގުގައި ދެމި އޮތުން އެއީ އެންމެ ފުރަތަމަ ޓާގެޓަކީ، އެހެން ނަމަވެސް. ތަފާތު ސަޕްރައިޒިން ނަތީޖާތަކެއް ދިއްދޫން ނެރޭނެ. އަޅުގަނޑު ރެޔާއި ދުވާލު މި ކުރަނީ މި މަސައްކަތް. ބުރު ސްޕޯޓްސްގެ މެޗުތައް ބަލަމުން މި ދަނީ، މިދިޔަ ސީޒަނުގައި ކުޅެފައި ހުރި، އެބަ ފެނޭ ރާއްޖޭގެ ފުޓްބޯޅަ ބަދަލުވެ، އަންނަ ގޮތް. ދުނިޔޭގެ ފުޓްބޯޅަ ބަދަލުވަމުން އަންނަ ގޮތް، ދުނިޔޭގެ ފުޓްބޯޅައިގައި އަލަށް ކޮލިފައިވާ ކްލަބްތައް، ޕްރިމިއާ ލީގު ކަހަލަ ކްލަބްތަކުގައި އެ ވާދަކުރާ ކުރުން، އެކަންކަން ބަލައި ދިރާސާކުރަން ހަމަ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފުޓްބޯޅަ އަށް ނަތީޖާތަކެއް ދައްކާނެ ދިއްދޫ،" މުސްތަޓޭ ބުންޏެވެ. 

ދިއްދޫ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ރިސޯޓް ވަޒީފާގައި އުޅެމުން މުބާރާތުގެ މެޗުތަކަށް އަންނާނެ ކުޅުންތެރިންނެވެ. މުސްތަޓޭ ބުނީ، ދިއްދޫން ޕްރިމިއާ ލީގަށް އަައުމަކީ ވެސް ބޮޑު ކަމެއް ކަމަށްވާއިރު، ދެން ނަތީޖާ ނެރުމަށް މި ކުރާ މަސައްކަތުގައި ގިނަ ސަޕޯޓަރުން ބައިވެރިވެ، ޓީމަށް ހިތްވަރު ދިނުމަކީ ވަރަށް އެދެވިގެންވާ ކަމެއް ކަމަށެވެ. 

ދިއްދޫ އަށް އެންމެ ފުރަތަމަ ދިޔައީ 2021 ވަނަ އަހަރު ކައުންސިލް މުބާރާތަކަށް ކަމަށާއި، ދެވުނު ހިސާބުން ވެސް އެ ރަށުގެ ފުޓްބޯޅައިގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދުނު އެންމެ ބޮޑު ސަބަބަކީ، ފުޓްބޯޅައިގެ ހުނަރު ވަރަށް ބޮޑަށް އޮތް ރަށަކަށްވާތީ ކަމަށެެވެ. އެ ގޮތުން، ދިވެހި ޕްރިމިއާ ލީގު ރަށްތަކުގެ ޓީމުތައް ހިމެނޭ ގޮތަށް ފުޅާވެގެންދާއިރު، ހުނަރުވެރި ގިނަ ކުޅުންތެރިންތަަކަކަށް އާ ފުރުސަތުތަކެއް ލިބުމަކީ ވަރަށް އެދޭ ކަމެއް ކަމަށް މުސްތަޓޭ ވަނީ ބުނެފަ އެވެ. 

ޕްރިމިއާ ލީގުގައި ދިއްދޫ އާއި ބުރު ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox