ބުރުގެ ސްކޮޑު ޒުވާން ވިޔަސް ޓީމެއްގެ ގޮތުގައި ކުރިއަރާނެ: ރޮޑްރިގޭޒް

Sep 12, 2026, 9:49 AM
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު ރޮޑްރިގޭޒް، ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު ރޮޑްރިގޭޒް، ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގާ ކުރިމަތިލާއިރު، ބުރު ސްޕޯޓްސް ކްލަބްގައި އޮތީ ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަ ސްކޮޑެއް ކަމަށާއި ޓާގެޓްތަކެއް ކަނޑައަޅައި އެ ހާސިލްކުރަން މަސައްކަތްކުރާއިރު، ޓީމެއްގެ ގޮތުގައި ބުރު ކުރިއަރާނެ ކަމަށް އެ ޓީމުގެ ކޯޗު، ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފި އެވެ. 

މިއީ، ރޮޑްރިގޭޒްގެ ކޯޗުކަމުގައި ބުރުން ކުޅޭ ދެ ވަނަ މުބާރާތެވެ. ސީޒަންގެ ފުރަތަމަ މުބާރާތް، ކަޕް ވިނާސް ކަޕްގައި ބުރުންް ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 5-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ލީޑު ނަގާފައި ވެސް 2-1 އިން ބަލިވީ އެވެ. އަދި، ފަހު މެޗުގައި، އޮޑި ސްޕޯޓްސް ކްލަބް އަތުން ބަލިވީ 2-0 އިންނެވެ. 

ދިވެހި ޕްރިމިއާ ލީގުގައި ބުރުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކުޅޭނީ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ. 

ލީގު ފެށުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ބުރުގެ ކޯޗު، ރޮޑްރިގޭޒް ބުނީ، އުންމީދަކީ މި ސީޒަނުގައި ރާއްޖޭގެ ފުޓްބޯޅަ ރަަނގަޅަށް ދިއުން ކަަމަށާއި ބުރުގެ އަމާޒަކީ ލީގުގެ ގަދަ ހަތަރެއް ކަމަށާއި އެ ޓާގެޓަށް ދާއިރު ބުރުގައި މި އޮތް ޒުވާން ސްކޮޑާ އެކު ގިނަ ޗެލެންޖުތައް ކުރިމަތިވާނެ ކަމަށެވެ.  

އެ ގޮތުން، ބުރުން ސީޒަނަށް ތައްޔާރުވުމަށްޓަކައި، ކަޕް ވިނާސް ކަޕް ނެގީ ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި ކަމަށާއި ސަބަބަކީ އެއީ އޭނާ ވެސް ރާއްޖެ އައިސް ކުރު މުއްދަތެއްގެ ތެރޭގަައި ނުކުންނަން ޖެހުނު މުބާރާތެއް ކަަމަށެވެ. 

"އަހަރެމެންގެ މި އޮތީ ޒުވާން ސްކޮޑެއް. ދެން، އަހަރެން ހިތްހަމަޖެހޭ އެ މުބާރާތުގައި ޓީމު ދެއްކި ކުޅުމާ މެދު. ނަތީޖާތައް ދިޔައީ ރަނގަޅަކަށް ނޫން ކަމުގައި ވިޔަސް އެކަމަކު، ކޮންމެ މެޗަަކަށް ބަލާލިޔަސް ކުރިއެރުން ފެނުނު، ދެން، މިހާރު އަހަރެެމެން  މި ހުރި ހިސާބުން ބުނެވޭނީ މި ސީޒަނުގައި ދެން އަހަރެމެން ވާދަވެރިކޮށް ފެންނާނެއޭ. އަހަންނަށް މި ޓީމުގެ ލެވަލް ވެސް ފެނިއްޖެ، ލީގުގައި ފެންނާނެ ބޮޑެތި ޓީމުތަކާ ދެކޮޅަށް. އުންމީދަކީ އަހަރެމެން ޓީމުގެ ކަންކަން ރަނގަޅުކޮށް، ޓީމެއްގެ ގޮތުގައި ކަންކަން އިތުރަށް ރަނގަޅުވެގެންދިއުން މުޅި ސީޒަނަށް،" ރޮޑްރިގޭޒް ބުންޏެވެ. 

މިދިޔަ ސީޒަނުގައި ބުރު އަށް ކޯޗުކޮށްދިން، މުހައްމަދު ނިޒާމް (ނިޒާމްބެ)އާއެކު ހަދާފައިވާ އެއްބަސްވުން ނިންމާލައި، އެ ކްލަބުން ގެނައި، ރޮޑްރިގޭޒް ވަނީ، ސްޕެއިނާއި އެމެރިކާ، އިންޑިއާ، އޮމާން އަދި ޔޫއޭއީގައި ކޯޗިން މަސައްކަތްކޮށްފަ އެވެ. ރޮޑްރިގޭޒް ބުނީ، ކަޕް ވިނާސް ކަޕްގައި ކޮންމެ ވެސް ވަރަކަށް އޭނާ ބޭނުންވާ ވިސްނުމުގަައި ކުޅެން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. 

"އަހަންނަށް ފެންނަ ގޮތުގައި (އެ ތަފާތު) ލީގުގައި ފެންނާނެ، ވަރަށް ކޮމްޕެކްޓްކޮށް އޮތް ވާދަވެރި ޓީމެއް. ޑިފެންސިވް ފޭސްގަައި އަހަރެމެން ވަރަށް ކުރިއެރުން ހޯދަމުން މި އަންނަނީ. ކުރިއަށް ވުރެން ވިސްނުންތެރިކަމާ އެކު ކަންކަން ކުރުން ރަނގަޅުވާނެ. އެޓޭކް ކުރުން ވެސް އަދި މެޗު ލީޑުކުރުން ވެސް ކުރިއަށް ވުރެން ރަނގަޅުވާނެ ކަޕް ވިނާސް ކަޕަށް ވުރެން ފިޔަވަޅެއް ކުރިއަށް ޖެހިލައިފި މުޅި ޓީމު ވެސް. ޓީމުގެ ބެލެންސް ވެސް ރަނގަޅުވާނެ،" ރޮޑްރިގޭޒް ބުންޏެވެ. 

ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލް ރަނގަޅު ކަމަށް ފާހަގަކޮށް، ރޮޑްރިގޭޒް ބުނީ، މިދިޔަ ސީޒަނަށް ވުރެން ދިގުކޮށް ފެންނަ ސީޒަނެއްގައި އަދި މާ ބޮޑަށް ރަނގަޅުކަން ފެންނާނެ ކަމަށެވެ.

"މިދިޔަ އަހަރަށް ބަލާއިރު، ކޮންމެ ޓީމެއްގައި ވެސް މި އޮތީ ރަނގަޅު ސްކޮޑެއް. ކޮންމެ މެޗެއްގައި ވެސް ވާދަކުރާނެ، އަހަންނަށް ފެންނަ ގޮތުގައި ހުރިހާ ޓީމެއް ކުރިއަށްދާނަަމަ، ލެވަލް އިތުރަށް ރަނގަޅުވާނެ،" ރޮޑްރިގޭޒް ބުންޏެވެ. 

"އަހަރެމެންގެ މި އޮތް ޒުވާން ސްކޮޑަށް، މިހާރު މި ޓްރެއިނިން ގެންދާ ގޮތް ވެސް ހަގީގަތުގައި އާ ވެފައި އޮތީ. ވަގުތުނަގާނެ، އެ ވަގުތުތަކުގައި އަަހަރެމެންގެ ޕާފޯމަންސް ލެވަލް އާއި ނަތީޖާތައް ވެސް ދާނީ ކުރިއަށް. އެންމެ މުހިންމު ކަމަކީ، ޒުވާން ކުޅުންތެރިން އިންޑިވިޖުއަލީ އަދި ޓީމެއްގެ ގޮތުގައި ވެސް ރަނގަޅަށް ކުރިއަރަައިގެން ދިއުން،" 

ރޮޑްރިގޭޒް ބުނީ، އޭނާ އާއި މުޅި ސްކޮޑާއި ޓީމާ މެދު މި އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި، ކޮންމެ ޓްރެއިނިން ސެޝަން އެއް ވެސް ގެންދަނީ ވަރަށް ރަނގަޅަށް ކަމަށާއި ޓީމުގެ ކުޅުންތެރިންނެކޭ އެއްވަރަށް ކޯޗިން ސްޓާފުންނާއި މެނޭޖްމަންޓުގައި ތިބި އެންމެން ވެސް އަބަދުވެސް އެކުގައި، އާ ވިސްނުންތަކާ އެކު ކަންކަން ދަސްކުރަމުން އަންނަ ކަމަށެް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. 

ދިއްދޫ އާއި ބުރު ކުޅޭ މެޗު ފަށާނީ، މިރޭ، 21:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox