މިދިޔަ ހަ މަސްތެރޭގައި 15،000 އަށްވުރެ ގިނަ މީހުން އެމްޑީޕީއާ ގުޅިއްޖެ: އިބުރޭ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ): އޭނާ ވިދާޅުވީ އެމްޑީޕީއަށް 15،000 މުވައްޒަފުން ވަނުމުން އެކަމާ ސަރުކާރުން ބިރުން އުޅޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ): އޭނާ ވިދާޅުވީ އެމްޑީޕީއަށް 15،000 މުވައްޒަފުން ވަނުމުން އެކަމާ ސަރުކާރުން ބިރުން އުޅޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ 15،000 އަށްވުރެ ގިނަ މީހުން ގުޅިފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބުރޭ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުގައި ތިބި މުވައްޒަފުންނަށް ބިރުދައްކައިގެން އެ މުވައްޒަފުން ތިބި ޕާޓީން ވަކިވެ ޕީއެންސީއަށް ވަންނަން މަޖުބޫރުކުރަމުންދަނީ އެމްޑީޕީއަށް 15،000 އަށްވުރެ ގިނަ މެންބަރުން ހަ މަސް ދުވަހުގެ ތެރޭގައި ވަނުމާ ގުޅިގެން އެކަމާ ބިރުން ކަމަށެވެ. 

"އެބޭފުޅުން މި ކޮންގްރެސްއާމެދު ޖެހިލުންވާވަރު އަޅުގަނޑުމެންނަށް ފާހަނގަވާ ބައިވަރު ކަންތައްތަކެއް މީގެތެރެއިން ދިމާވެއްޖެ. އެހެން މިދެންނެވި ގޮތަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން މިދިޔަ ހަ މަސް ދުވަސް ތެރޭގައި އެމްޑީޕީއަށް އަލަށް ގުޅިއްޖެ 15،000 އަށްވުރެ ގިނަ މީހުން," އިބްރާހިމް ވަހީދު ވިދާޅުވި އެވެ. 

Advertisement

"ގުޅުމާ އެއްކޮށް އެސްއޯއީތަކުގައި ތިބި ހުރިހާ މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުން ކެނޑެން އަންގާ މިކަންތައްތައް ހިންގައިގެން މިއުޅެނީކީ ކޮންމެހެން ވަޒީފާގެ ބިރަކަށް ނޫން އެނގޭތޯ."

މީގެއިތުރުން އެމްޑީޕީން ކޮންގްރެސް ބާއްވާނެ ތަނެއްވެސް ސަރުކާރުން ނުދީގެން އުޅެނީވެސް ގިނަ ބަޔަކު އެތަނަށް ޖަމާވާނެތީ ކަމަށް އިބުރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންގްރެސް ބާއްވަނީ ވެރިކަން ވައްޓާލަން ނޫން ކަމަށެވެ. 

އެސްއޯއީތައް މެދުވެރިކޮށް ޕީއެންސީއަށް މުވައްޒަފުން ވެއްދުމުގެ މަސައްކަތް ޕީއެންސީން ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ލައިވް ޓީވީގައި ސްޓެލްކޯ މެދުވެރިކޮށް ޕީއެންސީއަށް މުވައްޒަފުން ވައްދާކަން ވަނީ ހާމަވެފަ އެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން ޖޫން 30، ގެ ނިޔަލަށް އެމްޑީޕީގައި 55،399 މެނެބަރުން އެބަ ތިއްބެވެ. އެ މުއްދަތަށް ސަރުކާރު ހިންގާ ޕީއެންސީގައި ތިބީ 67،579 މެންބަރުންނެވެ. 

ޕީއެންސީން މި މަހު ބުނި ގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 77،000 އަށް އަރައިފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ އަދަދު މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox