އިންވެސްޓްމެންޓް ފޯރަމަކާއެކު އޮކްޓޫބަރު 1، ގައި އެމްޑީޕީގެ ކޮންގްރެސް ފަށަނީ

2022 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

2022 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އޮކްޓޫބަރު 1، އިން 3، އަށް ބާއްވަން ނިންމައި، ކޮންގްރެސްގެ ތެރެއިން އިންވެސްޓްމެންޓް ފޯރަމެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އޮކްޓޫބަރު 1، އިން 3، އަށް މާލެ ސިޓީ ހޯލްގައި ކޮންގްރެސް ބާއްވަން ނިންމާފައިވާކަން އިއުލާނުކުރީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު، މުހައްމަދު ޝިފާޒް އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ކޮންގްރެސްގެ މަންދޫބުން ކަނޑައެޅުމާއި ކޮންގްރެސްގެ ޑެލިގޭޓުން އިއުލާނުކުރާނެ ކަމަށެވެ.

"މި ކޮންގްރެސްގެ އެއް ސެޝަން އަޅުގަނޑުމެން އެބަ ހާއްސަކުރަން އިންވެސްޓްމެންޓް ފޯރަމަކަށް، އިންވެސްޓްމެންޓް ފޯރަމެއްގެ ނަމުގައި ކުރަން ބޭނުންވެގެން މިއުޅޭ ކަމަކީ ކައުންސިލްތަކުން އެ ރަށެއްގައި ހިންގާނޭ މަޝްރޫއުތަކެއް ކަނޑައަޅާފައި އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދާފައި އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދައިދިނުން މި ޕާޓީން،" ޝިފާޒް ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ ކޮންގްރެސްގެ ތެރެއިން އިންވެސްޓްމެންޓް ފޯރަމެއް ބާއްވަން ނިންމީ ރާއްޖޭގެ ކައުންސިލްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެގޮތުން، އިންވެސްޓްމެންޓް ފޯރަމަށް ހުށަހެޅުމަށްޓަކައި މިހާރު ވެސް 74 ޕްރޮޖެކްޓު އެމްޑީޕީގެ ސެކްރެޓޭރިއެޓްއާ ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުއްމީދަކީ ކޮންގްރެސް ފެށުމުގެ ކުރިން އެ އަދަދު 100 އަށްވުރެ މަތިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިންވެސްޓްމެންޓް ފޯރަމުގައި އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ވިޔަފާރިވެރިންނާއި އަދި، ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންގެ މެދުގައި ރާއްޖޭގެ ކައުންސިލްތަކުން ހިންގަން މި ގަސްދުކުރާ ޕްރޮޖެކްޓުތަކަށް އެ ބޭފުޅުންގެ ޝައުގުވެރިކަން ހުރި މިންވަރަކާއި އެ ބޭފުޅުންގެ ބައިވެރިވުމެއް ލިބޭނެ ގޮތަށް އެކަންކަން ކުރިއަށް ގެންދިޔުމަށް،" ޝިފާޒް ވިދާޅުވި އެވެ.

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވަން އެމްޑީޕީގެ އަސާސީ ގަވާއިދު ލާޒިމުކުރާ ކޮންގްރެސްއަށް މި ފަހަރު އެ ޕާޓީން ދީފައިވާ ނަމަކީ ރަށްވެހި އުފެއްދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox