މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކުން ނަގަނީ ރައްޔިތުންނަށް ޖެއްސުންކުރަން: އާޒިމް

އާދަމް އާޒިމް: އޭނާ ވިދާޅުވީ ސަރުކާރުން މިސްކިތްތައް ބެލެހެއްޓުމާ ހަވާލުވެގެން އެކަން ނުކުރެވޭނަމަ ކައުންސިލުން ކުރާނެ ކަމަށް -- ފޮޓޯ: އަދަދު

އާދަމް އާޒިމް: އޭނާ ވިދާޅުވީ ސަރުކާރުން މިސްކިތްތައް ބެލެހެއްޓުމާ ހަވާލުވެގެން އެކަން ނުކުރެވޭނަމަ ކައުންސިލުން ކުރާނެ ކަމަށް -- ފޮޓޯ: އަދަދު

މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތައް އަތުން ނަގައި އެ މަސައްކަތް ކުރަން މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދީ ރައްޔިތުންނަށް ޖެއްސުންކުރަން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. 

އާޒިމް އަދަދު އަށް ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތައް އަތުން އަތުލަން ސަރުުކާރުން ކުންފުންޏެއް އުފައްދާފައި މިވަނީ ދިވެހިންނާ ހަވާލުކޮށްގެން މިސްކިތްތަކުގެ އާބާތުރަ ފިލުވައި ހުރިހާ މަސައްކަތެއް ނިމުނުތަނާ ކަމަށެވެ. 

"ސީދާ ރައްޔިތުންނަށް ޖެއްސުންކުރަން [ކުންފުނި އުފެއްދީ]. އެއް ކަމަކީ މިސްކިތްތައް ނުލާހިކު ރަނގަޅަށް މަރާމާތުކޮށް އާބާތުރަ ފިލުވައި ނިންމާފައި އެހުރީ. ދިވެހިން ވެސް ލައިގެން މަސައްކަތް މިކުރަނީ. އަޅުގަނޑުމެން ހަވާލުވިއިރުގައި ކޮންޓްރެކްޓް ދީގެން މަގުމަތިން މީހުން ނަގައިގެން މަސައްކަތް ކުރަމުންދިޔަ ތަނެއް މިތަނަކީ. އެ ކޮންޓްރެކްޓްތައް ކެންސަލްކޮށްފައި އަޅުގަނޑުމެން އަމިއްލައަށް ކުރިއަށް މިގެންދަނީ. ރީތިކޮށް މިސްކިތްތައް މިހާރު ހުންނާނީ،" އާޒިމް ވިދާޅުވި އެވެ. 

Advertisement

"މިސްކިތްތަކުގެ އެއްވެސް މައްސަލައެއްވެސް ނާދޭ މިހާރު. އެކަން ހަޖަމުނުވެގެން އުޅޭހެން އަޅުގަނޑަށް ހީވަނީ. އަސްލުގައި ރަނގަޅަށް ކޮށްކޮށް އޮތް ކަމެއް އެހެން ބަޔަކާ ދިމާލަށް ދާންޖެހޭ ސަބަބެއްވެސް ނެތް. ދެން އަޅުގަނޑު ގަބޫލުކުރެވެނީ ރައްޔިތުންނަށް ޖެއްސުންކުރަން ކުރާ ކަމެއްހެން." 

އާޒިމް ވިދާޅުވީ މިސްކިތްތަކުގެ ކަންކަން ކައުންސިލްތައް އަތުން އަތުލަން ސަރުކާރުން ކުންފުންޏެއް އުފެއްދިއިރު، ކައުންސިލުން މުވައްޒަފުން ނަގައިގެން މިސްކިތްތަކުގައި ގުރުއާން ކްލާސްތައް ހިންގަން ވެސް ކައުންސިލުން އޮތީ ފާސްކޮށްފައި ކަމަށެވެ. ނަމަވެސް މޭޔަރު ވިދާޅުވީ ސަރުކާރުގެ ނިންމުމާއެކު ރައްޔިތުންގެ ލުއިފަސޭހައަށް ކުރި އެ މަސައްކަތަށް ވެސް ހުރަސް އެޅޭނެ ކަމަށެވެ. 

"ދެން ދެވަނައަށް އަޅުގަނޑަށް ބޮޑަށް ފެންނަނީ މިސްކިތްތަކުގައި އަޅުގަނޑުމެން ގުރުއާން ކްލާސްތައް ހިންގަންވެގެން އިހަކަށްދުވަހު ކައުންސިލުން ފާސްކުރިން ކައުންސިލުން ސްޓާފުން ނަގައިގެން ހަމަ. ގުރުއާން ޓީޗަރުން ނަގައިގެން. އެހެންވީމަ އެކަން ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއްދޭން މަސައްކަތްކުރީ. ގުރުއާން ކްލާސްތައް ހުއްޓުވަންވެގެން އުޅޭތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.  

ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރަން ކަމަށް ބުނެ ސަރުކާރުން އިތުރު ކުންފުންޏެއް އުފައްދައިފި

ރާއްޖޭގައި ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމަށާއި، ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް ހިންގުމަށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް ވަނީ އުފައްދާފައި. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި ކުންފުނީގެ ރައުސްމާލަކީ 100 މިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައި.

އާޒިމް ވިދާޅުވީ އޭނާ މޭޔަރުކަމާ ހަވާލުވުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދައުރުގައި މާލޭގެ މިސްކިތްތައް ވީރާނާކޮށް ހަޑިކޮށްލާފައިވާ ކަމަށެވެ. އެ ހުރިހާ ކަމެއް ރަނގަޅުކުރީ އާޒިމްގެ ދައުރުގައިކަން އޭނާ ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން، ސަރުކާރުން މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު ކައުންސިލާ މަޝްވަރާނުކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ދެން އޮންނަ ކައުންސިލް ޖަލްސާއެއްގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެ ކަމަށެވެ. 

ނަމަވެސް ކައުންސިލްގެ ކަންކަމާ ސަރުކާރުން ހަވާލުވެގެން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާނަމަ ކައުންސިލުން އެކަންކަން ހައްލު ކުރާނެ ކަމަށާއި މިސްކިތްތައް ހަޑިކޮށްލައި ވީރާނާވާން ދޫނުކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. 

ސަރުކާރުން ބުނީ މި ކުންފުނި އުފެއްދީ ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމުގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓިނިވި ގޮތެއްގައި ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

މި ކުންފުނީގެ ދަށުން ވަގުފް އިމާރާތްތައް އެޅުމާއި މަރާމާތުކުރުން ހިމެނޭއިރު، އެ މަސައްކަތް މީގެ ކުރިން ކުރަމުންދިޔައީ އިސްލާމިކް މިނިސްޓްރީންނެވެ. އެގޮތުން ދުރު ރާސްތާ ޕްލޭންތަކެއް ހަދައިގެން އެކަމަށް މިނިސްޓްރީން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކުއްލިއަކަށް އިސްލާމިކް މިނިސްޓްރީއާ ވަކިން ސަރުކާރުން ކުންފުންޏެއް އުފައްދައިގެން އެ މަސައްކަތް ކުރަން ފަށާފައި މިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox