މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީ ލިބޭ 60،000 އަށް ވުރެ ގިނަ މީހުން!

މީރާ އާއި ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: އިންކަމް ޓެކްސް ނަގަން ފެށީ 2020 ގައި --- ފޮޓޯ: އިމްތިޔާޒު މޫސާ/އަދަދު

މީރާ އާއި ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: އިންކަމް ޓެކްސް ނަގަން ފެށީ 2020 ގައި --- ފޮޓޯ: އިމްތިޔާޒު މޫސާ/އަދަދު

އާމްދަނީން ޓެކްސް ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މިންވަރު ކަމުގައިވާ މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 60،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެ އަހަރު ނިމުނުއިރު އިންކަމް ޓެކްސް ދައްކަން 86,637 ޓެކްސްޕެޔަރުން ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެ ތެރެއިން 60،489 އަށް މީހުންނަކީ ވަކިވަކި ފަރުދުންނެވެ.

އިންކަމް ޓެކްސް ދައްކަން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަމިއްލަ ވިޔަފާރިކޮށްގެން ބޮޑު އާމްދަނީއެއް ހޯދާ މީހުންނެވެ. ނަންބަރުތަކުން ދައްކާ ގޮތުގައި ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ޓެކްސް ދައްކަނީ 23،098 މީހުންނެވެ.  ބާކީ ތިބި އެންމެންނަކީ ވިޔަފާރިކޮށްގެން ބޮޑު އާމްދަނީއެއް ލިބޭތީ ޓެކްސް ދައްކާ މީހުންނެވެ.

މިދިޔަ އަހަރު އަމިއްލަ ފަރުދުންގެ (އިންޑިވިޖުއަލް) އިންކަމް ޓެކްސްގެ ގޮތުގައި 172 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ. މިއީ މި ޓެކްސް ނަގަން ފެށި 2020 ވަނަ އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ. އެ އަހަރު ލިބުނީ 41 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ތިން އަހަރު ތެރޭގައި މި އަދަދު ވަނީ ތިން ގުނައަށް ވުރެ އިތުރުވެފަ އެވެ.

އިންކަމް ޓެކްސް ދައްކާ މީހުންގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ފަރުދުން ކަމަށް ވިޔަސް، ދައުލަތަށް ލިބޭ ޖުމްލަ ފައިސާގެ ތެރެއިން އެންމެ ކުޑަ އިންސައްތައެއް ހިއްސާ ކުރަނީ މި ފަރާތްތަކުންނެވެ. މިދިޔަ އަހަރު އިންކަމް ޓެކްސްގެ ހުރިހާ ދާއިރާއަކުން 5.2 ބިލިއަން ރުފިޔާ ލިބުނު އިރު، އަމިއްލަ ފަރުދުންގެ އަތުން ލިބުނީ އެންމެ ތިނެއް ޕަސެންޓެވެ. 

މި ވަރުގެ އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު ދިނުން ހުއްޓާލަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. 

ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތުގައި، އަންނަ އޮކްޓޫބަރު މަހުން ފެށިގެން އިންކަމް ޓެކްސް ދައްކާ ވަރަށް އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިބޭނީ ކޯޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިންނެވެ. މި ބަދަލާއެކީ، މުއިއްޒު ވިދާޅުވީ، އަންނަ އަހަރު 287 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި، އެ ފައިސާ ހަރަދު ކުރާނީ ރައްޔިތުންގެ އެހެން ބޭނުންތަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

އާސަންދައިގެ ބަދަލުތައް އިއުލާންކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މުއްސަނދިންނާއި އިންކަމް ޓެކްސް ދައްކާ މީހުންނަށް އާސަންދަ ލިބެން ނުޖެހޭ ކަމަށެވެ. އަދި މި ގޮތަށް މުއްސަނދިންނަށް އާސަންދަ ކަވަރޭޖެއް ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ފަންނީ މީހުން ވެސް ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އާސަންދަ ނިޒާމަށް މި ބަދަލުތައް ގެންނަނީ އާސަންދައަށް ކުރާ ހަރަދުތައް ކުޑަކުރަން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ފާއިތުވި ހަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރަކު ވެސް ބަޖެޓު ކުރާ ވަރަށް ވުރެ އިތުރަށް އާސަންދައަށް ހަރަދު ކުރެ އެވެ. މިކަމަށް އަވަސް ފިޔަވަޅެއް ނާޅައިފި ނަމަ އާސަންދަ ސްކީމް ދެމެހެއްޓުމަށް ދަތިވާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox