ޕީއެންސީގެ ކޮންގްރެސްގައި ވޯޓުލުމަށް އެޕްލިކޭޝަނެއް؛ ކަންބޮޑުވުންތައް އެބަހުރި

Sep 13, 2026, 9:05 AM
ޕީއެންސީގެ ކޮންގްރެސް އަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމަކަށް ފަހު ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސް އަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމަކަށް ފަހު ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ޕީއެންސީ

މި މަހުގެ 15 އިން 18 އަށް ސޯޝަލް ސެންޓަރުގައި ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި  އިންތިހާބުކުރާ މަގާމުތަކަށް މީހުން ހޮވަނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލައިގެން ކަމަށް ބައެއް ކެންޑިޑޭޓުން ބުންޏެވެ. 

ޕީއެންސީގެ ނައިބު ރައީސްގެ މަގާމާއި އެހެން ބައެއް މަގާމުތަކަށް ހޮވަންޖެހޭ މީހުންނަށްވުރެ ގިނަ ބަޔަކު ވާދަކޮށްފައިވާއިރު، އެޕެއް ބޭނުންކޮށްގެން ވޯޓުލުން ކުރިއަށްދާނެ ގޮތަކާ މެދު ބައެއް ކެންޑިޑޭޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދަދު އާ ވާހަކަ ދެއްކި ބައެއް ކެންޑިޑޭޓުން ބުނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލާން ނިންމީ ގިނަ ބަޔަކު ބައިވެރިވާ މި ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލުން ކުރިއަށް ގެންދިޔުމަށް އުނދަގޫތަކެއް ހުރުމުން ކަމަށެވެ.

Advertisement

ޕީއެންސީގެ އެތެރޭގައި ކުރިން ބޭއްވި އިންތިހާބުތަކުގައި ލީޑަޝިޕުން ބޭނުންވާ މީހުން ހޮވާފައިވާތީ، މިފަހަރުގެ އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލައިގެން ނަތީޖާ ރަނގަޅަށް ނުކުމެދާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް ވާހަކަ ދެއްކި މީހުން ބުންޏެވެ. 

"އެންމެ ރަނގަޅު ގޮތަކީ ވޯޓު ކަރުދާސްކޮޅު. ނަމަވެސް ލީޑަޝިޕުން ބޭނުމެއް ނުވާނެ ވޯޓުލުން އެގޮތަށް ބަދަލުކުރާކަށް،" ވާހަކަ ދެއްކި އެކަކު ބުންޏެވެ. 

ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށާއި، މެންބަރުން އިންތިހާބުކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox